ކ. މާލެ
|
6 ނޮވެންބަރ 2025 | ބުރާސްފަތި 13:23
ނަރުހަކު ވެކްސިން ޖަހާ ސައިޓެއްގައި ސިރިންޖަކަށް ވެކްސިން އަޅަނީ
ނަރުހަކު ވެކްސިން ޖަހާ ސައިޓެއްގައި ސިރިންޖަކަށް ވެކްސިން އަޅަނީ
ގެޓީއިމޭޖަސް
ޖަރުމަނު
މަސައްކަތް ލުއި ކުރަން ގިނަ އަދަދެއްގެ ބަލިމީހުން މެރި ނަރުހަކު އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި
ޖަރުމަނުގެ ނަރުހަކު ރޭގަނޑު ޝިފްޓު ގައި މަސައްކަތުގެ ބުރަ ލުއި ކުރުމަށްޓަކައި 10 ބަލި މީހުން މޯފީން އަދި ނިދާ ބޭސް ދީ މަރާލައި، އިތުރު 27 މީހުން މަރާލަން މަސައްކަތް ކުރި ކަމުގެ ދައުވާ ސާބިތުވެ އުމުރަށް ޖަލަށް ލާން ވަނީ ހުކުމް ކޮށްފައި.

މަސައްކަތް ލުއި ކުރަން ޖަރުމަނުގައި ނަރުހަކު 10 ބަލި މީހުން މަރާލި މައްސަލަ ސާބިތުވެ އޭނާ އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި އެވެ.

އޭނާ ގެ މައްޗަށް ސާބިތުވި ދައުވާ ގައި އިތުރު 27 ބަލި މީހުން މަރާލަން މަސައްކަތް ކުރުން ވެސް ހިމެނެ އެވެ.

ޕްރޮސިކިއުޓަރުން ތުހުމަތު ކުރީ، އާންމުކޮށް ނަން ހާމަ ނުކުރާ މި ފިރިހެން ނަރުސް މީހާ، ރޭގަނޑު ޝިފްޓުތަކުގައި އޭނާގެ މަސައްކަތް ލުއިކުރުމަށް ކުރި ކަމެއްގެ ގޮތުން، އޭނާގެ ބެލުމުގެ ދަށުގައި ތިބި ޚާއްސަ ފަރުވާ އަށް ބޭނުންވާ އުމުރުން ދުވަސްވީ ބަލި މީހުންނަށް ރިހުން ކުޑަކުރާ ބޭސް ނުވަތަ ނިދާ ބޭސް އިންޖެކްޓް ކުރި ކަމަށެވެ.

މި ކުށްތައް ހިންގާފައި ވަނީ 2023 ޑިސެމްބަރާއި 2024 މެއި މަހާ ދެމެދު، ޖަރުމަނުގެ ހުޅަނގުގެ ވޫސެލެން ގައި ހުންނަ ހޮސްޕިޓަލެއްގައެވެ.

އޭޖެންސީ ފްރާންސް-ޕްރެސް (އޭއެފްޕީ) ގެ މައުލޫމާތަށް ބަލާއިރު، ނަން ހާމަ ނުކުރާ މި މީހާ 2007 ވަނަ އަހަރު ނަރުހެއްގެ ގޮތުގައި ތަމްރީން ފުރިހަމަ ކުރުމަށް ފަހު، 2020 ވަނަ އަހަރުން ފެށިގެން ވޫސެލެން ގައި ހުންނަ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން އައިއެވެ.

ކޯޓަށް ހުށަހެޅި މައުލޫމާތަށް ބަލާއިރު، ރޭގަނޑު ޝިފްޓުތަކުގައި އޭނާގެ ވޯކް ލޯޑް ކުޑަކުރަން، ބަލި މީހުންނަށް މަތީ ޑޯޒް ގެ މޯފީން އާއި ނިދާ ބޭހެއްގެ ބާވަތެއް ކަމަށްވާ މިޑަޒޮލަމް އިންޖެކްޓް ކުރިއެވެ.

އޭނާ ހައްޔަރު ކުރީ 2024 ވަނަ އަހަރުއެވެ.

- ކޮމެންޓް