ދިވެހިރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން އަލުން ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަށް ދަތުރުތައް ފަށަން ތައްޔާރުވާން ފަށައިފިއެވެ.
މޯލްޑިވިއަން އިން ކުރިން ޑާކާ އަށް ކުރަމުން ދިޔަ ދަތުރުތައް ހުއްޓާލީ އެ ގައުމުގެ ސިޔާސީ ހަމަ ނުޖެހުންތަކުގެ ސަބަބުންނެވެ.
ޑާކާއަށް ޝެޑިއުލް ފްލައިޓްތައް އަލުން ފެށުމަށް އެއާލައިނުން ބަންގްލަދޭޝްގައި ޖެނެރަލް ޕެސެންޖަރ ސޭލްސް އޭޖެންޓެއް ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ޕްރޮޕޯސަލްތައް ހުށަހެޅުމުގެ ސުންގަޑި އަކީނޮވެމްބަރު 6 އެވެ.
މޯލްޑިވިއަން އިން ކުރިން ޑާކާއަށް ހަފްތާއަކު ކުރަމުން ދިޔަ ދަތުރުތައް ހުއްޓާލީ އޯގަސްޓް 2024 ގައެވެ.
މިހާރު އެއާލައިނުން ހިދުމަތް ދެނީ އިންޑިއާ އާއި ޗައިނާ ގެ ފަސް މަންޒިލަކަށެވެ.