Advertisement
ކ. މާލެ
|
11 އޮކްޓޯބަރ 2025 | ހޮނިހިރު 19:12
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ރާއްޖެޓީވީގެ ޓީވީ ޓޯކް ޕްރޮގްރާމްގައި ވާހަކަދައްކަވަނީ
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ރާއްޖެޓީވީގެ ޓީވީ ޓޯކް ޕްރޮގްރާމްގައި ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ނޮވެމްބަރު 17 އެއްވުން
އާއްމުން ބޭނުމީ ނޮވެމްބަރު 17އިގެ ކުރިން ނުކުންނަން، އަނިޔާވެރިވާތަން ބަލާކަށް ބޭނުމެއް ނޫން: ޒިޔާދު
އެމްޑީޕީން ނޮވެމްބަރު 17 ގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް ގަރާރެއް ފާސްކޮށްފައިވޭ
އޮކްޓޯބަރު 3 ގެ އެއްވުމަށް މީހުން ނުދިއުމަށް ސަރުކާރުން ބޯނަސް ޖަމާކުރުން ފަދަ އެކި މަސައްކަތްތައް ކުރި

އާއްމުން ބޭނުމީ ނޮވެމްބަރު 17އިގެ ކުރިން ވެސް ނުކުމެ ސަރުކާރާއި ދެކޮޅަށް އަޑު އުފުލަން ކަމަށާއި، ސަރުކާރުން އަނިޔާވެރިވާތަން ބަލާކަށް އާއްމުން ބޭނުން ނުވާ ކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ޒިޔާދު އެފަދައިން ވިދާޅުވީ، ރާއްޖެޓީވީގެ ޓީވީ ޓޯކް ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ޚުދުމުހުތާރު ސަރުކާރު ޖަވާބުދާރީ ކުރުމަށް އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ބޮޑު މުޒާހަރާއެއް ބޭއްވުމަށް އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވަނީ މި މަހުގެ 5 ވަނަ ދުވަހު ގަރާރެއް ފާސް ކޮށްފައެވެ. އާއްމުން އެދެނީ ނޮވެމްބަރު 17 އާއި ހަމައަށް ވެސް މަޑު ނުކުރުމަށް ކަމަށް ޒިޔާދު ވަނީ ވިދާޅުވެފައެވެ.

މިހާ އަވަހަށް ސަރުކާރަކާއި މެދު ހިތްހަމަ ނުޖެހެން ޖެހުނު ސަރުކާރެއް ނާންނަ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ރައްޔިތުންގެ އަތުން ވައްކަންކުރުން ވެސް އިންތިހާ އަށް ގޮސްފައިވާ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ހަމައެހެންމެ، އޮކްޓޯބަރ 3ގެ އެއްވުމަށް ހުރަސް އަޅަން ވަރަށް ބޮޑަށް ސަރުކާރުން މަސައްކަތް ކުރި ކަމަށާއި އެއްވުމަށް މީހުން ދިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ސަރުކާރުން ކޮށްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި އެތައް ދުވަހެއް ވަންދެން ޖަމާނުކޮށް ހުރި އެމްއޭސީއެލްގެ ބޯނަސް ވެސް ޖަމާކޮށްފައި ވަނީ އެއްވުމަށް މީހުން އިތުރުވިޔަ ނުދިނުމަށް ކަމަށް ޒިޔާދު ވިދާޅުވިއެވެ. ނޮވެމްބަރ 17 ގައި ބާއްވާ އެއްވުމަށް ވެސް މީހުން މަދުކުރުމަށް ސަރުކާރުން ބޭނުން ކުރަނީ ހަމަ މިކަހަލަ އުކުޅުތައް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެޗްޑީސީ އެ އޮތީ ގަދަކޮށް ނުކުންނަން. ބޯނަސް އަދި ޖަމަ އެއް ނުކުރޭ. ނޮވެމްބަރު 17އިގެ ކުރިން ނުކޮށްފިއްޔާ ނުކުންނާނެ. މި އެއްވުމުގައި ކުރިއަށް ވުރެ މީހުން ވާނީ އިތުރު." އޭނާ ވިދާޅުވިއެެވެ.

މީގެ އިތުރުން މުޒާހަރާ އިން ހައްޔަރު ކުރި ފަރާތްތަކަށް ހައްގުން ކަމަކާއި ނުލާ އަނިޔާދެމުންދާ ކަމަށާއި އެ މީހުންގެ އާއިލާތައް ވެސް ކުރިއަށް އޮތް އެއްވުންތަކަށް ނުކުންނާނެ ކަމަށް ޒިޔާދު ވިދާޅުވިއެވެ. މިހާރު ފެންނަނީ ހައްތަހާ ވެސް ސަރުކާރާއި މެދު ނުރުހޭ ގޮތަށް ކަންކަން ވަމުންދާ މަންޒަރު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އޮކްޓޯބަރ 3 ވީ، ހުކުރު ދުވަހުގެ ރޭގެ މުޒާހަރާގައި ޤާނޫނާ ހިލާފަށް އަދި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކޮށްގެން މީހުން ހައްޔަރު ކުރުމަށްފަހު އެއްވެސް ކުށެއްގެ ހެއްކެއް ނެތި ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފައިވަނީ ޤާނޫނާ ހިލާފަށް ކަމަށް އެމްޑީޕީން ބުނެއެވެ. އަދި ހާލަތާއި ނުބައްދަލު މިންވަރަށް އެ ރޭ ބާރުގެ ބޭނުން ކުރި ކަމަށް އެމްޑީޕީ ގެ އިތުރުން ބައިނަލް އަގްވާމީ 27 ޖަމްއިއްޔާ އަކުން ފާހަގަކުރެއެވެ.

- ކޮމެންޓް