Advertisement
ކ. މާލެ
|
5 ޑިސެންބަރ 2025 | ހުކުރު 08:04
ދުބާއީ އިން އަފްޣާނިސްތާނުގެ ކާބުލް އަށް ދަތުރުކުރާ ފަސިންޖަރުންތަކެއް ފްލައިދުބާއީ ބޯޓަކަށް އެރުމަށް ތައްޔާރު ވަނީ
ދުބާއީ އިން އަފްޣާނިސްތާނުގެ ކާބުލް އަށް ދަތުރުކުރާ ފަސިންޖަރުންތަކެއް ފްލައިދުބާއީ ބޯޓަކަށް އެރުމަށް ތައްޔާރު ވަނީ
ގެޓީއިމޭޖަސް
ފްލައިދުބާއީ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ގައި ފްލައިދުބާއީ ގެ ބޯޓެއް އެކްސިޑެންޓް ވެ ބޯޓަށް ގެއްލުން ވެއްޖެ
ހުރިހާ ފަސިންޖަރުންނާއި ކްރޫ މެންބަރުން ސަލާމަތުން ޓާމިނަލަށް ފައިބާފައިވާއިރު، ދެން ލިބެންހުރި ފްލައިޓްތަކަށް ދަތުރުކުރުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ފްލައިދުބާއީގެ ބޯޓަކަށް ގްރައުންޑް ހާދިސާއެއް ދިމާވެ ބޯޓުގެ ފިޔަގަނޑަށް ގެއްލުންވި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ގައި ހިނގި ހާދިސާއެއްގައި ފްލައިދުބާއީ ގެ ބޯޓަކަށް ގެއްލުންވެފައިވާކަން، އެ އެއަރލައިނުން ހާމާ ކޮށްފި އެވެ.

އެއަރލައިނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ހުރިހާ ފަސިންޖަރުން ވެސް ސަލާމަތުން ބޯޓުން ފައިބާފައިވާ ކަމަށާއި، ދެން ލިބެންހުރި ފްލައިޓްތަކަށް އެމީހުންނަށް ދަތުރުކުރުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.

ފްލައިދުބާއީގެ ތަރުޖަމާނަކު ނެރުނު ބަޔާނުގައި ބުނީ، ޑިސެމްބަރު 4 ގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ގައި އެއަރލައިންގެ ބޯޓަކަށް ގްރައުންޑް ހާދިސާއެއް ދިމާވެފައިވާ ކަމަށާއި ހުރިހާ ފަސިންޖަރުންނާއި ކްރޫ މެންބަރުން ސަލާމަތުން ޓާމިނަލަށް ފައިބާފައިވާ ކަމަށެވެ.

"ބޯޓު ރަނގަޅަށް ބަލާ ފާސްކުރަމުންދާ އިރު، ފަސިންޖަރުންނަށް ދެން ލިބެންހުރި ފްލައިޓްތަކަށް ދަތުރުކުރުމުގެ އިންތިޒާމް ހަމަޖައްސާފައިވޭ."

މި ހާދިސާގައި ބޯޓުގެ ފިޔަގަނޑަށް ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓްކުރެވިފައިވެއެވެ. ބޯޓު އަލުން ދަތުރުކުރެވޭ ފަދަ ހާލަތަކަށް ގެނައުމަށްޓަކައި، ގަވާއިދުތަކާ އެއްގޮތަށް މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ.

މި ހަފްތާގެ ކުރީކޮޅު އެވިއޭޝަން މީޑިއާ ރިޕޯޓްކޮށްފައިވާ ގޮތުގައި، އިނގިރޭސިވިލާތުގެ މެންޗެސްޓަރ އެއަރޕޯޓްގައި އެމިރޭޓްސްގެ އެއަރބަސް އޭ380 ބޯޓެއްގައި ތެޔޮ ޓޭންކަރަކުން ޖެހި، ބޯޓަށް ގެއްލުންވެފައިވެއެވެ.

މާލޭގައި ހިނގި ހާދިސާ އާ ގުޅިގެން ފްލައިދުބާއީގެ ބަޔާނުގައި ބުނީ، "ފަސިންޖަރުންނާއި ކްރޫ މެންބަރުންގެ ސަލާމަތް އަބަދުވެސް އެއަރލައިންގެ އެންމެ އިސްކަމެއް ކަމުގައި ދެމިއޮންނާނެ،" ކަމުގައެވެ.

- ކޮމެންޓް