Advertisement
ކ. މާލެ
|
8 އޮކްޓޯބަރ 2025 | ބުދަ 19:38
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެންބަރު މީކާއީލް ވާހަކަ ދައްކަވަނީ
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެންބަރު މީކާއީލް ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕް
އިންތިޚާބުތައް އެއްކޮށްލުމަކީ 2028 ގެ އިންތިޚާބު ވަގަށް ނެގުމަށް ރައީސް މުއިއްޒު ކުރާކަމެއް: މީކާއީލް
ދެ އިންތިޚާބު އެއްކޮށްލުމުގެ ބިލު މަޖިލީހުގެ މި ދައުރުގައި ހުށަހަޅުއްވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި
އިންތިޚާބުތައް އެއްކޮށްލުމަކީ ޤާނޫނުއަސާސީގައި ކަނޑައެޅިފައިވާ ޖަވާބުދާރީކުރުވުމުގެ މަފްހޫމާ ޚިލާފު ކަމެއް

މަޖިލީސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށްލުމުގެ ވާހަކަ ރައީސް މުޙައްމަދު މުޢިއްޒު ދައްކަވަމުން ގެންދަވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ވަގަށް ނެގުމަށް މަގުފަހިކުރެއްވުމުގެ ބޭނުމުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެންބަރު މީކާއީލް ވިދާޅުވީ، އިންތިޚާބުތައް އެއްކޮށްލުމުގެ ވިސްނުމަކީ ހީލަތްތެރި ވިސްނުމެއް ކަމަށާއި، އެއީ ޤާނޫނުއަސާސީ ގައި ކަނޑައެޅިފައިވާ ޖަވާބުދާރީ ކުރުވުމުގެ މަފްހޫމާވެސް ޚިލާފު ކަމެއް ކަމަށެވެ.

މީކާއީލް ވިދާޅުވީ، އަދި ދުނިޔޭގެ ޤައުމުތަކުގައި ކޮންގްރެސް އިންތިޚާބަކީ ދައުރުގެ މެދުން ބާއްވާ އިންތިޚާބެއް ކަމަށާއި މަޖިލީސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށްލުމުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންނަށް ލިބޭ ފުރުސަތު ނިގުޅައި ގަނެވުނީ ކަމަށެވެ. އަދި އެމްޑީޕީން މި ކަމަށް ތާއީދު ނުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ރިޔާސީ އިންތިހާބު އެއްކޮށްލުމުގެ ވާހަކަ ރައީސް މުއިއްޒު ދައްކަވަނީ 2028 ގެ އިންތިހާބު ވަގަށް ނެގުމަށް މަގުފަހި ކުރުމުގެ ބޭނުމުގަ. ގާނުނޫއަސާސީގަ ވަރަށް ސާފުކޮށް ކަނޑައަޅާފައޮތް އިންތިޒާމެއް ނިޒާމެއް އެއީ ރައްޔިތުންގެ މަޖިލީހަކީ ސަރުކާރު ޖަވާބުދާރީކުރުވާ މުއައްސަސާ. އެހެންވީމަ އެދެކަންތައް އެއްކޮށްލައިގެން ވޯޓަކަށް ދިޔުމަކީ ފުރަތަމަ ކަމަކަށް މި ޖަވާބުދާރީ ކުރުވުމުގެ މަފްހޫމާވެސް ހިލާފުކަމެއް. އެހެން ގައުމުތަކުގައިވެސް ކަން ހިނގާގޮތް ބައްލަވާ، މިޑްޓާރމް އިލެކްޝަން އަންނާނީ އެގައުމުތަކުގެ ކޮންގްރެސްގެ އިންތިހާބާ. އެހެންވީމާ އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގޭކަމެއް މި ދެއިންތިހާބު އެއްކޮށްލައިގެން، ރިޔާސީ އިންތިހާބެއް އަދި މަޖިލިސް އިންތިހާބެއް ބާއްވާކަމަށް ވަނީނަމަ ރައީސް މުއިއްޒު އެ އިންތިހާބެއް ވަގަށްނަންގަވާނެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، އިންތިޚާބުތައް އެއްކޮށްލާ ބިލު މެދުވެރިކޮށް ރިޔާސީ ދައުރު 7 އަހަރަށް އިތުރުކުރުމުގެ ހީލަތްތެރި ވިސްނުމެއް ރައީސް މުޢިއްޒު ގެންގުޅުއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. މިހާތަނަށް ރައީސް މުޢިއްޒު ކުރައްވާފައިވާ ކަންތައްތަކާއި، ވެވަޑައިގެންފައިވާ ވަޢުދުތަކަށް ބަލާއިރު، އެނޫން ގޮތަކަށް ވިސްނުމަކީ އުނދަގޫ ކަމެއް ކަމަށްވެސް މައުރޫފް ފާހަގަކުރެއްވިއެވެ.

ދެ އިންތިޚާބު އެއްކޮށްލުމުގެ ބިލު މުއިއްޒުގެ ފުރިހަމަ ކޮންޓްރޯލު އޮންނަ މަޖިލީހުގެ މި ދައުރުގައި ހުށަހަޅުއްވާނެ ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް