Advertisement
ކ. މާލެ
|
16 ނޮވެންބަރ 2025 | އާދީއްތަ 18:11
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުމެެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުމެެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
ބަޖެޓް 2026
ބަޖެޓުން މުސާރަދޭ މީހުންގެ އަދަދު 54،000ށް އަރަނީ، އަންނަ އަހަރު 7،000 ވަޒީފާ އިތުރުވާނެ، ބަޖެޓުގެ 30 އިންސައްތަ ހޭދަ ވާނީ މުސާރަ ދޭން
އަންނަ އަހަރަށް އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ މުސާރަ ބޮޑު ކުރުމަށް ހިނގާ ޚަރަދު ކުރަން ޖެހުން ކަން އެމްއެމްއޭ އިން ފާހަގަ ކުރި
ސިވިލް ސާވަންޓުންނާއި މިނިވަން މުއައްސަސާތަކުގެ މުވައްޒަފުން ހިމެނޭގޮތުން، މުސާރަ ބޮޑު ކުރުމަށް 2026 ގެ ބަޖެޓުގައި ސަރުކާރުން 1.7 ބިލިއަން ރުފިޔާ ހިމަނާފައިވޭ

އަންނަ އަހަރު އިތުރު 7000 މީހުންނަށް މުސާރަ ދޭން ޖެހޭނެ ކަމަށް ބެލޭ ކަމަށާއި، އެއްފަހަރާ ހުރިހާ ދާއިރާތަކުގައި މުސާރަ ބޮޑުކޮށްފި ނަމަ ބަޖެޓަށާއި ފޮރިން އެކްސްޗޭންޖް މާރކެޓަށް އިތުރު ބުރަ ކުރިމަތިވާނެ ކަމުގެ އިންޒާރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދީފި އެވެ.

ރައީސް މުއިއްޒު އައްޔަން ކުރައްވާފައިވާ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ވާހަކަދައްކަވަމުން ވިދާޅުވީ އަންނަ އަހަރަށް އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ މުސާރަ ހަމަހަމަކުރުމުގެ ފިޔަވަޅުގެ ހަރަދު ތައް ކަމަށެވެ. މުސާރަތައް އެއްފަހަރާ ބޮޑުކޮށްފި ނަމަ މުސާރައިގެ ބިލް ވަރަށް ބޮޑަށް އިތުރުވެ، ހަރަދު ގާތްގަނޑަކަށް 3 ބިލިއަން ރުފިޔާ އިތުރުވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

މުނައްވަރު ވިދާޅުވީ ފިޔަވަހިތަކަކަަށް ބަހާލައިގެން ކުރިއަށް ގެންދިއުމުން ދައުލަތުގެ މާލިއްޔަތަށް އަންނަ ބުރަ ކުޑަވެ، ފޮރިން އެކްސްޗޭންޖް މާރކެޓުގެ ސްޓެބިލިޓީ ދެމެހެއްޓުމަށް އެހީތެރިވާނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، ބައިނަލް އަގްވާމީ ލޯނު ހޯދުމަށް ފާއިތުވި އަހަރުތަކުގައި ދަތިތައް ކުރިމަތިވެފައިވާ ކަމަށާއި، އެކަށީގެންވާ މިންވަރެއްގެ ރިޒާވް އުފެއްދިފައި ނުވާ ކަމަށެވެ. ފޮރިން އެކްސްޗޭންޖް ގާނޫނުގެ ދަށުން ލިބޭ ބޭރު ފައިސާ އާއި، ޓެކްސްތަކާއި ދައުލަތުގެ އާމްދަނީއަށް ރާއްޖެ ބަރޯސާވެފައިވާތީ، ކުއްލި ގޮތަކަށް ޚަރަދުތައް މައްޗަށް ހިނގައްޖެ ނަމަ އަންނަ އަހަރު ބެލެންސް ގޯސްވެދާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއެމްއޭ ރިސާޗް އެގްޒެކެޓިވް މަރިޔަމް ރަޝްފާ ކޮމިޓީ އަށް ވިދާޅުވީ އެއްފަހަރާ މުސާރަ ބޮޑު ކުރުމުން ދިވެހި ފައިސާގެ އަގު ދަށަށް ދިއުމުގެ ފުރުސަތު ބޮޑުވެ. ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.

ސިވިލް ސާވަންޓުންނާއި މިނިވަން މުއައްސަސާތަކުގެ މުވައްޒަފުން ހިމެނޭގޮތުން، މުސާރަ ބޮޑު ކުރުމަށް 2026 ގެ ބަޖެޓުގައި ސަރުކާރުން 1.7 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އަންނަ އަހަރު ދައުލަތުގެ ބަޖެޓުން މުސާރަދޭ މުވައްޒަފުންގެ އަދަދު 54،000 އަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، މިއީ މި އަހަރާ އަޅާބަލާއިރު 7،000 އިތުރުވުމެކެވެ. މުސާރައިގެ ޚަރަދު ޖުމްލަ ބަޖެޓުގެ 30 ޕަސެންޓް އަރާނެ ކަމަށް ލަފާ ކުރެވެއެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ހަރަދު ކުޑަކުރުމަށް ސަބްސިޑީތަކާއި، އާސަންދަ އަދި ސިއްހީ ވެލްފެއަރ ގެ ޚަރަދުތަކަށް އިސްލާހުތައް ގެނައުމަށް ވެސް އެމްއެމްއޭއިން ލަފާދީފައިވެއެވެ. ދައުލަތުގެ އާމްދަނީގެ 99 ޕަސެންޓު މިހާރު ހޭދަވަނީ ރިކަރަންޓް ޚަރަދުގެ ގޮތުގައިކަން އެމްއެމްއޭ އިން ފާހަގަކުރި އެވެ. ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ނުވާނަމަ، ސަބްސިޑީ ޚަރަދުތައް ދާނީ މައްޗަށް ކަމަށް ވެސް އެމްއެމްއޭ އިން ބުނެފައި ވެއެވެ.

- ކޮމެންޓް