Advertisement
ކ. މާލެ
|
23 އޮކްޓޯބަރ 2025 | ބުރާސްފަތި 10:28
އިސްރާއީލުގެ ފިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް ވަނީ މިދިޔަ ހަފްތާގައި އީ1 ސަރަހައްދުގައި 3،400 ގެއަށް ރާވާފައިވާކަން އިއުލާން ކޮށްފައި
އިސްރާއީލުގެ ފިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް ވަނީ މިދިޔަ ހަފްތާގައި އީ1 ސަރަހައްދުގައި 3،400 ގެއަށް ރާވާފައިވާކަން އިއުލާން ކޮށްފައި
ރޮއިޓަރސް
ޣައްޒާ ހަނގުރާމަ
ޣައިރު ޤާނޫނީ ގޮތުން ވެސްޓް ބޭންކުގައި އާބާދުވުމަށް، އިސްރާއީލް އިން ކުރިއަށް ގެންދާ މަޝްރޫއު އަށް ހުއްދަ ދީފި
އިސްރާއީލްގެ ހައްދު ފަހަނަ އެޅި ކަނާއަތު ފިޔައިގެ މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗް ވިދާޅުވެފައި ވަނީ، އެ މަޝްރޫއާ އެކު ފަލަސްޠީނު ދައުލަތެއްގެ ޚިޔާލު ފޮހެވިގެން ދާނެ ކަމަށެވެ. އެހެން ނަމަވެސް، ފަލަސްޠީނު އޮތޯރިޓީ އިން ވަނީ އެ ނިންމުން ކުށްވެރި ކޮށްފަ އެވެ.

ޣައިރު ޤާނޫނީ ގޮތުން ވެސްޓް ބޭންކުގައި އާބާދުވުމަށް އިސްރާއީލް އިން ކުރިއަށް ގެންދާ މަޝްރޫއު އަށް ހުއްދަ ދީފި އެވެ.

އިސްރާއީލްގެ ސަރުކާރުން ހުއްދަ ދީފައި ވަނީ، އެ ޤައުމުން ވެސްޓް ބޭންކާއި، އިރުމަތީ ޖެރޫސަލަމް ވަކި ކޮށްލައިި، ފަލަސްޠީނުގެ ބިން ދެބައި ކޮށްލާ ފަދަ، އާބާދުވުމުގެ މަޝްރޫއު އަކަށެވެ.

"އީ1"ގެ ނަމުން މަޝްހޫރު މި ސަރަހައްދުގައި އާބާދީ ވުމުގެ މަސައްކަތް މިހާތަނަށް ހުއްޓިފައި ހުއްޓިފައި އޮތީ، ފާއިތުވި 20 އަހަރުގެ ތެރޭގައި ބައިނަލްއަޤުވާމީ މުޖުތަމައުން އެކަމާ ދެކޮޅު ހަދަމުން އަންނާތީ އެވެ. ނަމަވެސް، އިސްރާއީލްގެ ޑިފެންސް މިނިސްޓްރީގެ ކޮމެޓީ އަކުން ބުދަ ދުވަހު ވަނީ، އެ ސަރަހައްދުގައި 3،400 ގެ އެޅުމުގެ ޕްލޭން އަށް ހުއްދަ ދީފަ އެވެ.

އިސްރާއީލްގެ ހައްދު ފަހަނަ އެޅި ކަނާއަތު ފިޔައިގެ މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗް ވިދާޅުވެފައި ވަނީ، އެ މަޝްރޫއާ އެކު ފަލަސްޠީނު ދައުލަތެއްގެ ޚިޔާލު ފޮހެވިގެން ދާނެ ކަމަށެވެ. އެހެން ނަމަވެސް، ފަލަސްޠީނު އޮތޯރިޓީ އިން ވަނީ އެ ނިންމުން ކުށްވެރި ކޮށްފަ އެވެ. އަދި އެއީ ޤާނޫނާ ޚިލާފު ކަމެއް ކަމަށާއި، އެއީ ދެ ދައުލަތުގެ ޙައްލަށް އޮތް އުންމީދު ނައްތާލުމަށް ކުރާ ކަމެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

1967 ވަނަ އަހަރުގެ މެދު އިރުމަތީގެ ހަނގުރާމައިގައި އިސްރާއީލް އިން ވެސްޓް ބޭންކާއި، އިރުމަތީ ޖެރޫސަލް އަތުލުމަށް ފަހު، މިހާތަނަށް އެ ސަރަހައްދުގައި 160 ގެ ޤާއިމުކޮށް، 700،000 (ހަތް ލައްކަ) އަށް ވުރެ ގިނަ ޔަހޫގީން ދިރިއުޅެމުން ގެންދެ އެވެ. މި ސަރަހައްދު ތަކަކީ ޣައްޒާ އާއެކު ފަލަސްޠީނުގެ މުސްތަޤުބަލުގެ ދައުލަތަށް ބޭނުންވާ ބިންތަކެވެ. މިހާރު މި ސަރަހައްދުގައި 3.3 މިލިއަން ފަލަސްޠީނު ރައްޔިތުން ދިރިއުޅެމުން ގެންދެ އެވެ.

ބައިނަލްއަޤުވާމީ ޤާނޫނުގެ ދަށުން މި އާބާދީ ތަކަކީ ޣައިރު ޤާނޫނީ އާބާދީ ތަކެކެވެ. މިއީ ބައިނަލްއަޤުވާމީ ކޯޓުން ވެސް ފާއިތުވި އަހަރު ނެރުނު ލަފާދޭ ރައުޔެއްގައި ފާހަގަ ކޮށްފައިވާ ކަމެކެވެ.

ބައިނަލްއަޤުވާމީ ގިނަ ފަރާތްތަކަކުން އަންނަނީ އެ ނިންމުން ކުށްވެރިކޮށް، ވީ އެންމެ އަވަހަކަށް އެ ނިންމުން އަނބުރާ ގެންދިޔުމަަށް ގޮވާލަމުންނެވެ. އދ ގެ ސެކްރެޓަރީ ޖެނަރަލް އެންޓޯނިއޯ ގުޓަރެސް އާއި، ޖޯޑަންގެ ރަސްގެފާނު ޢަބްދުﷲ ދދެ ވަނަ އަދި ޖަރުމަނުގެ ސަރުކާރުން ވެސް ވަނީ އެ ނިންމުމާ މެދު ކަންބޮޑުވުން ފާޅު ކޮށްފަ އެވެ.

މަސްދަރު: ބީބީސީ
- ކޮމެންޓް