ކ. މާލެ
|
23 ނޮވެންބަރ 2017 | ބުރާސްފަތި 22:11
ކުއެސްޓް ކޯޑިއެކްގެ މަތިންދާބޯޓެއް
ކުއެސްޓް ކޯޑިއެކްގެ މަތިންދާބޯޓެއް
ވިކިމީޑިއާ
ސީޕްލޭން އޮޕަރޭޓްކުރާ ކުންފުނި
ސީޕްލޭން އޮޕަރޭޓް ކުރުމަށް އިތުރު ކުންފުންޏެއް ރާއްޖޭގެ މާކެޓަށް ވަންނަނީ
ކުންފުނީގެ ނަމަކީ ސްކައި އެޓޯލް ޕްރައިވެޓް
ސީޕްލޭން ފްލީޓް އޮޕަރޭޓް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ވަނީ ހަމަޖެހިފައި

ސެޓައުޗީ ހޯލްޑިންގްސް އާއި ރާއްޖޭގެ ގައުމީ އެއަރލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސަރވިސް ގުޅިގެން ސީޕްލޭން އޮޕަރޭޓް ކުރުމަށް އާ ކުންފުންޏެއް ރާއްޖެއަށް ތައާރަފްކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ސްކައި އެޓޯލް ޕްރައިވެޓްގެ ނަމުގައި ފަށާ މި ސީޕްލޭން ފްލީޓްގެ މަސައްކަތްތައް ފެށުމަށްޓަކާއި މުހިއްމު ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރިއަށްދާކަން ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފަ އެވެ. މި ސީޕްލޭން ފްލީޓްގެ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. އައިލެންޑް އޭވިއޭޝަނުން ވެސް ވަނީ މިކަން ރާއްޖެއެމްވީއަށް ކަށަވަރުކޮށްދީފަ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި އައިލެންޑް އޭވިއޭޝަނާ އެކު ކުއެސްޓް އެއަރކްރާޓުން ޖޮއިންޓް ވެންޗާއެއް އެކުލަވާލައިގެން ސީޕްލޭން ފްލީޓް ހިންގާ އިރު އެންމެ ފުރަތަމަ ކުއެސްޓް ކޯޑިއެކްގެ އެރޮސެޓް 6750 ގެ މަރުކާ އުޅަނދުތައް ދުއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެންމެ ފުރަތަމަ ހަތަރު އުޅަނދު މިގޮތަށް ދުއްވުމަށް ގެނައުމަށް ވަނީ ނިންމާފަ އެވެ.

އޭވިއޭޝަން އިންޓަރނޭޝަނަލް ނިއުސްގައި ހާމަކޮށްފައިވާ ގޮތުން ސްކައި އެޓޯލް ޕްރައިވެޓް ކުންފުނިން ރާއްޖޭގެ އެކި ސަރަހައްދުތަކުގެ މަންޒިލްތަކަށް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވެ އެވެ.

ސީޕްލޭން ފްލީޓެއް އޮޕަރޭޓްކުރާ އިރު ކޯޑިއެކްގެ މަތިންދާބޯޓަށް މާބޮޑު ބަދަލެއް ގެންނަން ނުޖެހޭނެ ކަމަށް ވެސް އެ ކުންފުނިން ހާމަކުރެ އެވެ.

ޖަޕާނުގެ ސެޓައުޗީ ހޯލްޑިންގްސްގެ ސީޕްލޭން އޮޕަރޭޓް ކުރުމަށް ބޭނުން ކުރަނީ އެމެރިކާގެ ކުއެސްޓް އެއަރކްރާފްޓް ކުންފުނިން އުފައްދާ ކޯޑިއެކް މަތިންދާބޯޓެވެ. ސެޓައުޗީއަކީ ކުއެސްޓް އެއަރކްރާފްޓް ކުންފުނީގެ ދަށުން ހިންގާ ކުންފުންޏެކެވެ

އިތުރު ސީ ޕްލޭން ފްލީޓް ކުންފުންޏެއް ރާއްޖޭގެ މާކެޓަށް އަންނަ އިރު ރާއްޖެއަކީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓް ހިންގާ ގައުމެވެ. ރާއްޖޭގައި ހިންގާ ޓްރާންސް މޯލްޑިވިއަން އެއަވޭސްގެ އިތުރަށް މޯލްޑިވިއަން އާއި ފްލައިމީ އިން ވެސް ސީޕްލޭން އޮޕަރޭޓް ކުރެ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
23 ނޮވެންބަރ 2017 | ބުރާސްފަތި 15:47
Pivot
Emme engine eh Lee mathindhaa boateh kihineh safe vaanee raajje kahala moodhu bodu gaumegga. Haradhu kudakuran emme molhah egeynee island aviation ah hama.