ކ. މާލެ
|
8 މެއި 2024 | ބުދަ 15:02
އެސްއާރް75" ގެ ނަން ދީފައި ވާ ރޮކެޓް ދިގުމިނުގައި 12 މީޓަރު ހުރޭ، ބަރުދަނަކީ 2.5 ޓަނު
އެސްއާރް75 ރޮކެޓް
އުށްބައްތިން ޖައްވަށް؟
 
ހިމްޕަލްސްއިން އުދުއްސާލި ރޮކެޓަކީ، އުށްބައްތި ތައްޔާރު ކުރަން ބޭނުން ކުރާ މަސްނޫއީ މާއްދާއެއް ކަމަށް ވާ އުށާއި، ދިޔާ އޮކްސިޖަންއިން ހަކަތަ އުފައްދައިގެން އޮޕަރޭޓް ކުރާ ރޮކެޓެއް

ޓެކްނޮލޮޖީއާއި ސައެންސްގެ ރޮނގުން މި ދުނިޔޭގައި އެންމެ ކުރިއަރާފައި ވާ ޤައުމުތަކުގެ އަދުގެ ޢަމާޒުތައް ހުރީ ޖައްވީ ސަރަޙައްދުގެ ކޮންޓްރޯލްވެސް އެ ބައެއްގެ މުށު ތެރޭގައި އޮންނާނެ ކަން ކަށަވަރު ކުރުމަށެވެ. މި ދެންނެވި ޤައުމުތަކުން މިހާރުވެސް ދަނީ، ޖައްވީ ކޮންޓްރޯލް އަތުލުމަށް އާދަޔާ ޚިލާފު އެކި މަސައްކަތްތައް ކޮށް، ކަންކަން ހާސިލު ކުރަމުންނެވެ. އެންމެ ފަހުން މި ލިސްޓަށް އިތުރުވި އެއް ބަޔަކީ ޖަރުމަނުވިލާތުގެ ކުންފުންޏެއް ކަމަށް ވާ 'ހިމްޕަލްސް'އެވެ.

ހައިއިމްޕަލްސް ކުންފުނިން މިދިޔަ ހުކުރު ދުވަހު ވަނީ، އާދަޔާ ޚިލާފު ރޮކެޓެއް، ކާމިޔާބު ކަމާއެކު ޖައްވުގެ ތެރެއަށް އުދުއްސާލާފައެވެ. ހިމްޕަލްސްއިން އުދުއްސާލި ރޮކެޓަކީ، އުށްބައްތި ތައްޔާރު ކުރަން ބޭނުން ކުރާ މަސްނޫއީ މާއްދާއެއް ކަމަށް ވާ އުށާއި، ދިޔާ އޮކްސިޖަންއިން ހަކަތަ އުފައްދައިގެން އޮޕަރޭޓް ކުރާ ރޮކެޓެކެވެ. ހުކުރު ދުވަހު ކުރިއަށް ގެންދިޔައީ ޓެސްޓު ލޯންޗްއެކެވެ. އެއީ މި ބާވަތުގެ ރޮކެޓެއް ޓެސްޓު ކުރި ފުރަތަމަ ފަހަރުވެސްމެއެވެ.

ހިމްޕަލްސްގެ ޗީފް އެގްޒެކެޓިވް، މާރިއޯ ކޯބޯލްޑް ފާހަގަ ކުރި ގޮތުގައި، އެ ކުންފުނީގެ މަޤްޞަދަކީ، ޖަރުމަނުވިލާތަކީވެސް ޖައްވީ ކުރިއެރުންތަކުގެ ބޮންތީގައި ހިފަމުން އަންނަ ކަމުގެ ސިގުނަލެއް ދިނުން ކަމަށެވެ. އަދި ޖައްވީ ސަތަހައަށް ވިލާތުގެ ހަރަކާތްތައް ފުޅާވަމުން ދާ ކަމުގެ ސިގުނަލެއް ކަމަށެވެ.

"އެސްއާރް75" ގެ ނަން ދީފައި ވާ ރޮކެޓް ދިގުމިނުގައި 12 މީޓަރު ހުރެއެވެ. ބަރުދަނަކީ 2.5 ޓަނެވެ. ރޮކެޓް އުދުއްސާލީ ދެކުނު އޮސްޓްރޭލިއާގެ ސަރަޙައްދަކުން، އޮސްޓްރޭލިއާގެ ގަޑިން ފަތިހު 05 ޖެހިތާ ކުޑަ އިރުކޮޅެއް ފަހުންނެވެ. ބަރުދަނުގައި 250 ކިލޯ ނުވަތަ 551 ޕައުންޑް ހުންނަ ކުދި ސެޓެލައިޓްތައް، ދުނިޔޭގެ ބިމުގެ ސަތަހައިން ފެށިގެން 250 ކިލޯމީޓަރު އުހަށް ގެންދިއުމުގެ ޤާބިލުކަން، އެސްއާރް 75 އަށް ލިބިގެންވެއެވެ.

ރޮކެޓްތަކަށް އަގުހެޔޮ އަދި ރައްކާތެރި ބަދަލު ތެލެއްގެ ގޮތުގައި ޕެރަފިން ނުވަތަ އުށްބައްތި ތައްޔާރު ކުރާ އުށް ބޭނުންކުރެވިދާނެ ކަމަށާއި، މިއީ ސެޓެލައިޓް ދަތުރުފަތުރުގެ ހަރަދު %50 އާއި ހަމައަށް ކުޑަކޮށްދޭ ކަމެއް ކަމަށް ހައިއިމްޕަލްސް އިން ބުނެއެވެ.

ހައިމްޕަލްސްއަކީ ޖަރުމަނުވިލާތުގެ ޖައްވީ އިދާރާގައި ކުރިން މަސައްކަތް ކުރަމުން ދިޔަ މީހުން ބައިވެރިވެގެން ހިންގާ ޖަމިއްޔާއެކެވެ. މިހާރުވެސް 100 މިލިއަނެއްހާ ޔޫރޯ ނުވަތަ 105 މިލިއަން ޑޮލަރުގެ ޑީލްތަކެއް ވަނީ ނިންމަން ލިބިފައެވެ. އާންމުންގެ ފަރާތުން ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ލިބުނު ނަމަވެސް، މައިގަނޑު މަސްދަރަކީ ޕްރައިވެޓް ފަންޑިންގްކަން ހައިމްޕަލަންސްއިން ފާހަގަ ކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް