Advertisement
ކ. މާލެ
|
7 އޮކްޓޯބަރ 2025 | އަންގާރަ 11:48
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
ރޮއިޓަރސް
ޣައްޒާ ހަނގުރާމަ
މުހިންމު ކަންތައްތަކަށް ހަމާސް އިން އެއްބަސްވަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ ޣައްޒާގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ "ވަރަށް ބޮޑު" އުންމީދެއް އޮތް ކަމަށް. އަދި ހަމާސްއިން "ވަރަށް މުހިންމު" ކަންތައްތަކަށް އެއްބަސްވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރަމުން އަންނަ މަސައްކަތުގައި، ހަމާސް ޖަމާއަތުން މުހިންމު ކަންތައްތަކަށް އެއްބަސްވަމުން އަންނަ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ، ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެއްބަސްްވުމަކަށް އާދެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑުވެފައިވާ ކަމަށެވެ. އަދި ފަލަސްޠީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުން ވަރަށް މުހިންމު ކަންތައްތަކަށް އެއްބަސްވަމުންދާ ކަމުގައި ޓަރަމްޕް ވިދާޅުވެފައިވެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ ޣައްޒާގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ "ވަރަށް ބޮޑު" އުންމީދެއް އޮތް ކަމަށް. އަދި ހަމާސްއިން "ވަރަށް މުހިންމު" ކަންތައްތަކަށް އެއްބަސްވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ޓްރަމްޕް ހުށަހަޅާފައިވާ ޕްލޭންގައި ހަމާސް އިން ހަތިޔާރު ބަހައްޓަން ޖެހޭ ކަމަށް ހިމަނާފައިވާއިރު، ހަމާސް އިން އެކަމަށް އެއްބަސްވެފައިވޭތޯ ނޫސްވެރިން ވަނީ ސުވާލު ކޮށްފަ އެވެ. އެ ސުވާލުގެ ޖަވާބުގައި ޓްރަމްޕް ވިދާޅުވެފައި ވަނީ، އޭނާ ކަނޑައަޅާފައިވާ ރަތް ރޮނގު ތަކެއް ހުންނާނެ ކަމަށާއި، ވަކި ކަންތައްތަކެއް ޙާސިލު ނުކުރެވޭ ނަމަ މަސައްކަތް ކާމިިޔާބު ނުވާނެ ކަމަށެވެ.

އެހެން ނަމަވެސް، އޭނާ ދެކިލައްވާ ގޮތުގައި މިހާތަނަށް ކަންތައްތައް ކުރިއަށް ދަނީ ވަރަށް ރަނގަޅަށް ކަމުގައި ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. ޓްރަމްޕް މި ވާހަކަތައް ދައްކަވާފައި ވަނީ، ޓްރަމްޕްގެ ހުށަހެޅުމާ ގުޅޭ ގޮތުން ހަމާސް އާއި އިސްރާއީލްއާ ދެމެދު ނުސީދާ މަޝްވަރާތައް ކުރިއަށް ގެންދަމުން އަންނަ ދަނޑިވަޅެއްގަ އެވެ. އެ މަޝްވަރާތައް ކުރިއަށް ގެންދަމުން އަންނަނީ މިޞްރުގަ އެވެ.

އިތުރަށް ޓްރަމްޕް ވިދާޅުވެފައި ވަނީ މިހާރު ކުރަމުން އަންނަ މަސައްކަތުން އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ ފުރިހަމަ އުންމީދު އޮތް ކަމަށެވެ. އެހެން ނަމަވެސް، އެތައް އަހަރެއް ވަންދެން އެއްބަސްވުމަކަށް އާދެވޭތޯ މަަސައްކަތް ކުރަމުން އައި މައްސަލައެއްގައި ސީދާ ވަކި އެއްޗެއް ބުނަން އުނދަގޫ ވާނެ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

ބައެއް މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ޓްރަމްޕްގެ ޕްލޭން އަށް އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އެއްބަސްވެފައިވީ ނަމަވެސް، މަޝްވަރާތަކާ މެދު ނަތަންޔާހޫ ހުރީ ހިތްހަމަ ނުޖެހިފަ އެވެ. އެކަމަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވީ، އެއީ މުޅި ޞައްޙަ ވާހަކަ ތަކެއް ނޫން ކަމަށެވެ. އެކަން ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، އެއްބަސްވުމާ މެދު ނަތަންޔާހޫ ވާހަކަ ދައްކަވާފައި ވަނީ ވަރަށް ރަނގަޅަށް އަދި އުންމީދީ ގޮތެއްގައި ކަމަށެވެ.

ޓްރަމްޕް މިހެން ވިދާޅުވެފައިވާއިރު، ދެ އަހަރު ދުވަސްވީ ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އޭނާ ވަނީ 20 ނުކުތާގެ މައްޗަށް އެކުލެވިގެންވާ ޕްލޭނެއެއް ހުށަހަޅައިފަ އެވެ. އެ ޕްލޭން އަށް އިސްރާއީލް އާއި ހަމާސް އިން އެއްބަސްވެފައިވާއިރު، ޢަރަބި އަދި އިސްލާމީ ޤައުމު ތަކުން ވެސް ވަނީ އެ ހުށަހެޅުމަށް މަރުޙަބާ ކިޔައިފަ އެވެ.

މަސްދަރު: އޭއެފްޕީ
- ކޮމެންޓް