Advertisement
ކ. މާލެ
|
8 ނޮވެންބަރ 2025 | ހޮނިހިރު 23:26
ދިވެހިންގެ އެހީ ޢައްޒާ އަށް އިވެންޓުގެ ތެރެއިން
ދިވެހިންގެ އެހީ ޢައްޒާ އަށް އިވެންޓުގެ ތެރެއިން
ރާއްޖެއެމްވީ
ޣައްޒާ އަށް އެހީވުން
ދިވެހިންގެ އެހީ ޣައްޒާ އަށް: އިރު އޮއްސި 6ގެ ނިޔަލަށް 220،000 ރުފިޔާ ލިބިފައިވޭ
ޚިދުމަތް ޖަމިއްޔާ، ޑްރައިވަރސް އެސޯސިއޭޝަން، ރޭސިން ކޮމިއުނިޓީ އަދި ޓިކްޓޮކް ކޮމިއުނިޓީން ހުކުރު ދުވަހުގެ ހަވީރުން ފެށިގެން ހޮނިހިރު ދުވަހުގެ ރޭ 10:00 އާ ހަމައަށް ޣައްޒާ އަށް އެހީވުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވޭ
ފުލުހުން ބުރިޖަށް އެރުމުގެ ކުރިން ކާރުތަކުގައި ހަރުކޮށްފައި ހުރި ފަލަސްތީން ދިދަ އަދި ސްޓިކަރތައް ނެގުމަށް އަންގާފައިވުމުން ގާތްގަނޑަކަށް 2 ގަޑިއިރުގެ ޑިލޭއަކާ ކުރިމަތިލާން ޖެހުނު
މި ހަރަކާތުގައި ގިނަ އަދަދަކަށް ޒުވާނުން ބައިވެރިވި

ދިވެހިންގެ އެހީ ޣައްޒާ އަށް ހަރަކާތުގެ ތެރެއިން ހޮނިހިރު ދުވަހުގެ އިރު އޮއްސި 6ގެ ނިޔަލަށް 220،000 (ދެ ލައްކަ ވިހި ހާސް) ރުފިޔާ ލިބިފައިވާ ކަމަށް އެ ހަރަކާތް އިންތިޒާމް ކުރާ ފަރާތްތަކުން ބުނެފި އެވެ.

ހުކުރު ދުވަހުގެ ހަވީރުން ފެށިގެން ކުރިއަށް ގެންދިއަ މި ހަރަކާތް ހޮނިހިރު ދުވަހުގެ ރޭގެ 10:00 އާއި ހަމައަށް ގެންގޮސްފައިވެ އެވެ. އެ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރި ވަނީ ޚިދުމަތް ޖަމިއްޔާ، ޑްރައިވަރސް އެސޯސިއޭޝަން އަދި ރޭސިން ކޮމިއުނިޓީ އާއި ޓިޓްޓޮކް ކޮމިއުނިޓީ އެވެ.

މި ހަަރަކާތް އިންތިޒާމް ކުރި ފަރާތްތަކުން ބުނީ ހަރަކާތް ރާވާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފުލުހުންގެ އެއްބާރުލުން ނުދިނުމުން ދަތިތަކާއި ދިމާވި ކަމަށެވެ. ހަރަކާތް ރާވާފައި އޮތީ ރަސްފަންނުން ހުޅުމާލޭ ފޭސް 2ގެ ރުށްގަނޑު ސަރަހައްދަށް އުޅަނދު ބުރެއްގައި ގޮސް އެ ތަނުގައި އިތުރު ހަރަކާތްތައް ބާއްވާ ގޮތަށެވެ. ނަމަވެސް ފުލުހުން ވަނީ ބްރިޖަށް އެރުމުގެކުރިން ކާރުތަކުގައި ހަރުކޮށްފައި ހުރި ފަލަސްތީން ދިދަ އާއި ސްޓިކަރތައް ނެގުމަށް އަންގާފަ އެވެ. އޭގެ ސަބަބުން ގާތްގަނޑަކަށް 2 ގަޑި އިރުގެ ޑިލޭ އަކާއި ކުރިމަތިލާން ޖެހުނެވެ.

"ކުއްލިއަކަށް ދިދަތައް ނަގަން އެންގީ އެއީ ސްޓިކަރތައް ވެސް އާއްމުންނަށް ގެއްލުން ނުވާ ގޮތަށް ހަރުކޮށްފައި ހުރި ދިދަތައް ވެސް ނަގަން ބުނި. އެއީ ވަރަށް ދެރަކޮށް ހިނގި ކަމެއް." މި ޚިދުމަތް އިންތިޒާމް ކުރާ ފަރާތުން ބުންޏެވެ.

މި ހަރަކާތުގެ ތެރެއިން 7770000141495 އަށް ފައިސާ ފޮނުވައިގެން އަދި https://dhivehingeeheegazayah.com/ ވެބްސައިޓް މެދުވެރިކޮށް، ޣައްޒާ އަށް އެހީތެރިވެވޭނެ އެވެ. އަދި މި ފަންޑަށް އާއްމުން ދޭ ފައިސާގެ މައުލޫމާތު ވަގުތުން ލައިވްކޮށް ދަނީ އަޕްޑޭޓްކުރަމުންނެވެ.

މީގެ އިތުރުން ޓެކްސީ ޑްރައިވަރުން މާލެ ސަރަހައްދުގައި ހުކުރު ދުވަހުގެ ރެއިން ފެށިގެން ހޮނިހިރު ދުވަހުގެ ރެ އާއި ހަމައަށް ކުރާ ދަތުރުތަކުން ލިބޭ ފީގެ އިންސައްތަ އެއް މި ހަރަކާތަށް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މި ހަރަކާތުގައި ގިނަ އަދަދަކަށް ޒުވާނުން ބައިވެރިވެ އެވެ.

- ކޮމެންޓް