Advertisement
ކ. މާލެ
|
8 އޮކްޓޯބަރ 2025 | ބުދަ 18:35
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހަދާފައިވާ ހައުސިންގ ޓަވަރެއް
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހަދާފައިވާ ހައުސިންގ ޓަވަރެއް
ރާއްޖެއެމްވީ
ގެދޮރުވެރިޔާ ސްކީމް
ފްލެޓް ލިބުނު ފަރާތްތަކާއެކު ކުރީ ސަރުކާރުން ހަދާފައިވާ އެއްބަސްވުންތައް އޮއްވައި، ޝަރުތު ހަމަނުވާ ކަމަށް މި ސަރުކާރުން ނިންމަނީ ކަނޑައެޅިގެން ގާނޫނާ ޚިލާފަށް: ފަހި ޔޫނިއަން
ޝަރުތު ހަމަވެގެން ފުލެޓް އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފަރާތްތަކުގެ އެއްބަސްވުން ބާޠިލު ކުރުމެއްނެތި ޝަރުތު ހަމަނުވާކަމަށް ދަނީ ނިންމަމުން
ފުލެޓް ޙައްޤުވެރިންގެ ޙައްޤު ހޯދުމަށް ކޯޓަށް ދިއުން ނޫން ގޮތެއް ނެތުމުން ހައުސިންގ މިނިސްޓްރީ އަށް ދަނީ ނޯޓިސް ދެމުން
ފްލެޓްތަކުގެ ޙައްޤުވެރިންގެ ކިބައިން ނިގުޅައިގެންފައިވާ ޙައްޤު ހޯދުމަށް ކޯޓުގައި ދަޢުވާކުރުން ނޫން ގޮތެއް ނެތް

އެމްޑީޕީ ސަރުކާރުން ފުލެޓް ދިން ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކުގެ ޝަރުޠު ހަމަނުވާ ކަމަށް ރައީސް މުއިއްޒުގެ ސަރުކާރުން ނިންމާފައި ވަނީ ޝަރުޢީ އަދި އެންމެހާ ދުސްތޫރީ ހަމަތަކާއި ޤާނޫނީ އުޞޫލުތަކާ ކަނޑައެޅިގެން ޚިލާފަށް ކަމަށް ފަހި ޔޫނިއަން އިން ބުނެފިއެވެ.

އެ ޔޫނިއަން އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގެދޮރުވެރިޔާ ސްކީމަށް ޝަރުތު ހަމަވާ ކަމަށް ކުރީ ސަރުކާރުގެ ކަމާބެހޭ ވުޒާރާ އިން ނުހަނު ފުންކޮށް ބަލައި، ޝަރުތު ހަމަވާ ފަރާތްތައް ކަނޑައެޅުމުން، އެ ފަރާތްތަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް އެ އެއްބަސްވުން ބާތިލު ކުރުމެއް ނެތި، އަދި އެއްބަސްވުގެ ބައިވެރީންގެ ރުހުމެއް ނެތި މުއިއްޒުގެ ސަރުކާރުން އަންނަނީ އެ ފަރާތްތައް ޝަރުތު ހަމަ ނުވާ ކަމަށް ކަނޑައަޅަމުން ކަމަށެވެ.

ސަރުކާރު ބަދަލުވުމާ ގުޅިގެން ދައުލަތުގެ އިދާރީ ހިންގުމަށް އައި ބަދަލާއެކު ގެދޮރުވެރިޔާ ސްކީމަށް ގިނަ ބަޔަކު ޝަރުޠު ހަމަ ނުވާ ކަމަށް މި ސަރުކާރުގެ ހައުސިންގ މިނިސްޓްރީން ނިންމައި، ހިނގަމުން މިދާ ސަރުކާރުގައި އެ ސްކީމުގެ ޝަރުޠުތައް ބަދަލުކޮށް ގިނަ ޢަދަދެއްގެ ދިވެހި ރައްޔިތުންގެ ޙައްޤު ގެއްލުވާލާފައިވާ ކަމަށް ދެކޭ ކަމަށް ވެސް އެ ޔޫނިއަން އިން ބުނެފައިވެއެވެ.

ފްލެޓް ލިބުނު ގިނަ ޢަދަދެއްގެ ބަޔަކަށް ޝަރުތު ހަމަ ނުވާ ކަމަށް ލިޔުމުން އަންގަމުން ގެންދަނީ ޤާނޫނޫ ހުއްދަ ނުކުރާ ފަދައަކުން ކަމަށް ވުމާއެކު، ފްލެޓްތަކުގެ ޙައްޤުވެރިންގެ ކިބައިން ނިގުޅައިގެންފައިވާ ޙައްޤު ހޯދުމަށް ކޯޓުގައި ދަޢުވާ ކުރުން ނޫން ގޮތެއް ނެތުމުން، ހައުސިންގ މިނިސްޓްރީ އަށާއި، އެވުޒާރާގެ ވަޒީރަށް ޙައްޤު ގެއްލިފައިވާ ފަރާތްތަކުން ނޯޓިސްދީ އެކަން އަންގަމުން ދާކަން ފާހަގަ ކުރާ ކަމަށް ވެސް އެ ޔޫނިއަން އިން ނެރުނު ބަޔާނެއްގައި ވެއެވެ.

ހައުސިންގ މިނިސްޓްރީ އިން ފްލެޓް ޙައްޤުވާ ފަރާތްތައް އެ ޙައްޤުން މަޙްރޫމް ކޮށްފައި ވަނީ ކަނޑައެޅިގެން ޤާނޫނާ ޚިލާފަށް ކަމާއި، މިކަމުގައި ޒިންމާ އުފުލަންޖެހޭ ފަރާތްތައް ޤާނޫނުގެ ކުރިމަތީގައި ޖަވާބު ދާރީ ކުރުމަށް ކުރަން ޖެހޭ އެންމެހައި މަސައްކަތެއް ފަސްޖެހުމެއް ނެތި އެ ޔޫނިއަން އިން ކުރާނެ ވާހަކަ ވެސް ވަނީ ބަޔާނުގައި ފާހަގަ ކޮށްފައެވެ.

- ކޮމެންޓް