Advertisement
ކ. މާލެ
|
5 އޮކްޓޯބަރ 2025 | އާދީއްތަ 12:16
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
ރޮއިޓަރސް
ޣައްޒާ ހަނގުރާމަ
ހަމާސް އިން އަވަސް ކުރަން ޖެހޭ ކަމަށް ބުނެ ޓްރަމްޕްގެ އިންޒާރެއް
ޓްރަމްޕް ވިދާޅުވީ ހަމާސް ޖަމާއަތުން ކަންކަން އަވަސް ކުރަން ޖެހޭ ކަމަށާއި، އެހެން ނޫން ނަމަ ހުރިހާ ކަމެއް ނިމުމަކަށް އަތުވެދާނެ ކަމަށެވެ. އެ މައްސަލަ އަކީ މިހާރު ވެސް ލަސްވެފައިވާ މައްސަލައެއް ކަމަށް ގިނަ ބަޔަކު ދެކެމުން އަންނަ މައްސަލައެއް ކަމަށް ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، ޣައްޒާގައި އިތުރު ނުރައްކަލެއް އޮންނާނެ އެއްވެސް ޙާލަތެއް އޭނާ ބަލައި ނުގަންނާނެ ކަމަށެވެ.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރަމުން އަންނަ މަސައްކަތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅާފައިވާ ޕްލޭން އަށް ހަމާސް ޖަމާއަތުން އެއްބަސްވެފައިވާއިރު، ހަމާސްގެ ފަރާތުން އަވަހަށް ކަންކަން ކުރަން ޖެހޭ ކަމަށް ވިދާޅުވެ ޓްރަމްޕް އިންޒާރެއް ދެއްވައިފި އެވެ.

ޓްރަމްޕް އޭނާގެ ޓުރުތު ޝޯޝަލް މީޑިއާ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ހަމާސް ޖަމާއަތާއި އިސްރާއީލްއާ ދެމެދު ސުލްޙަވެރި ކަމުގެ އެއްބަސްވުމަކަށް ނާންނަ ނަމަ، ޣައްޒާގައި އިތުރު ހަލާކުވުންތަކެއް ކުރިއަށް ހިނގައިދާނެ ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ ހަމާސް ޖަމާއަތުން ކަންކަން އަވަސް ކުރަން ޖެހޭ ކަމަށާއި، އެހެން ނޫން ނަމަ ހުރިހާ ކަމެއް ނިމުމަކަށް އަތުވެދާނެ ކަމަށެވެ. އެ މައްސަލަ އަކީ މިހާރު ވެސް ލަސްވެފައިވާ މައްސަލައެއް ކަމަށް ގިނަ ބަޔަކު ދެކެމުން އަންނަ މައްސަލައެއް ކަމަށް ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، ޣައްޒާގައި އިތުރު ނުރައްކަލެއް އޮންނާނެ އެއްވެސް ޙާލަތެއް އޭނާ ބަލައި ނުގަންނާނެ ކަމަށެވެ.

އެ ޕޯސްޓުގައި ޓްރަމްޕް ވިދާޅުވެފައި ވަނީ "މިކަން އަވަހަށް" ނިންމަން ޖެހޭ ކަމަށެވެ. އަދި ޣައްޒާގައި އިސްރާއީލް އިން ދެމުން އަންނަ ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލާފައިވާތީ، އެކަމަށް ޝުކުރު އަދާ ކުރައްވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. ނަމަވެސް ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީ އިން ބުނެފައިވާ ގޮތުގައި، އިސްރާއީލް އިން ވަނީ ޣައްޒާގައި ހަމަލާތައް ދީފަ އެެެވެ. އެ ހަމަލާތަކާ ގުޅޭ ގޮތުން އިސްރާއީލް އިން ވަކި އެއްޗެއް ބުނެފައި ނުވެ އެވެ.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި މިހާތަނަށް ޣައްޒާ އިން ވަނީ 66،000 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފަ އެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ އަންހެނުންނާއި ކުޑަ ކުދިންނެވެ. ހަމަލާތައް ދިނުމުގެ އިތުރުން އިސްރާއީލް އިން ވަނީ ޣައްޒާގެ އިންސާނީ އެހީ އާއި، ކާބޯ ތަކެއްޗަށް ވެސް ހުރަސް އަޅައިފަ އެވެ.

ޓްރަމްޕްގެ ފަރާތުން ހުށަހަޅާފައިވާ ޕްލޭން އަށް ހަމާސް ޖަމާއަތުން އެއްބަސްވެފައިވާއިރު، އެ ޖަމާއަތުން ވަނީ އިތުރު ކަންކަން ސާފު ކޮށްދިނުމަށް ވެސް އެދިފަ އެވެ. އެހެން ނަމަވެސް، ހަމާސްގެ ބަންދުގައި ތިބި އިސްރާއީލްގެ ރަހީނުން މިނިވަން ކުރުމަށް އެ ޖަމާއަތުން އެއްބަސްވެފައިވެ އެވެ.

މަސްދަރު: އޭއެފްޕީ
- ކޮމެންޓް