ކ. މާލެ
|
14 ސެޕްޓެންބަރ 2017 | ބުރާސްފަތި 07:10
ޔޫއެން ސެކިއުރިޓީ ކައުންސިލުންގެ ބައްދަލުނުމެއް ކުރިއަށްދަނީ
ޔޫއެން ސެކިއުރިޓީ ކައުންސިލުންގެ ބައްދަލުނުމެއް ކުރިއަށްދަނީ
ގޫގުލް
ޔޫއެން ސެކިއުރިޓީ ކައުންސިލް
ރޮހިންޖާ މުސްލިމުންނަށް ދެމުން ގެންދާ ލާއިންސާނީ އަނިޔާ ވަގުތުން ހުއްޓާލުމަށް ޔޫއެން ސެކިއުރިޓީ ކައުންސިލުން ގޮވާލައިފި
 
މިހާތަނަށް 380،000 ރެފިއުޖީން ބަންގްލަދޭޝްއަށް ހިޖުރަކޮށްފައިވޭ

ރޮހިންޖާ މުސްލިމުންނަށް ދެމުން ގެންދާ ލާއިންސާނީ އަނިޔާ ވަގުތުން ހުއްޓާލުމަށް އދ. ސެކިއުރިޓީ ކައުންސިލުން ގޮވާލައިފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި އދ. ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމުގައި ވަނީ މިޔަންމާގެ ސިފައިން، ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ރަޚައިން ސްޓޭޓްގައި ބޭނުންކުރަމުންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. މި ބައްދަލުވުމުގައި ވަނީ މި ހަމަނުޖެހުންތައް ވަގުތުން ހުއްޓާލުމަށް ކުރަންޖެހޭ ހުރިހާ ކަމެއް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލަފައެވެ.

ކައުންސިލުން ވަނީ ރާޚައިން ސްޓޭޓްގައި ހިންގަމުންދާ ހަމަނުޖެހުންތައް ކުށްވެރިކޮށް އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކަށް، ހާލުގައި ޖެހިފައިވާ ފަރާތްތަކާ ހަމައަށް ވާސިލް ވެވޭނެ މަގު ތަނަވަސްކޮށްދިނުމަށްވެސް ގޮވާލައްފައެވެ.

ކައުންސިލް ބައްދަލުވުން ނިންމަވާލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އދ. ސެކިއުރިޓީ ކައުންސިލްގެ ރައީސް އަދި އިތޯވިއަން އެމްބެސިޑަރ ޓެކޭޑާ އަލޭމޯ ވަނީ ރާޚައިން ސްޓޭޓްގައި މިޔަންމާގެ ސިފައިން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރަމުންދާތީ އެކަމާއމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ރާހިން ސްޓޭޓްގައި ހިންގަމުންދާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށްވެސް ވަނީ ގޮވާލައްފާއެވެ.

މިޔަންމާގައި ހިންގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އިންސާނީ ކާރިސާއެއް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެ، އަސްކަރީ ހަރަކާތްތައް ހުއްޓައިލުމަށް، އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓްރޭޒްވެސް ވަނީ މިޔަންމާގެ އަސްކަރިއްޔާއަށް ގޮވާލައްވައިފިއެވެ.

އެންޓޯނިއޯ ގުޓްރޭޒް އިތުރަށް ވިދާޅުވީ މިޔަންމާ ސަރުކާރުން ރޮހިންޖާ ދަރިކޮޅަށް އެމީހުންގެ ރައްޔިތުން ނުވަތަ ރަށްވެހިކަންދީ އާދައިގެ ދިރިއުޅުމެއް އުޅެވޭނެ މަގު ތަނަވަސްކޮށްދޭން ޖެހޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
100%
0%
ކޮމެންޓް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި