މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އެސިސްޓަންޓް ގަވަނަރަކަށް އިދުހާމް ހުސެއިން އެ އޮތޯރިޓީގެ ބޯޑު މެންބަރަކަށް ހަމަޖައްސަވައިފިއެވެ.
ރައިސުލްޖުމްހޫރިއްޔާ އަބަދުﷲ ޔާމީން އިދުހާމް ބޯޑު މެމްބަރަކަށް ހަމަޖެއްސެވީ ބުރާސްފަތި ދުވަހުއެވެ.
އިދުހާމް 1990 ވަނަ އަހަރުން ފެށިގެން އަންނަނީ އެމްއެމްއޭގައި އެކި މަޤާމުތައް ފުރުއްވަމުންނެވެ.
މިދިޔަ އަހަރުން ފެށިގެން އިދުހާމްއަކީ އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ، ރިސާޗު އަދި ސްޓެޓިކްސްގެ އެސިސްޓެންޓް ގަވަރުނަރެވެ.
އެމްއެމްއޭގެ ބޯޑަކީ ހަތް މެންބަރުން އެކުލެވިގެންވާ ބޯޑެކެވެ.
ރައީސް ޔާމީން ވަނީ އޮގަސްޓް 24 ވަނަ ދުވަހު އެމްއެމްއޭގެ ގަވަރަނަރު ކަމަށް އަހުމަދު ނަސީރު ވަނީ އައްޔަން ކުރައްވާފަ އެވެ.
ނަސީރުގެ ނަން ފޮނުއްވުމުގެ ކުރިން ރައީސް ޔާމީންވަނީ ނީޒާ އިމާދުގެ ނަން ފޮނުއްވާފައެވެ. އެހެންނަމަވެސް އެމްއެމްއޭގެ ގަވަރުނަރަކަށް ހަމަޖައްސެވުމަށް ނިންމެވުމަށް ފަހު ނީޒާގެ ނަން ރައީސް އަނބުރާ ނެންގެވުމުން އޭނާ ވަނީ އެމްއެމްއޭއިން އޮގަސްޓް 20 ވަނަ ދުވަހު އިސްތިއުފާ ދެއްވާފައެވެ.