Advertisement
ކ. މާލެ
|
25 އޮކްޓޯބަރ 2025 | ހޮނިހިރު 15:55
ބްރެޒިލްގެ ރައީސް ލޫލާ
ބްރެޒިލްގެ ރައީސް ލޫލާ
ރޮއިޓަރސް
ޣައްޒާ ހަނގުރާމަ
ނަސްލު ނައްތާލުމާ ދެކޮޅަށް މަސައްކަތް ނުކުރާ ކަމަށް ވިދާޅުވެ، ލޫލާގެ ނުރުހުން އދ އަށް
މެލޭޝިޔާގެ ބޮޑު ވަޒީރު އަންވަރު އިބްރާހީމްއާ ބައްދަލު ކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ލޫލާ ވިދާޅުވީ، މިހާ ގިނަ ދުވަސް ވަންދެން ޣައްޒާގައި ހިންގަމުން އަންނަ ނަސްލު ނައްތާލުމުގެ އަމަލުތައް ޤަބޫލު ކުރަނީ ކާކު ކަމަށް ހެއްޔެވެ؟

ޣައްޒާ ހަނގުރާމައިގެ ޝިކާރަ އަކަށް ވެފައިވާ މީހުން ހިމާޔަތް ކުރުމުގައި މުއައްސަސާތައް ފެއިލްވެފައިވާ ކަމަށް ވިދާޅުވެ، ބްރެޒިލްގެ ރައީސް އިނާސިއޯ ލޫލާ ޑަ ސިލްވާގެ ނުރުހުން އދ އާއި އެހެނިހެން ބައިނަލްއަޤުބާމީ މުއައްސަސާ ތަކަށް ފާޑު ވިދާޅުވެއްޖެ އެވެ.

މެލޭޝިޔާގެ ބޮޑު ވަޒީރު އަންވަރު އިބްރާހީމްއާ ބައްދަލު ކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ލޫލާ ވިދާޅުވީ، މިހާ ގިނަ ދުވަސް ވަންދެން ޣައްޒާގައި ހިންގަމުން އަންނަ ނަސްލު ނައްތާލުމުގެ އަމަލުތައް ޤަބޫލު ކުރަނީ ކާކު ކަމަށް ހެއްޔެވެ؟

އެކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، އެ ކަހަލަ ކަންކަން ހުއްޓުވުމަށް އުފައްދާފައިވާ ބައިނަލްއަޤުވާމީ މުއައްސަސާ ތަކުން މިހާރު މަސައްކަތް ނުކުރާ ޙާލަތަށް ގޮސްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މިއަދުގެ ޙާލަތަށް ބަލާއިރު، އދ އާއި އދ ގެ ސަލާމަތީ މަޖިލީހުން އިތުރު މަސައްކަތެއް ނުކުރާ ކަމަށެވެ.

ލޫލާ މިފަދައިން ވާހަކަ ދައްކަވާފައި މި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭޝިއާ ސަރަހައްދަށް ކުރައްވާ ދަތުރުފުޅެއްގައި މި ދެ ލީޑަރުން ބައްދަލުވުމަށް ހަމަޖެހިފައިވާ ދަނޑިވަޅެއްގަ އެވެ. މި ދަތުރުފުޅުގައި ޓްރަމްޕް، ތައިލެންޑް އާއި ކެމްބޯޑިއާއާ ދެމެދު ސޮއި ކުރެވޭ ސުލްޙައިގެ އެއްބަސްވުމުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ވެސް ބެލެވެ އެވެ.

މީގެ ކުރިން ޓްރަމްޕް އާއި ލޫލާގެ ގުޅުމަށް ކޮންމެ ވެސް ވަރެއްގެ އަސަރު ތަކެއް ކުރި ނަމަވެސް، މިހާރު އެ ގުޅުން ރަނގަޅު ވަމުން އަންނަ ކަމަށް ބެލެވެ އެވެ. އެގޮތުން ބްރެޒިލްގެ ކުރީގެ ރައީސް ޖައިރު ބޮލްސޮނާރީގެ މައްސަލައިގައި ޓްރަމްޕް އާއި ލޫލާގެ ގުޅުން ގޯސްވި އެވެ. ބޮލްސޮނާރޯ އަށް 27 އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވުމާ ގުޅިގެން ޓްރަމްޕް ވަނީ ބްރެޒިލްގެ އިސް އޮފިޝަލުންނާ ދެކޮޅަށް ފިޔަވަޅު އަޅުއްވައިފަ އެވެ.

ނަމަވެސް އޭގެ ފަހުން، އެމެރިކާގައި ކުރިއަށް ދިޔަ އދ ގެ ޖެނަރަލް އެސެމްބްލީގައި ބައިވެރިވެ ވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅުގައި ލޫލާ ވަނީ ޓްރަމްޕްއާ ބައްދަލު ކުރައްވައިފަ އެވެ. އޭގެ ފަހުން އޮކްޓޫބަރު މަހުގެ ތެރޭގައި ދެ ރައީސުން ވަނީ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފަ އެވެ. އެ މަޝްވަރާ ގައި ވަނީ އާސިއާން ސަމިޓުގައި ބައްދަލު ކުރެއްވުމަށް މަޝްވަރާ ކުރައްވައިފަ އެވެ.

މަސްދަރު: އޭއެފްޕީ
- ކޮމެންޓް