Advertisement
ކ. މާލެ
|
23 އޮކްޓޯބަރ 2025 | ބުރާސްފަތި 13:26
ޔޭޔޭ ސްކޭން އެންޑް ވިން ޕްރޮމޯޝަންގެ ނަސީބުވެރިންނާއި އިނާމް ހަވާލްކުރުން: ތިން ފަރާތަކަށް އީ ޓްރަކް އިނާމު ލިބުނު
ޔޭޔޭ ސްކޭން އެންޑް ވިން ޕްރޮމޯޝަންގެ ނަސީބުވެރިންނާއި އިނާމް ހަވާލްކުރުން: ތިން ފަރާތަކަށް އީ ޓްރަކް އިނާމު ލިބުނު
ރާއްޖެއެމްވީ
ބީއެޗްއެމް ޓްރޭޑާާސް
ޔޭޔޭ ސްކޭން އެންޑް ވިން ޕްރޮމޯޝަންގެ ނަސީބުވެރިންނާއި އިނާމް ހަވާލްކޮށްފި
ޔޭޔޭ ސްކޭން އެންޑް އެންޑް ވިން ޕްރޮމޯޝަނުގެ ނަސީބުވެރި ފަރާތްތަކަށް ދިނީ އީ ޓްރަކް

ދިވެހިންގެ މެދުގައި މަގުބޫލު ޔޭޔޭ ކޮފީގެ ބޮޑު ޕްރޮމޯޝަނެއް ކަމަށްވާ ޔޭޔޭ ސްކޭން އެންޑް ވިން ޕްރޮމޯޝަންގެ ނަސީބުވެރިންނާއި އިނާމް ހަވާލުކޮށްފި އެވެ.

ބީއެޗްއެމް ޓްރޭޑާސް އިން ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަންގެ ނަސީބުވެރިންނާ އިނާމް ހަވާލުކޮށްފައި ވަނީ ހުޅުމާލޭ ފޭސް އެކެއް ގައި ހުންނަ ޓްރީހައުސް ރެސްޓޯރަންޓުގައި އެކަމަށް ޓަކައި ބުދަ ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެވެ.

އެކަމަށްޓަކައި ކުރިއަށްދިޔަ މި ރަސްމިއްޔާތު ގައި މި ޕްރޮމޯޝަންގެ ދަށުން ނަސީބުވެރި ތިން ފަރާތަކަށް އިނާމު ދީފައިވާއިރު، މި ތިން ފަރާތައް ވެސް އިނާމެއްގެ ގޮތުގައި ދީފައި ވަނީ "އީ ޓްރަކް" އެކެވެ.

އެ ފަރާތްތަކާއި އިނާމް ހަވާލުކޮށްދެއްވީ އެކްސްޕޯޓް މެނޭޖަރ މިސް ބެރިލްއެވެ. ޕްރޮމޯޝަނުން އިނާމް ލިބުނު ތިން މީހުންނަކީ އަބަދުލް ހަޔަޑް، މަރިޔަމް ލިލީޝާ އަދި އައިޝަތު ރަސްފާ އެވެ. މީގެ ތެރެއިން އައިޝަތު ރަޝްފާގެ ބަދަލުގައި އިނާމާއި ހަވާލުވީ މުހައްމަދު ޝަކީލް އެވެ.

ޔޭޔޭގެ ފަރާތުން ކޮންމެ އަހަރަކު ވެސް ކުރިޔަށް ގެންދާ މި ޕްރޮމޯޝަނަކީ ދިވެހިންގެ ތެރޭގައި ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވާ އަގުބޮޑު އިނާމް ތަކެއް ލިބޭ ޕްރޮމޯޝަނެކެވެ.

ފުޅާ ދާއިރާ އެއް ގައި ރާއްޖޭގައި ހޯލްސޭލް އަދި ރީޓެއިލް ޚިދުމަތްދެމުން އަންނަ ބީއެޗްއެމް އަކީ ދިވެހިންގެ މެދުގައި އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ.

އަދި އަންނަ އަހަރު ވެސް އަގުހުރި އިނާމަތަކަކާއި އެކު ޔޭޔޭ ޕްރޮމޯޝަން ކުރިޔަށް ދާނޭ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

- ކޮމެންޓް