ކ. މާލެ
|
7 ނޮވެންބަރ 2017 | އަންގާރަ 14:13
ބާރްތީ އާއި އޭނާގެ ލޯބިވެރިޔާ ހާރްޝް އެކީގައި
ބާރްތީ އާއި އޭނާގެ ލޯބިވެރިޔާ ހާރްޝް އެކީގައި
ގޫގުލް
ބާރްތީ ކައިވެނި
ބާރްތީ އަންނަ މަހު ކައިވެނި ކުރަނީ !
 
ކައިވެނިކުރަން ނިންމާފައިވަނީ އަންނަ މަހު ތިންވަނަ ދުވަހު

އިންޑިއާގެ މަޝްހޫރު ކޮމީޑިއަން އަދި އެކްޓްރަސް ބާރްތީ ސިންގް އަންނަ މަހު 03 ވަނަ ދުވަހު ކައިވެނި ކުރަން ނިންމައިފިއެވެ.

އޭނާ ކައިވެނި ކުރަން ނިންމާފައިވަނީ މީގެ 06 މަސް ދުވަސް ކުރިން އެންގޭޖްވި އޭނާގެ ލޯބިވެރިޔާ ހާރްޝް ލިމްބާޗިޔާ އެވެ.

އެ ދެމީހުން ވަނީ މީގެ ކުރިން ވެސް ކައިވެނި ކުރާނެ ތާރީހެއް ކަނޑައަޅާފައެވެ. އެހެން ނަމަވެސް ކައިވެނި ލަސްކޮށްލީ ހާރްޝް އޭނާގެ އަމިއްލަ ފިލްމް އުފައްދާ ކުންފެންޏެއް އުފެއްދުމުގެ މަސައްކަތުގައި އަވަދިނެތި އުޅުމުންނެވެ.

ހާރްޝް ބުނީ އޭނާގެ ހަޔާތުގައި ދެކެމުން އައި އެންމެ ބޮޑު ދެ ހުވަފެނަކީ އޭނާގެ އަމިއްލަ ފިލްމް އުފައްދާ ކުންފުންޏެއް ހުރުމާއި އޭނާގެ ލޯބިވެރިޔާ ބާރްތީއާ ކައިވެނި ކުރުން ކަމުގައެވެ.

ބާރްތީ އާއި ހާރްޝް ވަނީ ސްޓާޕްލަސް އިން ދެއްކި ރިއަލިޓީ ޑާންސް ޝޯއެއް ކަމަށްވާ "ނަޗްބަލިއޭ" ސީޒަން 9 ގައި މިއަހަރު އެކީގައި ހަރަކާތްތެރިވެފައެވެ.

 

 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
50%
50%
ކޮމެންޓް