Advertisement
ކ. މާލެ
|
4 ނޮވެންބަރ 2025 | އަންގާރަ 08:46
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި، ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި، ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ
ރޮއިޓަރސް
ެެއެމެރިކާ-ވެނެޒުއެލާ
މަދޫރޯގެ ދުވަސްތައް ނިމިއްޖެ: ޓްރަމްޕް
އެމެރިކާ އިން ވެނެޒުއެލާއާ ދެކޮޅަށް ހަނގުރާމަ ކޮށްފާނެތޯ އެ އިންޓަވިޔުގައި ސުވާލު ކުރުމުން ޓްރަމްޕް ވަނީ އެމެރިކާ އިން ހަނގުރާމައެއް ކޮށްފާނެތޯ އަހައި ސުވާލެއް އުފައްދަވައިފަ އެވެ. އަދި އެކަމާ ޝައްކު ކުރައްވާ ކަަމަށާއި، އެފަދަ ކަމެއް ހިތަށް ވެސް ނާރާ ކަމުގައި ޓްރަމްޕް ވިދާޅުވި އެވެ. އެހެން ނަމަވެސް، މަދޫރޯގެ ދުވަސްތައް، ނުވަތަ ރިޔާސީ ދުވަސްތައް ނިމިފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ވެނެޒުއެލާއާ ދެކޮޅަށް އެމެރިކާ އިން ހަނގުރާމައެއް ހިންގަން އުޅޭ ކަމުގެ ވާހަކަ ތަކެއް ފެތުރިފައިވާއިރު، ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯގެ ދުވަސްތައް ނިމިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ސީބީއެސް ޓީވީ އަށް ދެއްވި އިންޓަވިޔުއެއްގައި ޓްރަމްޕް މިފަދައިން ވިދާޅުވެފައިވާއިރު، އެމެރިކާ އިން އަންނަނީ ކެރީބިއަން ސަރަހައްދުގައި އެ ޤައުމުގެ އަަސްކަރިއްޔާގެ ޙަރަކާތްތެރިކަން އިތުރު ކުރަމުންނެވެ. އަދި މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކާ ދެކޮޅަށް އެމެރިކާ އިން އަންނަނީ ހަމާތައް ދެމުންނެވެ.

އެމެރިކާ އިން ވެނެޒުއެލާއާ ދެކޮޅަށް ހަނގުރާމަ ކޮށްފާނެތޯ އެ އިންޓަވިޔުގައި ސުވާލު ކުރުމުން ޓްރަމްޕް ވަނީ އެމެރިކާ އިން ހަނގުރާމައެއް ކޮށްފާނެތޯ އަހައި ސުވާލެއް އުފައްދަވައިފަ އެވެ. އަދި އެކަމާ ޝައްކު ކުރައްވާ ކަަމަށާއި، އެފަދަ ކަމެއް ހިތަށް ވެސް ނާރާ ކަމުގައި ޓްރަމްޕް ވިދާޅުވި އެވެ. އެހެން ނަމަވެސް، މަދޫރޯގެ ދުވަސްތައް، ނުވަތަ ރިޔާސީ ދުވަސްތައް ނިމިފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާ އިން ވަނީ މަދޫރޯއާ ދެކޮޅަށް މަސްތުވާ ތަކެތީގެ ދައުވާ ކޮށްފަ އެވެ. އެގޮތުން މަދޫރޯ އަންނަނީ މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް އެއްބާރުލުން ދެމުން ކަމަށް އެމެރިކާ އިން ތުހުމަތު ކުރެ އެވެ. ނަމަވެސް، މަދޫރޯ ވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވައިފަ އެވެ. އެކަމަށް ފުރިހަމަ އަށް ޖަވާބުދާރީ ވެވަޑައިގަންނަވާނެ ކަމަށާއި، އެމެރިކާ އިން މަސައްކަތް ކުރަނީ އޭނާގެ ވެރިކަން ވައްޓާލުމަށް ކަމަށް ވެސް މަދޫރޯ ވިދާޅުވެފައިވެ އެވެ.

ކެރީބިއަން އަދި ޕެސިފިކް ސަރަހައްދު ތަކުގައި އެމެރިކާ އިން ވަނީ ބޯޓު ތަކަަށް އަމާޒުކޮށް 15 އަށް ވުރެ ގިނަ ހަމަލާ ދީފަ އެވެ. އެ ހަމަލާ ތަކުގައި މިހާތަނަށް މަދުވެގެން 65 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ. އެންމެ ފަހުން އެމެރިކާ އިން އެ ފަދަ ހަމަލާއެއް ދީފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ ހަމަލާތަކާ ގުޅިގެން ސަރަހަައްދުގެ ޤައުމު ތަކުގެ ފާޑު ކިޔުން ވެސް ވަނީ އެމެރިކާ އަށް އަމާޒުވެފަ އެވެ.

މަސްތުވާތެކެއްޗާ ދެކޮޅަށް ކަމަށް ބުނެ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެމެރިކާ އިން ހަމަލާ ތަކެއް ދޭން ފެށި ނަމަވެސް، މާހިރުން ފާހަގަ ކޮށްފައިވާ ގޮތުގައި އެއީ އެމެރިކާ އިން ޤާނޫނާ ޚިލާފަށް ދެމުން އަންނަ ހަމަލާ ތަކެއް ކަމަށެވެ. އަދި އެމެރިކާ އިން ހަމަލާ ދިން ބޯޓު ތަކުން މަސްތުވާ ތަކެތި ވިއްކަމުން ދިޔަކަން ނުވަތަ، އެމެރިކާ އަށް ނުރައްކާވާ ކަމުގެ އެއްވެސް ހެއްކެއް އާންމު ކޮށްފައި ނުވާ ކަމަށް ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން އެމެރިކާގެ ސެކްރެޓަރީ އޮފް ވޯ ޕީޓް ހެގްސެތު ވިދާޅުވެފައި ވަނީ، މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ ކަމަށް ބުނާ މީހުން ހޯދައި، އެ މީހުން މެރުމުގެ މަސައްކަތް އެމެރިކާ އިން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ހެގްސެތު ވަނީ ހަމަލާގެ މަންޒަރު ފެންނަ ވީޑިއޯ ފުޓޭޖު ވެސް ހިއްސާ ކުރައްވައިފަ އެވެ.

އެމެރިކާ އާއި ވެނެޒުއެލާގެ ގުޅުން ގޯސްވެފައިވާއިރު، ވެނެޒުއެލާގެ އެޓާނީ ޖެނަރަލް ޓަރެކް ވިލިއަމް ސާބް ވިދާޅުވެފައި ވަނީ އެމެރިކާގެ ރައީސް ޓްރަމްޕް މަސައްކަތް ކުރައްވަނީ ވެނެޒުއެލާ ގެ ސަރުކާރު ވައްޓާލައި، ވެނެޒުއެލާ އަކީ އެމެރިކާގެ އަޅުވެތި ކަމުގެ ދަށުގައި އޮންނަ ޤައުމަކަށް ހެދުމަށް ކަމަށެވެ.

ވެނެޒުއެލާ ގެ ރައީސް ކަމުގެ މަޤާމަށް މަދޫރޯ ވަޑައިގެންނެވީ 2024 ވަނަ އަހަރު އޮތް އިންތިޚާބު ކާމިޔާބު ކުރައްވައިގެންނެވެ. ނަމަވެސް އެއީ މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ނޫން ކަމަށް ބުނެ، އެމެރިކާ އާއި ބައެއް އެހެން ޤައުމު ތަކުން މަދޫރޯ އަކީ ވެނެޒުއެލާގެ ޝަރުއީ ވެރިއެއްގެ ގޮތުގައި ބަލައެއް ނުގަނެ އެވެ.

މަސްދަރު: އޭއެފްޕީ
- ކޮމެންޓް