ކ. މާލެ
|
4 ނޮވެންބަރ 2017 | ހޮނިހިރު 18:59
ދުނިޔޭގެ އެންމެ އަގު ބޮޑު ހައި-ހީލްގެ ފޮޓޯއެއް
ދުނިޔޭގެ އެންމެ އަގު ބޮޑު ހައި-ހީލްގެ ފޮޓޯއެއް
ގޫގުލް
ދުނިޔޭގެ އެންމެ އަގު ބޮޑު ހައި
ދުނިޔޭގެ އެންމެ އަގު ބޮޑު ހައި-ހީލްގެ އަގަކީ އެގާރާ މިލިއަން ޕައުންޑް!
 
ހީލްގެ ލެދަ ކޯޓިންނަށް ވަނީ 24 ކެރެޓް ގޯލްޑް ޕެއިންޓް ބޭނުންކޮށްފައި
 
ހީލް ފަހާފައި ވަނީ 18 ކެރެޓްގެ ރަން ރޮދި ބޭނުންކޮށްގެން
 
ހީލްގައި އެއްހާއަށްވުރެ ގިނަ އަސްލު ޑައިމަންޑް ބޭނުންކޮށްފައިވޭ

ދުނިޔޭގެ އެންމެ އަގު ބޮޑު ހައި-ހީލްގެ އަގަކީ އެގާރަ މިލިއަން ފައުންޑް އެވެ.

މި ހައި-ހީލް އުފައްދާފައި ވަނީ ލަންޑަންގެ މަޝްހޫރު ޑިޒައިނަރެއް ކަމަށްވާ ޑެބީ ވިންހަމްއެވެ. އޭނާ ވަނީ މީގެ ކުރިން ވެސް ދުނިޔޭގެ އެންމެ އަގު ބޮޑު ހެދުން ޑިޒައިންކޮށް އެ ޝަރަފު ވެސް ލިބިގަނެފައެވެ.

ހައި- ހީލް އުފައްދާފައި ވަނީ އެއްވެސް އިކުއިޕްމަންޓެއް ބޭނުންނުކޮށް އަތުންނެވެ. މި ހައި-ހީލް އުފެއްދުމަށްޓަކައި ވަނީ ސަތޭކައަށް ވުރެ ގިނަ މީހުން ބޭނުންކޮށް، އެކަމަށް އެތައް ގަޑިއިރުތަކެއް ހޭދަކޮށްފައެވެ.

މި ހައި-ހީލްގައި އެއްހާއަށް ވުރެ ގިނަ ޑައިމަންޑް ބޭނުންކުރެވިފައިވާއިރު ހީލް ފަހާފައި ވެސް ވަނީ 18 ކެރެޓްގެ ރަން ރޮދި ބޭނުންކޮށްގެންނެވެ. މީގެ އިތުރުން ހީލްގެ ލެދަ ކޯޓިންނަށް ވެސް ވަނީ 24 ކެރެޓް ގޯލްޑް ޕެއިންޓް ބޭނުންކޮށްފައި ވެއެވެ.

މި ހީލް ޑެބީ އުފައްދާފައި ވަނީ މީހަކު އެމީހެއްގެ ލޯބިވާ މީހަކަށް އުފަންދުވަހުގެ ހަދިޔާއަކަށް "ޔުނިކް" އެއްޗެއް ހަދިޔާއެއްގެ ގޮތުގައި ގިފްޓުކުރުމަށް ނިންމުމުން އޭނާގެ އެދުމުގެ މަތިންނެވެ.    

ޑެބީ އަށް ވަނީ މީގެ ކުރިން ދުނިޔޭގެ އެންމެ އަގު ބޮޑު ކޭކު އުފެއްދި މީހާގެ ރެކޯޑް ލިބިފައެވެ. އެގޮތުން އޭރު އޭނާ ޑިޒައިން ކުރި ކޭކުގެ އަގުވަނީ 50 މިލިއަން ޑޮލަރަށް އަރާފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
100%
ކޮމެންޓް