ކ. މާލެ
|
2 ނޮވެންބަރ 2025 | އާދީއްތަ 23:45
ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ
ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ
ރައްޔިތުންގެ މަޖިލިސް
އައިބީގެ އިތުބާރު ނެތްކަމުގެ ޕެޓިޝަން
މެންބަރު އައިބީގެ އިތުބާރު ނެތް ކަން ހާމަކުރުމަށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި
ފޭދޫ ރައްޔިތުން އައިބީގެ އިތުބާރު ނެތްކަން ހާމަކުރުމަށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށާފައިވަނީ ސިޓީ ކައުންސިލްގެ ދަށުން އޮންނަން ނިންމި ނިންމުގެ އުފާ ފާޅުކުރުމަށް ބޭއްވި ސައިކަލު ބުރަށްފަހު
ޕެޓިޝަން މަޖިލީހަށް ހުށަހެޅުމަށް ވަނީ ނިންމާފައި

އައްޑޫ ސިޓީ ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ގެ އިތުބާރު ނެތް ކަން ހާމަކުރުމަށް ފޭދޫގެ ރައްޔިތުން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

މި ޕެޓިޝަނުގައި ފޭދޫ ރައްޔިތުން ސޮއިކުަން ފަށާފައިވަނީ އައްޑޫ ސިޓީ ކައުންސިލުގެ ދަށުން އިދާރީ ގޮތުން ފޭދޫ ވަކިކޮށް، ވަކިވަކި ކައުންސިލެއް ހަދަން ފެނޭތޯ ބަލަން ނެގި ވޯޓުގައި، ފޭދޫ ރައްޔިތުން ސިޓީ ކައުންސިލްގެ ދަށުން އޮންނަން ނިންމި ނިންމުމުގެ އުފާ ފާޅުކުރުމަށް ބޭއްވި ސައިކަލު ބުރަށްފަހު އެވެ.

ޕެޓިޝަނުގައި ސޮއިކުރާ ފަރާތްތަކުން ބުނަމުންދަނީ އައިބީގެ އިތުބާރު ނެތް ކަމަށް ޕެޓިޝަނެއް ތައްޔާރުކުރަމުން ދަނީ އައްޑޫ ސިޓީ އިން ފޭދޫ ވަކިކޮށް ވަކި ކައުންސިލެއް އުފެއްދުމަށް މަސައްކަތް ކޮށްފައިވާތީ، ރައްޔިތުންނަށް އޭނާއަށް އިތުބާރު ނެތުމުންނެވެ. ޕެޓިޝަނުގެ ސޮއިކުރުމުގެ މަސައްކަތް ވަރަށް ފޯރިއާއެކު ފޭދޫ ރައްޔިތުން އަންނަނީ ކުރަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕެޓިޝަނަށް ސޮއި އެއްކުރުމަށްފަހު އެ ޕެޓިޝަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ އެވެ.

25 އޮކްޓޯބަރ ގައި ބޭއްވި އާންމު ހިޔާލު ހޯދުމުގެ ވޯޓުން ބޮޑު ތަފާތަކުން ފޭދޫ ރައްޔިތުން ވަނީ ސިޓީ ކައުންސިލް އިން ވަކިނުވާން ނިންމާ ނޫނެކޭ ބުނެފަ އެވެ. ފޭދޫ ކައުންސިލް ވަކިން އޮންނަން ނުފެންނަ ކަމަށް 1782 ވޯޓު ދީފައިވާއިރު، ވަކި ކައުންސިލެއް ހަދަން ފެންނަ ކަމަށް 615 ވޯޓު ދީފައިވެ އެވެ.

- ކޮމެންޓް