ކ. މާލެ
|
3 ޖުލައި 2023 | ހޯމަ 07:53
މައްސަލަ ދިމާވި ކޯސްޓު ކިރުދަޅު
މައްސަލަ ދިމާވި ކޯސްޓު ކިރުދަޅު
ގަޑުބަޑުކޮށްފައި ހުރި ކޯސްޓް ކިރުދަޅު
މައްސަލަ ދިމާވި ކޯސްޓު ކިރުދަޅު ހުރީ ގަޑުބަޑުކޮށްފައި، ގަތީ ނުއަގުގައި
އެފަދަ މީހުންގެ އަމަލުތަކުގެ ސަބަބުން ކޯސްޓް ކިރު އުފައްދާ ފްރީޒްލޭންޑް ފަދަ އިތުބާރު ހިފޭ ކުންފުނިތަކުގެ އިތުބާރު ގެއްލިގެން ދާ ކަމަށް ބީއެޗްއެމް އިން ބުނޭ
މައްސަލަ ދިމާވިކަމަށް ބުނާ ދަޅު ހިމެނޭ ޝިޕްމަންޓް އެ ފިހާރައަށް ގަނެފައި ވަނީ ނުއަގުގައި ކާކުކަން ނޭނގޭ މީހެއްގެ އަތުން

ކޯސްޓު ހިކި ކިރުދަޅެއްގައި ގޮދަން ފުށް ހުރި ކަަމަށް ބުނާ މައްސަލައެއް ފެންމަތިވުމާއި ގުޅިގެން އެ މައްސަލަ ތަހުގީގުކޮށް ބެލިއިރު، މައްސަލަ ދިމާވި ކޯސްޓް ކިރު ދަޅު ހުރީ ގަޑުބަޑުކޮށްފައިކަން އެނގިފައިވާ ކަމަށް ކޯސްޓް ކިރު އެތެެރެކޮށް ވިއްކާ ބީއެޗްއެމް ޓްރޭޑާސް އިން ބުނެފިއެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މީހަކު ގަތް ކޯސްޓު ކިރުދަޅެއްގައި މައްސަލައެއް ހުރި ކަމަށް ބުނުމާ ގުޅިގެން އެ މައްސަލަ ބަލާ، ކިރުދަޅުގެ ސާމްޕަލް ތަހުލީލުކޮށްފައިވާ ކަމަށެވެ. އަދި އެ ކިރުދަޅު ގަތް ތަން ވެސް ބަލާފައިވާ ކަމަށެވެ. މައްސަލަ ދިމާވިކަމަށް ބުނާ ދަޅު ހިމެނޭ ޝިޕްމަންޓް އެ ފިހާރައަށް ގަނެފައި ވަނީ ނުއަގުގައި ކާކުކަން ނޭނގޭ މީހެއްގެ އަތުންކަން ދެނެގަނެވިފައިވާ ކަމަށް ބީއެޗްއެމް ޓްރޭޑާސްގެ ބަޔާނުގައިވެއެވެ.

Advertisement

އެ މައްސަލަ ދިމާވި ކިރުދަޅުގައި ހުރީ ޕެކިން ނައްޓައިގެން އޭގައި ހުރި ހިކިކިރު ގަޑުބަޑުކޮށްފައި ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެ ކިރުދަޅު ގަނެފައި ވަނީ އާދަޔާ ހިލާފަށް އަގުހެޔޮކޮށް ކަމަށާއި އެ ދަޅު ފިހާރައަށް ގަނެފައިވަނީ ވިޔަފާރިއާ ބެހޭ ގާނޫނާ ހިލާފަށް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

އެފަދަ މީހުންގެ އަމަލުތަކުގެ ސަބަބުން ކޯސްޓުކިރު އުފައްދާ ފްރީޒްލޭންޑްފަދަ އިތުބާރު ހިފޭ ކުންފުނިތަކުގެ އިތުބާރު ގެއްލިގެންދާ ކަމަށް ފާހަގަކޮށް ބީއެޗްއެމް ޓްރޭޑާސްއިން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ބީއެޗްއެމުން ވަނީ އެފަދަ އަމަލުތައް ތަހުގީގުކޮށް ފިޔަވަޅު އަޅައިދިނުމަށް އެދި ފުލުހުންގެ އިތުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަށް ގޮވާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް