Advertisement
ކ. މާލެ
|
28 އޮކްޓޯބަރ 2025 | އަންގާރަ 13:14
ކެމަރޫންގެ ރައީސް ޕައުލް ބިޔާ
ކެމަރޫންގެ ރައީސް ޕައުލް ބިޔާ
ރޮއިޓަރސް
ކެމަރޫން
އުމުރުފުޅުން 92 އަހަރުގައި ވެރިކަމުގެ އަށް ވަަނަ ދައުރެއް ހޯއްދެވި، ދުވަހަކު ވެސް އިންތިޚާބަކުން ބަލި ނުވާ ރައީސް!
އިންތިޚާބުގެ ނަތީޖާ ވަރަށް ވާދަވެރި ވާނެ ކަމަށާއި، އިދިކޮޅު ކެންޑިޑޭޓް އިސާ ޗިރޯމާ ބަކަރީ އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު އޮތް ކަމަށް ވެސް ވާހަކަތައް ދެކެވުނެވެ. ނަމަވެސް، އިންތިޚާބުގެ ރަސްމީ ނަތީޖާ ދައްކާ ގޮތުން ބިޔާ އަށް ވަނީ 53.7 އިންސައްތަ ވޯޓު ލިބިވަޑައިގެންފަ އެވެ. މީގެ ކުރިން އަމިއްލަފުޅަށް ކާމިޔާބީ އިއުލާން ކުރެއްވި ބަކަރީ އަށް ލިބިވަޑައިގެންނެވީ 35.2 އިންސައްތަ ވޯޓެވެ.

ކެމަރޫންގެ ކޮންސްޓިޓިއުޝަނަލް ކައުންސިލް އިން، މިހާރު އުމުރުފުޅުން 92 އަހަރުވެފައިވާ އެ ޤައުމުގެ ރައީސް ޕައުލް ބިޔާ އަށް ވަނަ ދައުރެއް ކާމިޔާބު ކޮށްފައިވާ ކަމަށް އިއުލާން ކުރުމަކީ އެއްވެސް މީހަކަށް ޝޮކެއް ކަމުގައި ނުވި އެވެ. ދުނިޔޭގެ އެންމެ ދުވަސްވީ ވެރިޔާގެ ގޮތުގައި ރެކޯޑު ހައްދަވާފައިވާ ބިޔާާ އަށް މިފަހަރު ވެސް ވަނީ ކާމިޔާބު ލިބިވަޑައިގެންފަ އެވެ.

އިންތިޚާބުގެ ނަތީޖާ ވަރަށް ވާދަވެރި ވާނެ ކަމަށާއި، އިދިކޮޅު ކެންޑިޑޭޓް އިސާ ޗިރޯމާ ބަކަރީ އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު އޮތް ކަމަށް ވެސް ވާހަކަތައް ދެކެވުނެވެ. ނަމަވެސް، އިންތިޚާބުގެ ރަސްމީ ނަތީޖާ ދައްކާ ގޮތުން ބިޔާ އަށް ވަނީ 53.7 އިންސައްތަ ވޯޓު ލިބިވަޑައިގެންފަ އެވެ. މީގެ ކުރިން އަމިއްލަފުޅަށް ކާމިޔާބީ އިއުލާން ކުރެއްވި ބަކަރީ އަށް ލިބިވަޑައިގެންނެވީ 35.2 އިންސައްތަ ވޯޓެވެ.

ކެމަރޫންގެ ރައީސް ކަމުގެ މަގާމުގައި ބިޔާ ހުންނަވާތާ މިހާރު 43 އަހަރު ވެއްޖެ އެވެ. ހަތް އަހަރުގެ އިތުރު ދައުރަކަށް އޭނާ ކުރިމަތިލެއްވުމަކީ، ގިނަ ބަޔަކު ސުވާލު ވެސް އުފެއްދި ކަމެކެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ ކެމަރޫންގައި ބިޔާ ވެރިކަން ކުރައްވަމުން އަންނަ ގޮތާއި، އޭނާގެ މިޒާޖު ހުންނަ ގޮތުންނެވެ.

ޖެނީވާގެ އިންޓަކޮންޓިނެންޓަލް ހޮޓެލުގައި ގިނަ ދުވަސްތައް ހޭދަ ކުރައްވާ ކަމަށާއި، ޤައުމުގެ ވެރިކަަން ހިންގަވަނީ ބޮޑު ވަޒީރު އަދި އެހެން ވަޒީރުން ކަމަށް ވެސް ގިނަ ބަޔަކު ދެކެ އެވެ. މިދިޔަ އަހަރު ޗައިނާ-އެފްރިކާ ސަމިޓަށް ފަހު، ހަ ހަފުތާ އަށް ވުރެ ގިނަ ދުވަސް ވަންދެން ބިޔާގެ އެއްވެސް ޚަބަރެއް ނެތްއިރު، އާންމުންގެ ތެރެއިން ވެސް އޭނާ ފެނިފައި ނުވެ އެވެ. ގިނަ ބަޔަކު އެކަން ސިފަ ކުރަމުން އޭރު ބުނެފައި ވަނީ ބިޔާ "ގެއްލިފައިވާ" ކަމަށެެވެ.

ކެމަރޫންގައި ބިޔާ ވެރިކަން ކުރައްވަމުން އަންނަ ގޮތަށް ބަލާއިރު، ވަރަށް މަޑުމައިތިރި އަދި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުންތައް ވެސް ބާއްވާ މިންވަރު މަދެވެ. އަދި ޤައުމުގެ ބޮޑެތި މައްސަލަ ތަކާއި، މުހިންމު މައްސަލަތަކާ މެދު ހަމަ ހިމޭންކަމާ އެކު ހުންވައި އަދި ހަނު ހުންނަވާ ވައްޓަފާޅި އަށް ބިޔާ ވެރިކަން ކުރެއްވުމަކީ ގިނަ ބަޔަކު ހައިރާންވާ ކަމެކެވެ.

އެހެން ނަމަވެސް، ބައެއް މާހިރުން ފާހަގަ ކޮށްފައިވާ ގޮތުގައި ބިޔާގެ މި މިޒާޖު އަދި ވެރިކަމުގެ ވައްޓަފާޅި އަކީ ކެމަރޫންގެ ރަށްތަކާއި، އެކި ބަހުރުވަ ތަކުގެ މީހުން އެކުވެރިކަމާ އެކު ގެންގުޅުމަށް މުހިންމު ދައުރެއް އަދާ ކުރާ ކަމަކަށްވެ އެވެ.

އެކަމަކު، މިހާރު އިނގިރޭސި ބަހުން ވާހަކަ ދައްކާ ސަރަހައްދު ތަކުގައި ހިނގަމުން އަންނަ ހަމަ ނުޖެހުންތަކާއި، ޤައުމުގެ ތަރައްޤީ އަސް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ އެކު، މިހާ ދުވަސްވީ ރައީސް އަކު އިތުރު ދައުރަކަށް ހޮވުމާ މެދު ރައްޔިތުން ކަންބޮޑުވުން ފާޅު ކުރަމުން ދިޔަ އެވެ. އަދި މިފަހަރުގެ އިންތިޚާބުގެ ނަތީޖާއާ ގުޅިގެން ޑުއާލާ އާއި ގަރުއާ ފަދަ ސަރަހައްދު ތަކުގައި ހަމަނުޖެހުން ފެށިފައިވާ ކަމަށް ވެސް ވަނީ ރިޕޯޓު ކޮށްފަ އެވެ.

އިންތިޚާބުގައި ބިޔާއާ ވާދަކުރެއްވި ބަކަރީ އަކީ، ބިޔާގެ އަރިސް ބޭފުޅެއްގެ ގޮތުގައި މީގެ ކުރިން 20 އަހަރު ވަންދެން ހުންނެވި ފަރާތެކެވެ. ނަމަވެސް، މިއަހަރުގެ ޖޫން މަހުގެ ތެރޭގައި އޭނާ ވަނީ ބިޔާގެ ސަރުކާރުން އިސްތިއުފާ ދެއްވައި، އިންތިޚާބުގައި ވާދަ ކުރެއްވުމުގެ މަސައްކަތް ފައްޓަވައިފަ އެވެ.

ކެމަރޫންގެ އާބާދީގެ ތިން ބައި ކުޅަ އެއް ބައި ދިރިއުޅެމުން ދަނީ ދުވާލަކަށް ދެ ޑޮލަރަށް ވުރެ މަދުން ލިބޭ އާމްދަނީ އަކުންނެވެ. ޒުވާނުންގެ ވަޒީފާގެ ފުރުސަތު ވަރަށް ބޮޑަށް ދަށްވެފައިވާއިރު، އިޤްތިސާދީ ފުރުސަތު ތަކާއި، ސިޔާސީ ފުރުސަތު ނެތުމުގެ ސަބަބުން ޒުވާނުން އިންތިޚާބީ ނިޒާމާ މެދު ހިތްހަމަ ވެސް ނުޖެހެ އެވެ.

އިންތިޚާބުގައި ރައީސް ބިޔާ ވާދަ ކުރެއްވިއިރު، އޭނާ އަކީ ވަރަށް މަދުން ނޫނީ އާންމުންގެ ތެރެއަށް ނުނިކުންނަވާ ފަރާތެވެ. އޭނާގެ އެންމެ ފުރަތަމަ އަދި ހަމައެކަނި ކެމްޕެއިން ރެލީ ވެސް ބާއްވާފައި ވަނީ އިންތިޚާބަށް ހަފުތާކައަށް ވެފައި ވަނިކޮށެވެ. އެ ރެލީގައި ބިޔާ ވިދާޅުވެފައި ވަނީ ސަލާމަތީ ކަންކަން ހަރުދަނާ ކުރައްވައި، ޒުވާނުންގެ ވަޒީފާގެ މައްސަލަ ހައްލު ކުރައްވައި އަދި މަގުތަކާއި އިޖުތިމާއީ ވަސީލަތްތައް ރަނގަޅު ކުރައްވާނެ ކަމަށެވެ.

މަސްދަރު: ބީބީސީ
- ކޮމެންޓް