ކ. މާލެ
|
7 އޮކްޓޯބަރ 2024 | ހޯމަ 07:27
ޣައްޒާގައި ގެދޮރު ގެއްލިފައިވާ މީހުން ތިބި ސްކޫލަކަށް އިޒްރޭލުން ހަމަލާ ދީ ޝަހީދު ކޮށްލި ބައެއްގެ ޖަނާޒާގެ މަންޒަރެއް
ޣައްޒާގައި ގެދޮރު ގެއްލިފައިވާ މީހުން ތިބި ސްކޫލަކަށް އިޒްރޭލުން ހަމަލާ ދީ ޝަހީދު ކޮށްލި ބައެއްގެ ޖަނާޒާގެ މަންޒަރެއް
އޭއެފްޕީ
ޣައްޒާ ހަނގުރާމަ
ޣައްޒާ ހަނގުރާމަ އަށް އެއް އަހަރު: ޣައްޒާގެ ކޮންމެ ފަސް މީހަކުން އެކަކު ޝަހީދުވެއްޖެ
އިޒްރޭލުގެ އަނިޔާވެރި ހަމަލާތަކުގައި ޣައްޒާ އިން ޝަހީދުވި މީހުންގެ 69 އިން ސައްތަ އަކީ އަންހެނުންނާ ކުޑަކުދިން
ޚަބަރުގެ އޯޑިއޯ

ހުސްވި އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ޣައްޒާ ގައި އިޒްރޭލުން ފެށި ރަހުމުކުޑަ ހަނގުރާމަ އަށް ހޯމަ ދުވަހު އެއް އަހަރު ފުރޭއިރު ޣައްޒާގެ ކޮންމެ 5 މީހަކުން އެކަކު ޝަހީދުވެއްޖެއެވެ.

ހަނގުރާމައަށް އެއް އަހަރު ފުރުނު އިރު އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މަދުވެގެން 41،870ށް އަރާފައިވާ ކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ ތެރެއިން 16،756 އަކީ ކުޑަކުދިންނެވެ.

އިޒްރޭލުގެ ހަމަލާތަކުގައި މަރުވި އަންހެނުންގެ އަދަދު މަދުވެގެން 11،346ށް ވަނީ އަރާފައެވެ.

އިޒްރޭލުގެ އަނިޔާވެރި ހަމަލާތަކުގައި ޣައްޒާ އިން ޝަހީދުވި މީހުންގެ 69 އިން ސައްތަ އަކީ އަންހެނުންނާ ކުޑަކުދިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް