Advertisement
ކ. މާލެ
|
13 އޮކްޓޯބަރ 2025 | ހޯމަ 17:18
ކުރީގެ ބަންޑާރަ ނައިބް އިބްރާހިމް ރިފްއަތު
ކުރީގެ ބަންޑާރަ ނައިބް އިބްރާހިމް ރިފްއަތު
ރައީސް އޮފީސް
އޭސީސީ
ކުރީގެ އެޓަރނީ ޖެނެރަލް ރިފްއަތު އޭސީސީއަށް ހާޒިރުކުރަނީ
ރިފްއަތު ވިދާޅުވީ، އޭސީސީއަށް ހާޒިރުވާން ޖެހެނީ ކޮންއިރަކު ކަމެއް، އަދި ކޮން ކަމަކާއި ގުޅިގެން ކަމަށް އަދި ސާފެއް ނުވާ ކަމަށް
ކުރީގެ މިނިސްޓަރ އަމީރު، އަދި ކުރީގެ މިނިސްޓަރ ފައްޔާޒު ވަނީ އޭސީސީ އަށް ހަޒީރުކޮށްފައި

ކުރީގެ އެޓަރނީ ޖެނެރަލް އިބްރާހިމް ރިފްއަތު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވާން އަންގައިފި އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ކުރީގެ އޭޖީ ރިފްއަތު ވިދާޅުވީ، އޭސީސީއަށް ހާޒިރުވާން ޖެހެނީ ކޮންއިރަކު ކަމެއް، އަދި ކޮން ކަމަކާއި ގުޅިގެން ކަމަށް އަދި ސާފެއް ނުވެއެވެ.

ބަލަމުންދާ މައްސަލަތަކާއި ގުޅިގެން ހޯމަ ދުވަހު ވަނީ އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލް، އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީ އަށް ހާޒިރުކޮށްފަ އެވެ. އަދި އާދިއްތަ ދުވަހު މެންދުރު ފަހު ވަނީ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެ ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.

ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފައި ވަނީ ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކަށީގެން ނުވާ ބަދަލެއް އެ ކުންފުންޏަށް ދީފައިވާ ކަމަށް ބުނެ އެވެ. އެގޮތުން 2019 ވަނަ އަހަރު އޮލްޓަނޭޓް ޑިސްޕިއުޓް ރިސޮލިއުޝަން ކޮމެޓީ އިން ނިންމި ނިންމުމުގައި ފައްޔާޒް ބައިވެރިވެފައި ވަނީ އެ ކޮމެޓީގެ މެމްބަރެއްގެ ހައިސިއްޔަތުން ކަމަށާއި، ފައްޔާޒް އަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކޮށްގެން، އެ ކުންފުންޏަށް ލިބެން ނުޖެހޭ މަންފާއެއް ހޯދައިދިނުމުގެ މަގުސަދުގައި ކަމަށް ވަނީ ތުހުމަތު ކޮށްފަ އެވެ. އަދި ދައުލަތެއް ފައިދާ ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކޮށްފައިވާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.

ފައްޔާޒް ވިދާޅުވެފައި ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ އެއްވެސް އަސާސެއް ނެތް ތުހުމަތެއް ކަމަށާއި، އެއީ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އަންގަވަައިގެން ބަލާ މައްސަލަ އެއް ކަމަށެވެ.

އަމީރު ވިދާޅުވީ 2019 ން 2023 ށް މާލީ ވަޒީރުކަމުގައި މަސައްކަތްކޮށްފައި ވާނީ އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކު ކަމަށެވެ. އަދި ރަސްމީ ހައިސިއްޔަތުގެ ބޭނުންކޮށް ދައުލަތަށް ގެއްލުންވާނެ އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށާއި، ވަޒީރުކަމުގައި ކޮންމެކަމެއްވެސް ނިންމާފައި، ލަފާދީފައި ވާނީ ދައުލަތަށް ލިބިދާނެ ބޮޑު ގެއްލުމަކުން ސަލާމަތްކޮށް، ފައިދާވާނެ ގޮތަށް ކަމަށާއި، އެ ޔަގީންކަން ނަފްސާއި މެދު އެބައޮތް ކަމަށެވެ.

މީގެ އިތުރުން ކުރީގެ އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވެސް ވަނީ ބުދަ ދުވަހު އޭސީސީ އަށް ހާޒިރުވުމަށް ވަނީ ޗިޓް ފޮނުވާފައެވެ.

އޭސީސީ ކުރީގެ މިނިސްޓަރުން ހާޒިރު ކުރަމުންދާއިރު ސިޔާސީ ތަހުގީގުތައް ހިންގާ ކަމަށް ބުނެ އެމްޑީޕީގެ އެކްޓިވިސްޓުން ވަނީ އޭސީސީގެ ބޭރުގައި އިހުތިޖާޖު ކޮށްފައެވެ. އެ ގޮތުން އިހުތިޖާޖު ކުރި ފަރާތްތަކުން ވަނީ މިސަރުކާރުގެ ކަރަޕްޝަން އަމަލުތައް އޭސީސީ އިން ބެލުމަށް ފަސްޖެހިފައިވާ ކަމަށް ބުނެ ނުރުހުން ފާޅު ކޮށްފައެވެ.

- ކޮމެންޓް