Advertisement
ކ. މާލެ
|
5 އޮކްޓޯބަރ 2025 | އާދީއްތަ 19:42
ޝުއައިބް އަލީ
ޝުއައިބް އަލީ
ސޯޝަލް މީޑިއާ
ޝުއައިބް އަލީ
ޝުއައިބު މީހުން މަރަން ގޮވި ޕޯސްޓު ޑިލީޓު ކޮށްފި، ފުލުހުން މައްސަލައެއް ނުބަލާ!
މައުލޫމާތު ލިބޭ ގޮތުގައި ޝުއައިބް އަކީ ރައީސް މުޢިއްޒު ދަރިކަލުންގެ ގުރުއާން ޓީޗަރު
ޝުއައިބު އަލީ ނަމަކަށް ކިޔާ މީހަކު ފޭސްބުކް މެދުވެރިކޮށް އެމްޑީޕީ މުޒާހަރާގެ ބައިވެރިންނަށް މަރުގެ އިންޒާރު ދިން
އިދިކޮޅު ފަރާތްތަކަށް ލާއިންސާނީ އަދަބު ދިނުމަށް ގޮވާލާ މިންވަރު އިތުރުވެފައިވާއިރު ފުލުހުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވޭ

މިދިޔަ ހުކުރު ދުވަހު އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބޭއްވި މުޒާހަރާގެ ބައިވެރިންނަށް އަނިޔާކޮށް، އެމީހުން މަރާލުމަށް ގޮވާލި ސޯޝަލް މީޑިއާގައި ކުރި ޕޮސްޓު ޑިލީޓު ކޮށްލައިފި އެވެ.

މުޒާހަރާގައި ބައިވެރިވި މީހުންގެ ގައިގައި ތަޅައި އަނިޔާ ކުރުމަށާއި އެމީހުންގެ ގަޔަށް ބަޑި ޖަހަން ގޮވާލި ޝުއައިބް ހައްޔަރު ކޮށްފައެއްވެސް ނުވެ އެވެ.

މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށް މަރުގެ އިންޒާރު ދީފައިވަނީ ފޭސްބުކުގައި ޝުއައިބު އަލީ ނަމަކަށް ކިޔާ އެކައުންޓެއް މެދުވެރިކޮށެވެ. އޭނާގެ ސޯޝަލް މީޑިއާ ޕޯސްޓުތަކުން ހާމަވާ ގޮތުގައި އޭނާ އަކީ ރައީސް މުޢިއްޒަށް ތާއީދު ކުރާ މީހެއްކަން އެނގެއެވެ. މައުލޫމާތު ލިބޭ ގޮތުގައި ޝުއައިބް އަކީ ރައީސް މުޢިއްޒު ދަރިކަލުންގެ ގުރުއާން ޓީޗަރެވެ.

މުޒާހަރާގެ ބައިވެރިން، ހުއްދަ ދިން ގޮތާ ހިލާފު ވާނަމަ، ތަޅައި ތިރިކޮށްލަންވީ. ބަޑިވެސް ޖަހަންވީ

ޝުއައިބް އަލިީ ފޭސްބުކް ގައި ލިޔެފައިވާ ލިޔުންކޮޅު
ޝުއައިބް އަލީ ފޭސްބުކް ގައި ކުރި ޕޯސްޓު

މި މައްސަލައިގައި މިހާތަނަށް ފުލުހުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ޝުއައިބުގެ މި ޕޯސްޓާއި ގުޅިގެން ގިނަބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

މީގެ އިތުރުން، އެމްޑީޕީގެ މެންބަރުންނަށް އަމާޒުކޮށް އެކި ބާވަތުގެ އަނިޔާވެރި ޢަމަލުތައް ހިންގުމަށް ގޮވާލާ މެސެޖުތަކެއް ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައިވެސް ވަނީ ހިއްސާކޮށްއެވެ. މި މެސެޖުތައް ލީކުވެފައިވަނީ މުޒާހަރާ ފެށުމުގެ ކުރިންނެވެ. ނަމަވެސް މި މެސެޖުތަކާ ގުޅޭގޮތުންވެސް ފުލުހުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ފާއިތުވި މަސްތަކުގައި އިދިކޮޅު ސިޔާސީ ފަރާތްތަކަށް ލާއިންސާނީ އަދަބު ދިނުމަށް ގޮވާލާ މިންވަރު ވަނީ އިންތިހާއަށް އިތުރުވެފައެވެ. އެހެންނަމަވެސް، މިފަދަ އެއްވެސް މައްސަލައެއް ސީރިއަސްކޮށް ތަހުގީގުކޮށް، ޤާނޫނީ ފިޔަވަޅު އަޅާފައިނުވާކަން ފާހަގަކުރެވެއެވެ. މިކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރުގެ އިހުމާލު ފާހަގަކޮށް، ކަންބޮޑުވުން ފާޅުކޮށްފައެވެ.

- ކޮމެންޓް