ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މުހިންމު ކަމުގެ ވާހަކަ ދެކެވެމުންދާ ދަނޑިވަޅެއްގައި ފުޓްސެލް ދަނޑެއް ހުޅުއްވާ މެޗެއް ކުޅެލުމަށް ރައީސް މުހައްމަދު މުއިއްޒު ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނާ އެކު އދ. މަންދޫ އަށް ވަޑައިގެންފި އެވެ.
ހޮނިހިރު ދުވަހު މުއިއްޒު މި ކުރެއްވި ދަތުރުފުޅާ ބެހޭ ގޮތުން ރައީސް އޮފީހުން ބުނެފައިވަނީ އެއީ އެރަށު ޒުވާނުންގެ ދައުވަތަކަށް މުއިއްޒު ކުރެއްވި ދަތުރުފުޅެއް ކަމަށެވެ.
މުއިއްޒު މަންދޫ އަށް ވަޑައިގެންނެވި އިރު ނައިބު ރައީސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް އެ ރަށަށް ވަޑައިގެން ހުންނެވި އެވެ.
#Livestream: President arrives in ADh. Mandhoo https://t.co/hdcp6xObnH
— The President's Office (@presidencymv) November 15, 2025
ދަނޑު ހުޅުވުމުގެ ގޮތުން ހޮނިހިރު ދުވަހު ހަވީރު ކުޅުނު ފުޓްސަލް މެޗުގައި މެޗުގައި ރައީސް މުއިއްޒުގެ ޓީމުގައި ނައިބު ރައީސް އާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ހިމެނުނެވެ. މި މެޗުގައި މުއިއްޒުގެ ޓީމާ ދެކޮޅަށް ކުޅުނީ މަންދޫ ރައްޔިތުންގެ ޓީމެކެވެ.
މެޗު 6 – 2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރައީސް މުއިއްޒުގެ ޓީމުންނެވެ.
މި މެޗް ވަނީ ސަރުކާރު ޓީވީ، ޓީވީއެމް އިން ވަގުތުން ދުރަށް ދައްކާފަ އެވެ.