Advertisement
ކ. މާލެ
|
9 ސެޕްޓެންބަރ 2025 | އަންގާރަ 09:20
ގަލޮޅު ސިޓީ ޕާކް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދަނީ
ގަލޮޅު ސިޓީ ޕާކް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދަނީ
މާލެ ސިޓީ ކައުންސިލް
ގަލޮޅު ސިޓީ ޕާކު
އޮކްޓޯބަރ މަހުގެ ނިޔަލަށް ގަލޮޅު ސިޓީ ޕާރކް ތަރައްޤީ ކުރުމުގެ މަސައްކަތް ނިންމަން މަސައްކަތް ކުރަނީ
ޕާކުގައި ކަސްރަތު ކުރުމުގެ ވަސީލަތްތަކާއި ކުޅިވަރު ކުޅޭނެ ސަރަހައްދުތަކާއި ކުޑަކުދިންނަށް ޚާއްސަ ސަރަހައްދުތައް ހިމެނޭ
މި މަޝްރޫޢަކީ މާލެ ސިޓީ އަމާން އަދި ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރެވޭ މަސައްކަތެއް

ގަލޮޅު ސިޓީ ޕާރކް ތަރައްޤީ ކުރުމުގެ މަސައްކަތުގެ ތެރެއިން، ފޭސް 2 ގެ މަސައްކަތުގެ 65 އިންސައްތަ މަސައްކަތް ނިންމާލައިފި އެވެ.

އެގޮތުން ފޭސް 2 ގެ ކޮންކްރިޓް މަސައްކަތައް އެއްކޮށް ނިމިފައިވާއިރު، މި ޕާކުގެ މަސައްކަތްތައް އަންނަ އޮކްޓޯބަރ މަހުގެ ނިޔަލަށް ނިންމުމަށް، ކައުންސިލުން މި މަސައްކަތް ހަވާލުކޮށްފައިވާ ކޮންޓެކްޓަރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގަލޮޅު ސިޓީ ޕާކުގެ މަސައްކަތް ކުރިއަށް ދަނީ، ގަލޮޅު ރައްޔިތުންގެ ހިޔާލާއި މަޝްވަރާޔާއެކު އެވެ. އަދި މި ޕާކުގެ މަސައްކަތް ނިމޭއިރު، ޕާކުގައި ކަސްރަތު ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ބެންޑްމިންޓަން ކޯޓަކާއި ތްރީ އޮން ތްރީ ބާސްކެޓް ކޯޓަކާއި ކުޑަކުދިން ކުޅޭނެ ހުސް ސަރަހައްދަކާއި އަދި އައުޓްޑޯ ޖިމެއް ވެސް ތަރައްޤީ ކުރެވިގެންދާނެއެވެ.

ގިނަ އަހަރު ތަކެއް ވަންދެން އެއްވެސް ބޭނުމެއް ނުހިފި، ވީރާނަވަމުން ދިޔަ މި ޕާކުގައި އިވެންޓްތައް ބޭއްވުމަށް ޚާއްސަ ކުރެވިފައިވާ ސަރަހައްދަކާއި އުމުރުން ދުވަސްމީ ބޭފުޅުން ހިތްހަމަ ޖައްސާލުމަށް މަޑުކޮށްލައިގެން ތިބުމަށް ތައްޔާރުކޮށްފައިވާ ސަރަހައްދެއް ވެސް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

ގަލޮޅު ސިޓީ ފާރކް ތަރައްޤީ ކުރުމުގެ މަސައްކަތަކީ ، މާލެ ސިޓީއަކީ އަމާން ހިތްފަސޭހަ ރައްކާތެރި އަދި އެކަކު އަނެކަކަށް އަޅައިލައި، ހިތް ހެޔޮ އޯގާތެރި ރައްޔިތަކު ދިރިއުޅޭ ސިޓީއަކަށް ހެދެމަށް ކުރައްވަމުންގެންދާ ގިނަ ގުނަ މަސައްކަތުގެ ތެރޭގައި ހިމަނައިގެން ކުރައްވާ މަސައްކަތެކެވެ.

- ކޮމެންޓް