Advertisement
ކ. މާލެ
|
11 ސެޕްޓެންބަރ 2025 | ބުރާސްފަތި 09:51
ގަތަރުގެ ވެރި ރަށް ދޯހާގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޤައުމުގެ ބޮޑު ވަޒީރު މުހައްމަދު ބިން އަބްދުއް ރަހްމާން އަލް ޘާނީ
ގަތަރުގެ ވެރި ރަށް ދޯހާގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޤައުމުގެ ބޮޑު ވަޒީރު މުހައްމަދު ބިން އަބްދުއް ރަހްމާން އަލް ޘާނީ
ރޮއިޓަރސް
ޣައްޒާ ހަނގުރާމަ
އިސްރާއީލްގެ ހަމަލާގެ ސަބަބުން، ރަހީނުން މިނިވަން ކުރުމުގެ އުންމީދު ގެއްލިއްޖެ: ޤަތަރުގެ ބޮޑު ވަޒީރު
ހަމާސް ޖަމާއަތުގެ އިސް އޮފިޝަލުން ތަކަކަށް އަމާޒުކޮށް އިސްރާއީލް އިން ހަމަލާ ދީފައިވާއިރު، އެކަމުގެ ސަބަބުން ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ކުރަމުން އަންނަ މަސައްކަތް ހުއްޓާ ނުލާނެ ކަމަށް ޤަތަރުން ބުނެފައިވެ އެވެ. ޤަތަރުގެ ބޮޑު ވަޒީރު ވިދާޅުވީ، އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ކުރި ކަމެއްގެ ސަބަބުން، ހަމާސް އިން ހައްޔަރު ކޮށްފައިވާ މީހުން މިނިވަން ކުރުމުގެ އުންމީދެއް ނެތް ކަމަށެވެ.

އިސްރާއީލް އިން ޤަތަރަށް ދިން ހަމަލާގެ ސަބަބުން، ޣައްޒާ ހަނގުރާމައިގައި ހަމާސް ޖަމާއަތުން ރަހީނު ކޮށްފައިވާ އިސްރާއީލްގެ ރައްޔިތުން މިނިވަން ކުރުމުގެ އުންމީދު ގެއްލިއްޖެ ކަމަށް، ޤަތަރުގެ ބޮޑު ވަޒީރު ޝެއިޚް މުޙައްމަދު ބިން އަބްދުއް ރަޙުމާން އަލް ޘާނީ ވިދާޅުވެއްޖެ އެވެ.

އިސްރާއީލް އިން ޤަތަރަށް ހަމަލާ ދީފައިވާ ދަނޑިވަޅާ ދިމާކޮށް، ސީއެންއެން އަށް ދެއްވި ޚާއްސަ އިންޓަވިއުގައި ބޮޑު ވަޒީރު ވިދާޅުވީ، އިސްރާއީލް އިން ޤަތަރުގެ ވެރި ރަށް ދޯހާ އަށް ދިން ހަމަލާގެ ސަބަބުން ސަރަހައްދުގެ ބައިވެރިންނާ އެކު މަޝްވަރާތައް ކުރިއަށް ގެންދަމުން އަންނަ ކަމަށެވެ.

އިސްރާއީލް އިން ދިން ހަމަލާ ޤަތަރުގެ ބޮޑު ވަޒީރު މީގެ ކުރިން ކުށްވެރި ކުރައްވާފައިވާއިރު، އޭނާ ވިދާޅުވީ އެ މައްސަަލައާ ގުޅިގެން ކުރިއަށް އޮތް ދުވަސް ތަކުގެ ތެރޭގައި ދޯހާގައި ޚާއްސަ ސަމިޓެއް ބޭއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެކަމާ ގުޅޭ އެންމެހާ އިންތިޒާމުތައް ރާވަމުން އަންނަ ކަމަށެވެ.

ހަމާސް ޖަމާއަތުގެ އިސް އޮފިޝަލުން ތަކަކަށް އަމާޒުކޮށް އިސްރާއީލް އިން ހަމަލާ ދީފައިވާއިރު، އެކަމުގެ ސަބަބުން ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ކުރަމުން އަންނަ މަސައްކަތް ހުއްޓާ ނުލާނެ ކަމަށް ޤަތަރުން ބުނެފައިވެ އެވެ. ޤަތަރުގެ ބޮޑު ވަޒީރު ވިދާޅުވީ، އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ކުރި ކަމެއްގެ ސަބަބުން، ހަމާސް އިން ހައްޔަރު ކޮށްފައިވާ މީހުން މިނިވަން ކުރުމުގެ އުންމީދެއް ނެތް ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، އިސްރާއީލް އިން ޤަތަރުގެ ވެރި ރަށް ދޯހާ އަށް ހަމަލާ ދިން ދުވަހުގެ ހެނދުނު، ހަމަލާގެ ކުރިން ހައްޔަރު ކޮށްފައިވާ ރަހީނުންގެ އާއިލާތަކާ އެކު ބައްދަލު ކޮށްފައި ވާނެ ކަމަށެވެ. އަދި ރަހީނުން މިނިވަން ކުރުމާ ގުޅޭ ގޮތުން ވާހަކަތައް ދެކެެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.

އާއިލާ ތަކުން ވެސް އުންމީދު ކޮށްގެން ތިބީ ހަނގުރާމަ ހުއްޓާލުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ހައްޔަރުގައި ތިބި ރަހީނުން މިނިވަން ވާނެ ކަމަށާއި، އެ ނޫން އެެހެން އެއްވެސް އުންމީދެއް އެމީހުންގެ ނެތް ކަމަށް ބޮޑު ވަޒީރު ވިދާޅުވި އެވެ.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ އާއި ލާއިންސާނީ އަމަލު ތަކުގެ ސަބަބުން، ބައިނަލްއަޤުވާމީ ކްރިމިނަލް ކޯޓުން ވަނީ ނަތަންޔާހޫގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައިފަ އެވެ. އެކަން ފާހަގަ ކުރައްވައި ޤަތަރުގެ ބޮޑު ވަޒީރު ވިދާޅުވީ، އެ ޙުކުމާ އެއްގޮތަށް އަދުލު އިންސާފުގެ ކުރި މައްޗަށް ނަތަންޔާހޫ ގެންނަން ޖެހޭ ކަމަށެވެ.

އިސްރާއީލް އިން ޤަތަރަށް ދީފައިވާ ހަމަލާއާ ގުޅިގެން، ސަރަހައްދުގެ އެހެން ޤައުމު ތަކުން ވެސް ވަނީ އެކަން ކުށްވެރި ކޮށްފަ އެވެ. އަދި ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ވެސް ވަނީ ގޮވާލައިފަ އެވެ. ޤައުމު ތަކުން ބުނެފައިވާ ގޮތުގައި، އިސްރާއީލް އިން ދީފައިވާ އެ ހަމަލާ އަކީ ބައިނަލްއަޤުވާމީ އެންމެހައި ޤާނޫނުތަކާ ޚިލާފަށް ދީފައިވާ ހަމަލާއެއް ކަމަށެވެ.

މަސްދަރު: އަލް އަރަބިއްޔާ
- ކޮމެންޓް