Advertisement
ކ. މާލެ
|
4 ޑިސެންބަރ 2025 | ބުރާސްފަތި 12:23
ހޯމް މިނިސްޓަރ އަލީ އިހްސާން
ހޯމް މިނިސްޓަރ އަލީ އިހްސާން
ހޯމް މިނިސްޓްރީ
އިމިގްރޭޝަން
ޝަރީއަތް ކުރިއަށްދާ ޝަމްއާނުގެ މައްސަލައިގައި ވީޑިއޯ ފުޓޭޖުގެ ވާހަކަ ހެކިވެރިއަކު ދެއްކުމުން އިހުސާން ހިތްހަމަނުޖެހިއްޖެ
ހެކިވެރިޔަކު ބުނީ ސީސީޓީވީ ފުޓޭޖު ފުލުހުންނާ ހަވާލުކުރަން މިނިސްޓަރު އިހުސާން އެދުނު ކަމަށް
މިނިސްޓަރު އިހުސާން ވިދާޅުވީ ފުލުހުންގެ ތަހުގީގަށް ބޭނުންވާ ކެމެރާ ފުޓޭޖު ފޯރުކޮށްދިނުމަށް އެދުމަކީ އޭނާގެ ޒިންމާއެއް ކަމަށް
ޝަމްއާންގެ އާއިލާއިން ތުހުމަތު ކުރަނީ ޝަމްއާން ފްރޭމް ކުރުމުގައި މިނިސްޓަރު އިހުސާންގެ އަތެއް ވާކަމަށް

ޝަރީއަތް ކުރިއަށްދާ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ގެ މައްސަލައިގައި ހެކިވެރިއަކު ވީޑިއޯ ފުޓޭޖާއި ގުޅިގެން ދެއްކި ވާހަކައަށް ރައްދު ދެއްވައި މިނިސްޓަރު އިހުސާން ސޯޝަލް މީޑިއާގައި އެވާހަކަތައް ދިފާއުކޮށްފި އެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒް މަންފާ ހޯދި މައްސަލައިގައި ޝަމްއާން ހައްޔަރުކޮށް ކުރިއަށްގެންދާ ޝަރީއަތުގެ އަޑު އެހުމެއް ބުދަ ދުވަހު ވަނީ ބާއްވާފަ އެވެ. އެ އަޑުއެހުމުގައި ހެކިވެރިއަކު ވަނީ ޝަމްއާން އިމިގްރޭޝަނުގެ މުވައްޒަފުންތަކަކާ ގުޅިގެން މަގާމުގެ ނާޖައިޒު މަންފާ ހޯދި ކަމަށް ބުނާ މައްސަލަގައި ސީސީޓީވީ ފުޓޭޖުތައް ހޯދަން އެންގެވީ ހޯމް މިނިސްޓަރު އަލީ އިހުސާން ކަމަށެވެ.

ވީޑިއޯ ފުޓޭޖްތައް ފުލުހުންނާއި ހަވާލުކުރި އިމިގްރޭޝަންގެ އޮފިސަރު ހެކިބަސް ދެމުން ބުނީ ސީސީޓީވީ ފުޓޭޖުތައް ފުލުހުންނާ ހަވާލުކުރަން އޭނާ އަށް އެންގީ އައިސީޓީ ސެކްޝަންގެ އިސް ވެރިޔާ ކަމަށާއި، ފުޓޭޖުތައް ފުލުހުންގެ ތަހުގީގަށް ހަވާލުކުރަން މިނިސްޓަރު އިހުސާން އެދިފައިވާތީ އެކަން ކުރުމަށެވެ.

ބުދަ ދުވަހުގެ އަޑު އެހުމުގައި ހެކިވެރިޔާގެ ވާހަކައާއި ގުޅިގެން ދިފާއުން ވަނީ އެއީ އެކަން ކުރަން އޮންނަ ރަސްމީ ގޮތްތޯ ސުވާލު އުައްދަވާފަ އެވެ. އެކަމާއި ގުޅިގެން ހެކިވެރިޔާ ބުނީ އެފަދަ ކަންކަމުގައި އެދެނީ ފުލުހުން ކަމަށާއި، ވަގުތާއި ހާލަތުގެ ގޮތުން މިނިސްޓަރު އެދިގެން ވެސް ފޯރުކޮށްދޭ ކަމަށެވެ.

ފުލުހުންގެ ބަދަލުގައި މިނިސްޓަރު އަމިއްލަ އަށް އެ ވީޑިއޯ ފުޓޭޖް ހަވާލުކުރަން އެދުނުކަން ދިފާއުކުރައްވާ ފޭސްބުކުގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް އިމިގްރޭޝަން އާއި މިއަދު ހަވާލުވެ ހުރި ވަޒީރެއްގެ ހައިސިއްޔަތުން އެއް އިދާރާއިން އަނެއް އިދާރާ ފަރާތުން އެދޭ ކަންކަން ލަސްވާނަމަ އޭނާ އާއި ހިސާބަށް އެ ކަމެއް ގެންނަ ހިސާބަކުން އެކަން އަވަސްކުރުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމަކީ އޭނާގެ ޒިންމާއެއް ކަމަށެވެ.

"އަޅުގަނޑު ވަޒީރަކަށް ހުރިހާ ދުވަހަކު ވަކި ކަމެއް އިސްތިސްނާ ނުކޮށް މިކަން މިގޮތަށް ކުރިއަށް އޮތްތަނުަގައި ވެސް ކުރާނެ ވާހަކަ ދަންނަވަން. ވީޑިއޯ ފުޓޭޖް ޕޮލިސް އިން އެދުމުން އެ ފޯރުކޮށްދިނުން ލަސްވާނަމަ އެކަން ކޮށްދިނުމަށް އެދުމަކީ ގޯސްހެ ކަމަށް ދޭހަވާ ގޮތަށް ވަކީލުގެ ވާހަކަ މި ހުންނަނީ" ކަމަށް އިހުސާން ވިދާޅުވި އެވެ.

އިހުސާނު ވިދާޅުވީ ފުލުހުންނަށް އެކަން ނުވެގެން އެހީތެރިކަމަށް އެދުމުން އެކަން ނުކޮށްދިންނަމަ ވަކީލު ބުނާނީ ކީކޭތޯ އެވެ. އަދި ގޯސްކަމެއް ހިންގީމާ އެކަން ގޯސް ނުވެ އެކަން ހިންގިތަން ފެންނަ ކެމެރާ ފުޓޭޖް ދޭން ބުނި މީހާ ގޯސްވާގޮތަށް ވަކީލުން ވާހަކަ ދެކުމަކީ ކަންބޮޑުވުވާ ކަމެއް ކަމަށެވެ.

ޝަމްއާނުގެ ޝަރީއަތުގެ އަޑު އެހުމެއްގައި ހެކިވެރިއަކު ދިން ހެކި ބަހާއި ގުޅިގެން މިނިސްޓަރު އިހުސާން އަމިއްލަ ފޭސްބުކުގައި ޕޯސްޓެއް ޖެހި އިރު، ޝަމްއާން ފްރޭމް ކުރުމުގައި އިހުސާންގެ އަތެއްވާ ކަމަށް ޝަމްއާންގެ އާއިލާއިން ތުހުމަތު ކުރެ އެވެ. ޝައްމާން އަށް ތުހުމަތު ކުރެވޭ މައްސަލާގައި ސަރުކާރުން ތަފާތު ގޮތަކަށް އަމަލުކުރާ ކަމަށާއި، ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ނިންމާފައިވަނީ، މި މައްސަލާގެ ހަގީގަތް ޝައްމާން މީޑިއާތަކަށް ތިލަ ކުރާނެތީ ކަމަށް ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. އަދި މި މައްސަލާގައި ސަރުކާރުގެ ވަޒީރެއްގެ ނުފޫޒު ވަރަށް ބޮޑަށް ފޯރުވާފައިވާ ކަމަށް ވެސް ތުހުމަތު ކޮށްފައިވެއެވެ.

ކޯޓު އަމުރެއްގެ ދަށުން ޝައްމާން ފުރަތަމަ ހައްޔަރު ކުރީ މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒް މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އޭނާ ހައްޔަރުކުރީ މާޗް މަހުގެ 22 ވަނަ ދުވަހު އެވެ.

ޝަމްއާންއަށް ކުރާ ދައުވާތަކަކީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމާއި، ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާ އެވެ.

- ކޮމެންޓް