ކ. މާލެ
|
6 ޑިސެންބަރ 2017 | ބުދަ 07:04
މަރުކަޒީ ބޭންކް އެމްއެމްއޭ
މަރުކަޒީ ބޭންކް އެމްއެމްއޭ
ގޫގުލް
ރާއްޖޭގެ އިގްތިސާދު
ދަރަނި ކުޑަކޮށްފިނަމަ ރޭޓިން މަތިކުރަން ވިސްނާނަން: މޫޑީސް
މޫޑީސްއިން ރާއްޖޭގެ ރޭޓިން މަތިކޮށްފައިނުވާއިރު، އައިއެމްއެފްއިން ވަނީ ދަރަނީގެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފައި

ރާއްޖޭގެ ފިސްކަލް ޑެފިސިޓް ކުޑަކޮށް، ސަރުކާރުގެ ދަރަނި ކުޑަކުރުމުން ރާއްޖެއަށް ދީފައިވާ ރޭޓިން މަތިކުރުމާމެދު ވިސްނާނެ ކަމަށް މޫޑީސް އިން ބުނެފިއެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ރޭޓިން އެޖެންސީ މޫޑީސް އިން ބުނީ ޑެފިސިޓް ބޮޑުވެ، ސަރުކާރުގެ ދަރަނި ބޮޑުވާނަމަ ލޯނު ނެގުމުގެ ޤާބިލްކަން ސަރުކާރަށް ކުޑަވާނެކަމަށެވެ. ސަރުކާރުން އެންމެ ފަހުން ވިއްކި 50 މިލިއަން ޑޮލަރުގެ ސަބަބުން ރާއްޖޭގެ ރޭޓިންގއަށް ބަދަލު ނާންނަކަމަށް ބުނެ މޫޑީސް އިން ނެރުނު ބަޔާނުގައި ބުނީ މިހާރު ދީފައިވާ ބީ-ޓޫ ރޭޓިންގ މަތިކުރުމަށް ވިސްނާނީ ދަރަނި ކުޑަކުރުމުގެ އިތުރުން ރާއްޖޭގެ އިޤްތިޞާދުގެ ޕްރޮޑަކްޓިވް ބޭސްވެސް ޑައިވަރސިފައިކޮށްގެންކަމަށެވެ. އަދި ސިޔާސީ މަސްރަހު ހަމަޔަކަށް އެޅި، މުހިއްމު އިސްލާހުތަކެއްވެސް އަންނަން ޖެހޭކަމަށް އެ އެޖެންސީން ބުންޏެވެ.

ހަމައެއާއިއެކު، ފަތުރުވެރިކަމުގެ ސިނާޢަތަށް ރާއްޖޭގެ އިޤްތިޞާދު ވަރަށް ބޮޑަށް ބަރޯސާވެފައިވާއިރު، ފަތުރުވެރިކަމަށް އަސަރުކުރާ ސިޔާސީ ނުވަތަ ޤުދުރަތީ ކަމެއް ދިމާވެއްޖެނަމަވެސް، އެކަމުގެ ނޭދެވޭ އަސަރު ރާއްޖޭގެ ރޭޓިންގއަށް ކުރާނެ ކަމަށާއި، ސިޔާސީ މަސްރަހު ހަލަބޮލިވުމުން އެކަމުގެ އަސަރުވެސް ރޭޓިންގއަށް ކުރާނެ ކަމަށް އެ އެޖެންސީން ބުނެއެވެ.
 

މޫޑީސްއިން ރާއްޖެއަށް ދީފައިވާ ބީ-ޓޫ ރޭޓިންގ ރަމްޒުކޮށްދެނީ ރާއްޖޭގެ އިޤްތިޞާދާއި، ސަރުކާރުގެ މާލީ ޤާބިލްކަމާމެދު ފުރިހަމަ ޔަޤީންކަމެއް ނެތްކަމެވެ. ރާއްޖޭގެ 'އިކޮނޮމިކް، ގަވަރމެންޓް ފައިނޭންޝަލް އެންޑް އިންސްޓިޓިއުޝަނަލް ސްޓްރެންތްސް'އަށް މޫޑީސް އިން ދީފައިވަނީ 'ލޯ' ގްރޭޑެކެވެ. އެހެންނަމަވެސް ޙާދިސާއެއްގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އަސަރުކުރާނެކަމުގެ ރިސްކަށް މޫޑީސްއިން ދީފައިވަނީ 'މޮޑަރޭޓް' ގްރޭޑެކެވެ.

މޫޑީސްއިން ރާއްޖޭގެ ރޭޓިންގ މަތިކޮށްފައި ނުވާއިރު، ބައިނަލްއަޤްވާމީ މާލީ އިދާރާ، އައި.އެމް.އެފް އިންވެސް ރާއްޖޭގެ ބޮޑުވަމުންދާ ދަރަނީގެ މައްސަލައިގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް