Advertisement
ކ. މާލެ
|
28 އޯގަސްޓް 2025 | ބުރާސްފަތި 12:33
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ކުޝްނާގެ އަރިހުގައި ހުންނަވާ މަންޒަރު
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ކުޝްނާގެ އަރިހުގައި ހުންނަވާ މަންޒަރު
ރޮއިޓަރސް
ޣައްޒާ ހަނގުރާމަ
ޣައްޒާ ހަނގުރާމައާ ގުޅޭ ގޮތުން ޓްރަމްޕް މަޝްވަރާ ކުރެއްވީ ބްލެއާ އަދި ކުޝްނާއާ އެކު
ކުންޝާ އަކީ ޓްރަމްޕްގެ ދަރިކަނބަލުން އިވަންކާ ޓްރަމްޕްގެ ފިރިކަލުންނެވެ. އޭނާ އަކީ ޓްރަމްޕްގެ ރިޔާސީ ފުރަތަމަ ދައުރުގައި މެދު އިރުމަތީގެ މައްސަލަތަކާއި، އެ ސަރަހައްދުގެ ކަންކަމުގައި ޓްރަމްޕް އަށް ލަފާ ދެއްވުމަށް ހުންނެވި ޚާއްސަ މަންދޫބެވެ. ބްލެއާ އަކީ 2003 ވަނަ އަހަރު އިރާޤު ހަނގުރާމަ ކުރިއަށް ދިޔައިރު، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރަކަށް ހުންނެވި ބޭފުޅާ އެވެ.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިނގިރޭސިވިލާތުގެ ކުރީގެ ބޮޑު ވަޒީރު ޓޯނީ ބްލެއާ އަދި ޓްރަމްޕްގެ ފަރާތުން މެދު އިރުމައްޗަށް މީގެ ކުރިން ކަނޑައަޅުއްވާފައި ހުންނެވި މަންދޫބު ޖެރަޑް ކުޝްނާއާ މަޝްވަރާ ކުރައްވައިފި އެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގައި ބުދަ ދުވަހު އެވެ. އެ ބައްދަލުވުން ކުރިއަށް ގެންދާ ކަމަށް، ޓްރަމްޕްގެ ފަރާތުން މިހާރު މެދު އިރުމައްޗަށް ކަނޑައަޅުއްވާފައި ހުންނަވާ ޚާއްސަ މަންދޫބު ސްޓީވް ވިކްޓޮފް ވަނީ ވިދާޅުވެފަ އެވެ.

ބްލެއާ އަދި ކުންޝާ އާއެކު ޓްރަމަޕް ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ވަނީ ޣައްޒާ އަށް ކާބޯ ތަކެތި ފޯރުކޮށްދިނުމާއި، އެހީ ފޯރުކޮށްދިނުމާއި، ހަނގުރާމައިގެ ސަބަބުން ރަހީނު ކޮށްފައިވާ މީހުންގެ މައްސަލަ އަދި ހަނގުރާމައިގެ އެންމެ ފަހުގެ ޕްލޭންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.

އެކަމާ ގުޅިގެން ވައިޓް ހައުސްގެ އިސް އޮފިޝަލަކު ރޮއިޓާސް އަށް ވިދާޅުވެފައި ވަނީ، އެއީ އާންމުކޮށް ބޭއްވޭ ބައްދަލުވުމެއް ކަމަށާއި، ބުދަ ދުވަހުގެ ބައްދަލުވުމުގައި ވެސް ގިނަ މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށެވެ.

ކުޝްނާ އަކީ ޓްރަމްޕްގެ ދަރިކަނބަލުން އިވަންކާ ޓްރަމްޕްގެ ފިރިކަލުންނެވެ. އޭނާ އަކީ ޓްރަމްޕްގެ ރިޔާސީ ފުރަތަމަ ދައުރުގައި މެދު އިރުމަތީގެ މައްސަލަތަކާއި، އެ ސަރަހައްދުގެ ކަންކަމުގައި ޓްރަމްޕް އަށް ލަފާ ދެއްވުމަށް ހުންނެވި ޚާއްސަ މަންދޫބެވެ.

ބްލެއާ އަކީ 2003 ވަނަ އަހަރު އިރާޤު ހަނގުރާމަ ކުރިއަށް ދިޔައިރު، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރަކަށް ހުންނެވި ބޭފުޅާ އެވެ. ބްލެއާ ވެސް ވަނީ މީގެ ކުރިން މެދު އިރުމަތީގެ މައްސަލަ ތަކުގައި އިސްކޮށް މަސައްކަތް ކުރައްވައިފަ އެވެ. ލޭބާ ޕާޓީ އަށް ނިސްބަތްވާ ބެލެއާ އިނގިރޭސިވިލާތުގެ ބޮޑު ވަޒީރަކަށް ހުންނެވީ 1997 ވަނަ އަހަރުން ފެށިގެން، 2007 ވަނަ އަހަރާ ހަމައަށެވެ.

އަންގާރަ ދުވަހު ފޮކްސް ނިއުސް އަށް ވިކްޓޮފް ދެއްވާފައިވާ އިންޓަވިޔުއެއްގައި އޭނާ ވިދާޅުވެފައި ވަނީ، އެމެރިކާ އިން އެކުލަވާލުމަށް މަސައްކަތް ކުރަމުން ދަނީ ވަރަށް ފުރިހަމަ ޕްލޭނެއް ކަމަށެވެ. އަދި އެ ޕްލޭންގައި ހެޔޮ ނިޔަތެއް އޮތް ކަމަށާއި، އެކަމުގެ ބޭނުންތެރިކަން ފެނިގެން ދާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި އެ ޕްލޭނަކީ އެމެރިކާގެ ރައީސް ޓްރަމްޕް އިންސާނިއްޔަކަށް ދެއްވާ އަހަންމިއްޔަތުކަން ފެނިގެން ދާނެ ފަދަ ޕްލޭނެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރު އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައި ޓްރަމްޕް ވަނީ، ޣައްޒާ ހަނގުރާމަ ނިންމާނެ ކަމަށް ވައުދުވެ ވަޑައިގެންފަ އެވެ. ނަމަވެސް ވެރިކަމަށް ހަތް މަސް ދުވަސް ވެގެން ދިޔައިރު ވެސް، ޣައްޒާ ހަނގުރާމަ ނިންމުމަށް ކުރާ މަސައްކަތް ޓްރަމްޕް އަށް ކާމިޔާބު ކުރެވިފައި ނުވެ އެވެ. އަދި އެކަމުގައި ޙައްލެއް ހޯދުމަށް ވެސް ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފަ އެވެ.

އެމެރިކާ އަކީ އިސްރާއީލް އަށް ވަރަށް ބޮޑަށް އެހީތެރިވެ، ވާގިވެރި ވަމުން އަންނަ ޤައުމަކަށްވާއިރު، ޓްރަމްޕް އަކީ އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއާ ގާތް ގުޅުމެއް ބާއްވަވާ ވެސް ބޭފުޅެކެވެ. ރިޔާސީ ދެ ވަނަ ދައުރަކަށް ޓްރަމްޕް ވަޑައިގެންނެވި ފަހުން، ނަތަންޔާހޫ ވަނީ އެކި ފަހަރު މަތިން އެމެރިކާ އަށް ވަޑައިގެން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފަ އެވެ.

- ކޮމެންޓް