ކ. މާލެ
|
9 ސެޕްޓެންބަރ 2017 | ހޮނިހިރު 10:01
"ބޮސް" ފިލްމުގެ ޓީޒާ އަދި އޯޑިއޯ ހަތަރު ލަވަ ރިލީޒް ކުރުމުގެ ތެރެއިން
"ބޮސް" ފިލްމުގެ ޓީޒާ އަދި އޯޑިއޯ ހަތަރު ލަވަ ރިލީޒް ކުރުމުގެ ތެރެއިން
މުހައްމަދު ޝަރުހާން
"ބޮސް" ފިލްމު
"ބޮސް" ފިލްމުގެ ޓީޒާ އަދި އޯޑިއޯ ހަތަރު ލަވަ ރިލީޒްކޮށްފި
ފިލްމުގެ ޓީޒަ އަދި އޯޑިއޯ ހަތަރު ލަވަ ރިލީޒްކޮށްފައިވަނީ ސޯލްޓް ކެފޭ އެންޑް ރެސްޓޯރަންޓުގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި

"ބޮސް"ފިލްމުގެ ޓީޒާ އަދި އޯޑިއޯ ހަތަރު ލަވަ ހުކުރު ދުވަހުގެ ރޭ ރިލީޒް ކޮށްފިއެވެ.

ފިލްމުގެ ޓީޒާ އަދި އޯޑިއޯ ހަތަރު ލަވަ ރިލީޒްކޮށްފައި ވަނީ ސޯލްޓް ކެފޭ އެންޑް ރެސްޓޯރަންޓުގައި ބޭއްވި ހާާއްސަ ރަސްމިއްޔާތެއްގައެވެ.

"ބޮސް" ފިލްމަކީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަދި ފިލްމު ޕްރޮޑިއުސަރު ފާތިމަތު ނަހުލާ ޕްރޮޑިއުސްކޮށް، އައިޝަތު ރިޝްމީ ރަމީޒު ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ނަހުލާ ބުނީ ފިލްމުގެ ހުރިހާ ލަވަ ކިޔާފައިވާ ގޮތް ވަރަށް ވަރަށް ރީތިކަމަށާއި ކުރިން ނަހުލާ އުފައްދާފައިވާ ފިލްމު ޒުލޭހާ، ޔޫސުފް ފަދަ ފިލްމުގެ ލަވަތައް އާންމުންނަށް ކަމުދިޔައީ ކޮޕީ ރާގުގެ ލަވަތަކަކަށް ވުމާއިއެކު ކަމަށް ގަބޫލުކުރާ ކަމަށެވެ. ނަހުލާ ބުނީ އެހެން ނަވެސް "ބޮސް" ފިލްމުގެ ލަވަތައް އާންމުންނަށް މާ ކަމުދާނެ ކަމަށެވެ.

"ނަހުލާގެ ސްކްރިޕްޓަކީ ބެލުންތެރިން އެއްވެސް ވަރަކަށް ޝައްކު ކުރާނެ ސްކިރިޕްޓެއް ނޫން. އެހާވެސް ފުރިހަމަ ސްކްރިޕްޓެއް "ބޮސް" ފިލްމުގެ ސްކްރިޕްޓަކީ. އަސްލު ކާސްޓުންގެ މޮޅުކަމާ ޑައިލޮގް ޑެލިވަ ކޮށްފަ ހުރި ފުރިހަމަ ކަމުން ރިއަލިޓީ އޭ ހީވާނެ. މިހާތަނަށް ކާސްޓުން އެންމެ މޮޅަށް އެކްޓުކޮށްފައި ހުރި ފިލްމަކަށް މި ފިލްމް ވާނެ. ނަހޫ އުންމީދުކުރާ ފެންވަރަށް މި ފިލްމު ސްކްރީންއާ ހަމައަށް އަންނާނެހެން ހީވޭ،" ރިޝްމީ ބުންޏެވެ.

މި ފިލްމުގެ މައިގަނޑު ތަރިންނަކީ މުހައްމަދު ޔުނާން، މަރިޔަމް އައްޒަ، ފާތިމަތު އަޒްލިފާ (އަޒޫ)، އިބްރާހީމް ޖިހާދު (ޖިމީ)، އަލީ އާޒިމް(ދޮން އައްޔަ)، ޝަމީލް، އަޝްރަފް އަދި ފާރޫގް އެވެ.

މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ އޮކްޓޯބަރ މަހުގެ ފަހުކޮޅު އެވެ. އަދި ސެޕްޓެމްބަރ މަހުގެ 26 ވަނަ ދުވަހު ޓިކެޓް ވިއްކަން ފަށާނެ ކަމަށް ރަސްމިއްޔާތުގައި ވަނީ އިއުލާން ކޮށްފައެވެ.

މި ފިލްމުގެ ކުޅެފައިވާ ރޯލް އާއި ގުޅޭގޮތުން ޖިމީ ބުނީ މިއީ ބެލުންތެރިންނަށް ވަރަށް ލޯބި ފިލްމަކަށް ވެގެންދާނެ ކަމަށެވެ. އަދި މި ފިލްމުގައި އޭނާގެ ވަރަށް ތަފާތު ރޯލެއް ފެނިގެންދާނެ ކަމަށެވެ.

އަޒޫ ބުނީ ނަހުލާ ބޭނުންވާ ވަރަށް މި ފިލްމުގައި އަޒޫއަށް މަސައްކަތް ކުރެވިފައިވާ ކަމަށާއި އަޒޫގެ ފަރާތުން މި ފިލްމުގައި ހިތާމަވެރި އަދި ރުޅިވެރި ރޯލެއް ފެނިގެންދާނެ ކަމަށެވެ.

ޝަމީލް ބުނީ ވަރަށް ބުރަ މަސައްކަތެއް މި ފިލްމުގައި ފެނިގެންދާނެ ކަމަށާއި ފިލްމުގެ ޓީމް ވޯކް ރަގަޅު ކަމަށެވެ. އަދި ކުރެވުނީ ވަރަށް ހިތްގައިމު މަސައްކަތެއް ކަމަށް އޭނާ ބުންޏެވެ.

- ކޮމެންޓް