"ލޫޓުވައިފި ލޫޓުވައިފި" މުޒާހަރައިގައި ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރުމުން އެމްޑީޕީގެ ލީޑަރޝިޕް އިން ފުލުހުންގެ އެ އަމަލުތައް ކުށްވެރި ކޮށްފި އެވެ.
އެމްޑީޕީގެ ލީޑަރޝިޕް ގައި މަސައްކަތް ކުރާ ބޭފުޅުން އެކަން ކުށްވެރިކޮށް އެކްސް ގައި ކުރި ޕޯސްޓުތަކުގައި ވިދާޅުވެފައިވަނީ، ސުލްހަވެރި މުޒާހަރާއެއްގައި ފުލުހުންގެ އަމަލުތައް ހުރީ ބަލައިގަނެވޭނެ ގޮތަކަށް ނޫންކަމަށާއި އެ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
އެގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުކުރު ދުވަހުގެ ރޭ ކުރިއަށްދިޔަ ސުލްހަވެރި މުޒާހަރާގައި ސަރުކާރުން ބޭނުންކޮށްފައިވަނީ ހާލަތާއި ނުބައްދަލު ބާރު ކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި ރައްޔިތުންގެ އަޑު ކަނޑުވާލުމަށް އަނިޔާވެރިކަން ބޭނުން ކުރުމަކީ، ސަރުކާރުގެ ލެޖިޓިމަސީ ގެއްލެމުންދާ ކަމުގެ ހެއްކެއް ކަމަށް ރައީސް އިބޫ ވިދާޅުވި އެވެ. އޭގެ އިތުރުން އެއްވުމުގައި ފުލުހުން ޕެޕާ ސްްޕްރޭ ބޭނުން ކުރުމުގެ ސަބަބުން އަސަރު ކޮށްފައިވާ ރަސްލާންގެ ޙާލަތާ މެދު ކަންބޮޑުވާ ކަމަށް ވެސް ރައީސް އިބޫ ވިދާޅުވި އެވެ.
I strongly condemn the government’s use of disproportionate force during last night’s peaceful protest.
— Ibrahim Mohamed Solih (@ibusolih) October 4, 2025
Deeply concerned by the condition of MDP Hulhumalé Central VP Raslaan, who suffered a heart attack after being pepper-sprayed and subjected to LRADs. I wish Raslan a full and… pic.twitter.com/f1d8eKpDww
ރައީސް އިބޫގެ އިތުރުން، ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ވެސް ވަނީ އެކަން ކުށްވެރި ކުރައްވައިފަ އެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިޞަމް ވިދާޅުވެފައި ވަނީ އެއްވުމުގެ ތެރެއިން ހާޓް އެޓޭކެއް ޖެހުނު ރަސްލާން އަދި އަނިޔާވި އެންމެހާ ފަރާތްތަކަށް އަވަސް ޝިފާ އަކަށް އެދޭ ކަމަށެވެ. އަދި ޤާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދާ ސުލްޙަވެރި އެއްވުންތަކަށް ޖާގަ ލިބެން ޖެހޭ ކަމަށް ފައިޞަލް ވަނީ ވިދާޅުވެފަ އެވެ.
އެމްޑީޕީ އިން މާލޭގައި ކުރިއަށް ގެންދިޔަ ސުލްޙަވެރި އިހުތިޖާޖުގައި ބައިވެރިވި ހުޅުމާލޭ މެދު ދާއިރާގެ ނައިބު ރައީސް މުޙައްމަދު ރަސްލާން އަށް ހާާޓް އެޓޭކެއް ޖެހި ފަރުވާ ހޯދަމުންދާއިރު، ރަސްލާން އަށް އަވަސް ޝިފާ އަކަށް އެދެން. މީގެ އިތުރުން އެ އެއްވުމުގެ ތެރެއިން އަނިޔާ ލިބުނު… pic.twitter.com/5MQM1zsi2P
— Faisal Naseem (@FaisalNasym) October 4, 2025
ސުލްހަވެރި އިހްތިޖާޖެއްގައި ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރުމުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ، ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައިވަނީ ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ، އަދި ދެމިއޮންނާނީ، ދިވެހިރާއްޖޭގެ ރައްޔިތުންގެ ކިބައިން ކަމަށެވެ. އެހެން ކަމުން ރޭ ރައްޔިތުން ނިކުމެ އެ ބާރުތައް އަދިވެސް އޮންނާނީ ރައްޔިތުންގެ އަތުގައި ކަން މިސަރުކާރަށް ހަނދާންކޮށްދީފައިވާކަމަށް ޝާހިދު ވިދާޅުވި އެވެ.
Article 4 of our Constitution is clear: all powers of the State are derived from, and remain with, the citizens of the Maldives.
— Abdulla Shahid (@abdulla_shahid) October 4, 2025
Last night, we stood united to remind this government that power belongs to the people, and the people are saying enough is enough!… pic.twitter.com/SdDMZTQCKN
މީގެ އިތުރުން އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ އޮކްޓޯބަރު 3 ގައި ބޭއްވި އެއްވުމުގެ ތެރެއިން އަނިޔާވެރިކޮށް ހައްޔަރުކޮށްގެން ގެންދިޔަ ހުރިހާ އެންމެން އެއްވެސް ޝަރުތަކާ ނުލާ ދޫކޮށްލުމަށް ގޮވާލާ ކަމަށާއި ސިޔާސީ ގޮތުން ހައްޔަރުކޮށް ދައުވާ ކުރިޔަސް ފަސްޖެހުމެއް ނެތް ކަމަށެވެ.
އަދި ސަރުކާރުން މުޅި ދައުލަތް ބޭނުންކޮށްގެން ދައްކަމުން ދިޔަ ބިރު ފަހަނައަޅައި ރޭ މާލޭގެ މަގުތަކަށް ނުކުތް ހުރިހާ ބޭފުޅުންނަށް ސާބަސް ދަންނަވައި ކަމަށާއި ބެޓަނަކަށް، ކަރުނަ ގޭހަކަށް، ޕެޕާ ސްޕްރޭއަކަށް، ސޮނިކް ވެޕަނަކަށް ބިރުން ސިހިގެން ދިވެހިން ފަހަތަކަށް ނުޖެހޭނެކަން އަނެއްކާ ވެސް ސާބިތުކޮށްދީފި ކަމަށް ފައްޔާޒް ވިދާޅުވި އެވެ. ފައްޔާޒް ވިދާޅުވީ ދުވަހެއް ދުވަހަކަށް މީހުންގެ އަދަދު ދާނީ އިތުރުވަމުން ކަމަށެވެ.
އޮކްޓޯބަރު 3 ގައި ބޭއްވި އެއްވުމުގެ ތެރެއިން އަނިޔާވެރިކޮށް ހައްޔަރުކޮށްގެން ގެންދިޔަ ހުރިހާ އެންމެން އެއްވެސް ޝަރުތަކާ ނުލާ ދޫކޮށްލުމަށް ގޮވާލަން. ސިޔާސީ ގޮތުން ހައްޔަރުކޮށް ދައުވާ ކުރިޔަސް ފަސްޖެހުމެއް ނެތް.
— Fayyaz Ismail (@faya_i) October 4, 2025
ސަރުކާރުން މުޅި ދައުލަތް ބޭނުންކޮށްގެން ދައްކަމުން ދިޔަ ބިރު… pic.twitter.com/bqYz9TGAng
މީގެ އިތުރުން އެތައް ބަޔަކު އަންނަނީ އެއްވުމުގައި ފުލުހުން ޙާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، އެއްވުމުގެ ބައިވެރިންނަށް އަނިޔާ ކޮށްފައިވާ ކަަމަށް ފާހަގަކޮށް، އެކަން ކުށްވެރި ކުރަމުންނެވެ. ރޭ މުޒާހަރާގައި ފުލުހުން ތަކުރާރުކޮށް ސޮނިކް ވެޕަން ބޭނުން ކުރި އެވެ. އެމްޑީޕީން ވަނީ ސޮނިކް ވެޕަން އެއް ކަމަށްވާ ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ބޭނުންކުރުމަކީ މީގެ ކުރިން ރާއްޖޭގެ އެއްވުންތައް ރޫޅާލަން ބޭނުންކުރި ހަތިޔާރެއް ނޫން ކަން ފާހަގަކޮށް އެކަން ކުށްވެރި ކޮށްފަ އެވެ.
އެމްޑީޕީ އިން ބުނީ، ރޭ ފުލުހުން އަމަލުކުރި ގޮތުން ފެނިގެންދަނީ ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ރާއްޖޭގެ ޑިމޮކްރަސީ ނެތިދަމުންދާ މިންވަރު ކަމަށެވެ. އަދި، އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސްއަޅައި، ސަރުކާރުން މި އަމަލުތައް ހިންގާފައި މި ވަނީ ރާއްޖޭގެ އިގުތިސޯދު ނާޒުކު ހާލަތެއްގައި އޮވެ، ދައުލަތުގެ ދަރަނި އިންތިހާއަށް ގޮސްފައި އޮތް ހާލަތެއްގައި ކަން އެމްޑީޕީ އިން ފާހަގަ ކުރި އެވެ.