ފިލްމް "ސުޕަސްޓަރ" ސިނަމާތަކުގައި އެޅުވި ފުރަތަމަ ދުވަހު ހަތަރު ކަރޯޑްއަށް ވުރެ ގިނަ ރުޕީޒް ލިބިއްޖެއެވެ.
މި ފިލްމަކީ އާމިރް ޙާން އާއި ޒައިރާ ވަސީމްގެ އެކްޓިންގ ފެނިގެންދާ ފިލްމެކެވެ.
ފިލިމް ސިނަމާތަކުގައި އަޅުވާފައިވަނީ ބުރާސްފަތި ދުވަހުއެވެ.
މި ފިލްމުގެ ޓްރެއިލާ އާންމު ކޮށްފައިވަނީ އޮގަސްޓު މަހުގެ ތެރޭގައެވެ. ފިލްމްގެ ވާހަކަ ބިނާކޮށްފައި ވަނީ ލަވަކިޔަން ބޭނުންވާ އަންހެން ކުއްޖަކު އޭނާގެ އުންމީދުތައް ހާސިލްކުރުމަށް ކުރާ މަސައްކަތެކެވެ. މި ފިލްމުގައި ލީޑު ރޯލުން ފެނިގެންދާ އަންހެން ކުއްޖަކީ އާމިރުގެ "ޑަންގަލް" އިން އޭނާގެ ދަރިއެއްގެ ރޯލު ކުޅުނު ޒާއިރާ ވަސީމްއެވެ. ފިލްމްގައި އާމިރު ޚާން ވެސް ފެނިގެންދެއެވެ. އޭނާ ކުޅެނީ މަޝްހޫރު މިއުޒިކް ޑިރެކްޓަރެއްގެ ރޯލެވެ.
މި ފިލްމު 1100 ސްކްރީނުގައި ވަނީ އަޅުވާފައެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ އަދަވައިތު ޗަންދަން އެވެ.
މި ފިލްމަށް މިހާތަނަށް ވަރަށް ގިނަ ބެލުންތެރިންގެ ފަރާތުން ޕޮޒިޓިވް ކޮމެންޓް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.