Advertisement
ކ. މާލެ
|
11 ސެޕްޓެންބަރ 2025 | ބުރާސްފަތި 12:42
ޗާލީ ކާކް، މީގެ ކުރިން ބޭއްވި ކޮންފަރެންސެއްގައި ވާހަކަ ދައްކަނީ
ޗާލީ ކާކް، މީގެ ކުރިން ބޭއްވި ކޮންފަރެންސެއްގައި ވާހަކަ ދައްކަނީ
ރޮއިޓަރސް
އެމެރިކާ
ކޮންޒަވޭޓިވް އިންފްލުއެންސާ ޗާލީ ކާކް އަށް ހަމަލާ ދީ މަރާލުމާ ގުޅިގެން، އެމެރިކާގެ ދިދަ ބައި ދަނޑި އަށް ތިރި ކުރަން ޓްރަމްޕް ނިންމަވައިފި
ސޯޝަލް މީޑިއާގައި ދައުރު ވަމުން އަންނަ ވީޑިއޯ ފުޓޭޖުގައި ފެންނަ ގޮތުން، ޗާލީގެ ގަޔަށް އަމާޒުކޮށް ބަޑި ޖެހިއިރު، އެއް ވަޒަން ވަނީ އޭނާގެ ހަށިގަނޑަށް އަމާޒުވެފަ އެވެ. ހަމަލާ ދިނުމާ އެކު، އެ ސަރަހައްދުގެ އެންމެ ކައިރީގައި ހުރި ހޮސްޕިޓަލް އަށް ވަގުތުން ޗާލީ ގެންދިޔަ އެވެ.

ޔުޓާ ވެލީ ޔުނިވާސިޓީގައި ތަޤުރީރެއް ދެމުން ގެންދަނިކޮށް، ކޮންޒަވޭޓިވް ކޮމެންޓޭޓާ ޗާލީ ކާކް އަށް ބަޑިން ހަމަލާ ދީ މަރާލުމާ ގުޅިގެން، އެމެރިކާގެ ޤައުމީ ދިދަ ބައި ދަނޑި އަށް ތިރި ކުރުމަށް އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފި އެވެ.

ޓްރަމްޕް އޭނާގެ ޓުރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ޗާލީ ޗާކް އަކީ ވަރަށް ރަނގަޅު އަދި އަސްލު ލެޖެންޑަރީ ސަޚުސިއްޔަތެއް ކަމަށާއި، އޭނާ އަށް ހަމަލާ ދީ މަރާލާފައިވާ ކަމަށެވެ. އަދި އެމެރިކާގެ ޒުވާނުންގެ ހިތްތައް، އޭނާ އަށް ވުރެ ރަނގަޅަށް ދެނެގަތް އެހެން މީހަކު ނެތް ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

އިތުރަށް އެ ޕޯސްޓުގައި ޓްރަމްޕް ވިދާޅުވެފައި ވަނީ، އެމެރިކާގެ އެންމެހާ ރައްޔިތުން ވެސް ޗާލީ ދެކެ ވަރަށް ލޯބިވާ ކަމަށެވެ. ވަކިން ޚާއްސަކޮށް، އޭނާ ޗާލީ ދެކެ ވަރަށް ލޯބިވާ ކަމަށާއި، ޗާލީ އަށް އޮންނަނީ ފުރިހަމަ އިޙުތިރާމް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ޗާލީ އަށް ހަމަލާ ދީ މަރާލާފައިވާއިރު، އިތުރަށް އޭނާ އެމެރިކާގެ ރައްޔިތުންގެ ތެރޭގައި ނުހުންނާނެ ކަމީ ހިތާމަ ކުރައްވާ ކަމެއް ކަމަށް ވިދާޅުވެ، ޓްރަމްޕް ވިދާޅުވީ އޭނާ އާއި އަނބިކަނބަލުން މެލާނިއާ ޓްރަމްޕްގެ ހަމްދަރުދީ ޗާލީގެ އަނބިމީހާ އަދި އާއީލާ އަށް އަރިސް ކުރާ ކަމަށެވެ.

ޗާލީގެ ހަނދާނުގައި، އަންނަ ހަފުތާގެ އާދީއްތަ ދުވަހުގެ އިރުއޮއްސުމާ ހަމައަށް، އެމެރިކާގެ ދިދަތައް ބައި ދަނޑި އަސް ތިރި ކުރުމަށް، ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އިން ވަނީ އިއުލާން ކޯށްފަ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ އެންމެހައި އިމާރާތްތަކާއި، މިލިޓަރީ ޕޯސްޓުތަކާއި، އެމްބަސީތައް އަދި ޤައުމުން ބޭރުގައި ހުރި ސަރުކާރުގެ އެހެނިހެން މަރުކަޒުތައް ވެސް ހިމެނެ އެވެ.

ސޯޝަލް މީޑިއާގައި ދައުރު ވަމުން އަންނަ ވީޑިއޯ ފުޓޭޖުގައި ފެންނަ ގޮތުން، ޗާލީގެ ގަޔަށް އަމާޒުކޮށް ބަޑި ޖެހިއިރު، އެއް ވަޒަން ވަނީ އޭނާގެ ހަށިގަނޑަށް އަމާޒުވެފަ އެވެ. ހަމަލާ ދިނުމާ އެކު، އެ ސަރަހައްދުގެ އެންމެ ކައިރީގައި ހުރި ހޮސްޕިޓަލް އަށް ވަގުތުން ޗާލީ ގެންދިޔަ އެވެ.

އެކަމާ ގުޅިގެން ޔުނިވާސިޓީގެ ތަރުޖަމާނު ރޮއިޓާސް އަަށް ބުނެފައި ވަނީ، ކައިރި ހުރި އިމާރާތަކުން ޗާލީ ގަޔަށް ވަޒަން ޖެހި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް ފަހުން ބުނެފައި ވަނީ، ހަމަލާ ދިން މީހާ ހައްޔަރު ކުރެވިފައި ނުވާ ކަމަށެވެ. އޭގެ ފަހުން އެފްބީއައިގެ ޑިރެކްޓަރު ކޭޝް ޕަޓެލް ވިދާޅުވެފައި ވަނީ، ޗާލީ އަށް ހަމަލާ ދިން ކަމަށް ޝައްކު ކުރެވޭ މީހާ މީހަރު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް އަކީ ޗާލީ އަށް ވަރަށް ބޮޑަށް ތާއިދު ކުރައްވާ، އޭނާ އަށް ވަރަށް ބޮޑަށް ސަޕޯޓު ކުރައްވާ ފަރާތެކެވެ. ޓްރަމްޕް ވިދާޅުވީ ޗާލީ އަކީ ވަރަށް ރަނގަޅު އަދި އެހާމެ ހެޔޮ މީހެއް ކަމަށެވެ.

ޗާލީގެ ސޯޝަލް މީޑިއާގެ ތެރެއިން، އޭނާގެ އެކްސް އެކައުންޓުގައި ފަސް މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން ތިބެ އެެވެ. އަދި އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި 7.5 މިލިއަން ފޮލޯވަރުން ތިބެ އެވެ. އެމެރިކާގެ ގިނަ ޒުވާނުން ޓްރަމްޕް އަށް ތާއީދު ކުރުމުގައި، ޗާލީގެ ވަރަށް ބޮޑު ދައުރެއް އޮވެ އެވެ.

މަސްދަރު: އަލް އަރަބިއްޔާ
- ކޮމެންޓް