Advertisement
ކ. މާލެ
|
20 ސެޕްޓެންބަރ 2025 | ހޮނިހިރު 12:35
އެމެރިކާގެ ރައީސް ޓްރަމްޕް އަދި އިސްރާއީލްގެ ބޮޑު ވަޒީރު ނަތަންޔާހޫ
އެމެރިކާގެ ރައީސް ޓްރަމްޕް އަދި އިސްރާއީލްގެ ބޮޑު ވަޒީރު ނަތަންޔާހޫ
ރޮއިޓަރސް
އެމެރިކާ-އިސްރާއީލް
އެމެރިކާ އިން އިސްރާއީލް އަށް ހަ ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް ރާވަމުން އަންނަ ކަމަށް ބުނެފި
މަސްދަރުތަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި، އެ ޑީލްގައި ހިމެނެނީ 3.8 ބިލިއަން އެމެރިކާ ޑޮލަރުގެެ 30 އޭއެޗް-64 އަޕާޗީ ހެލިކޮޕްޓަރެއްގެ އިތުރުން، އިސްރާއީލް އަސްކަރިއްޔާ އަށް 1.9 ބިލިއަން ޑޮލަރުގެ 3،250 އިންފެންޓްރީ އެސޯލްޓް ވެހިކަލް އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން، އިސްރާއީލް އަށް ހަ ބިލިއަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ވިއްކުމަށް ރާވަމުން އަންނަ ކަަމަށް، ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓު ކޮށްފި އެވެ.

ވޯލް ސްޓްރީޓް ޖާނަލްގައި ހުކުރު ދުވަހު ރިޕޯޓު ކޮށްފައިވާ ގޮތުން، އެމެރިކާ އިން އަންނަނީ ހަތިޔާރު ވިއްކުމަށް އިސްރާއީލް އާއެކު މަޝްވަރާތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން އެ ހަތިޔާރު ތަކުގެ ޖުމުލަ އަހު ގާތް ގަނޑަކަށް ހަ ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ވަނީ ބުނެފަ އެވެ.

އެކި އެކި މަސްދަރުތަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި، އެ ޑީލްގައި ހިމެނެނީ 3.8 ބިލިއަން އެމެރިކާ ޑޮލަރުގެެ 30 އޭއެޗް-64 އަޕާޗީ ހެލިކޮޕްޓަރެއްގެ އިތުރުން، އިސްރާއީލް އަސްކަރިއްޔާ އަށް 1.9 ބިލިއަން ޑޮލަރުގެ 3،250 އިންފެންޓްރީ އެސޯލްޓް ވެހިކަލް އެވެ. މި ޑީލް ކުރިއަށް ގެންދިޔުމަށް، އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އިން ކޮންގްރެސްގެ ހުއްދަ ހޯދަން ޖެހޭނެ އެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، ޓްރަމްޕް ސަރުކާރުގެ އިސްވެރިން ވަނީ އެ ޑީލްގެ ފުރަތަމަ ހުށެހެޅުން މީގެ 30 ދުވަސް ކުރިން ކޮންގްރެސް އަށް ހުށަހަޅައިފަ އެވެ. އޭގެ ފަހުން އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް، އިސްރާއީލް އިން ޤަތަރަށް ހަމަލާ ދިނުމާ އެކު، އެކަމާ މެދު ޓްރަމްޕް ހިތްހަމަ ނުޖެހުން ފާޅު ކޮށްފައި ވީ ނަމަވެސް، ޓްރަމްޕްގެ ސަރުކާރުން މަޝްވަރާ ކުރަމުން އަންނަނީ އެ ޑީލް ކުރިއަށް ގެންދަން ކަމަށް ބުނެފައިވެ އެވެ.

ހަމަ އެހެންމެ، އިތުރަށް އެ ރިޕޯޓުގައި ބުނެފައި ވަނީ، އެ ޑީލް ކުރިއަށް ގެންދިޔުމަށް ފާސް ކުރި ނަމަވެސް، އެ ހަތިޔާރު އިސްރާއީލް އަށް ލިބުމަށް ދެ އަހަރު، ނުވަތަ ތިން އަހަރު ދުވަހުގެ މުއްދަތެއް ނަގާނެ ކަމަށެވެ. އަދި އެ ހަތިޔާރަށް ފައިސާ ދައްކާނީ އެމެރިކާ އިން ދޭ ބޭރު އަސްކަރީ އެހީގެ ދަަށުން ކަމަށް ބުނެފައިވެ އެވެ.

ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުން، އެމެރިކާ އަތުން އިިސްރާއީލް އިން ގަންނަ ގިނަ ހަތިޔާރު ތަކަށް ފައިސާ ދައްކަނީ އެމެރިކާގެ ޓެކްސް ދައްކާ ފަރާތްތަކުން ފައިސާ އިންނެވެ.

މަސްދަރު: އަލް އަރަބިއްޔާ
- ކޮމެންޓް