ކ. މާލެ
|
29 އޯގަސްޓް 2017 | އަންގާރަ 18:00
 މިނިސްޓަރ ޒެނީޝާ ވާހަކަފުޅު ދައްކަވަނީ
މިނިސްޓަރ ޒެނީޝާ ވާހަކަފުޅު ދައްކަވަނީ
މިނިސްޓްރީ އޮފް ޖެންޑާ
ޖެންޑަރ މިނިސްޓްރީ
ޖުލައި މަހު 260 މައްސަލައެއް ވަނީ ރިޕޯޓް ކޮށްފަ :ޖެންޑަރ މިނިސްޓްރީ
އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިސްމާނީ ހާނީއްކައިގެ މައްސަލަތައް

2017 ވަނަ އަހަރުގެ ޖުލައި މަހު އެކި ކަންތައްތަކާއި ގުޅޭ ގޮތުން 260 މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީން ބުނެފިއެވެ.

އަންގާރަ ދުވަހު އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 126 މައްސަލަ ރިޕޯޓު ކޮށްފައިވާ  ކަމަށެވެ. އަދި މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓު ކޮށްފައި ވަނީ ޖިސްމާނީ ހާނީއްކައިގެ މައްސަލަތައް ކަމަށް ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

މިބާވަތުގެ މައްސަލަތަކުގެ އިތުރުން ކުޑަކުދިންނަށްކުރާ ޖިންސީ ހާނީއްކައިގެ 31 މައްސަލައާ އިހުމާލުވުމުގެ 25 މައްސަލައާ ނަފްސާނީ ހާނީއްކައިގެ 11 މައްސަލައާ އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 6 މައްސަލައާ އެހެން ކުދިންގެ ފަރާތުން ފުރައްސާރައިގެ ޝިކާރައަކަށް ވުމުގެ 6 މައްސަލައާ އެހެން ކުދިންގެ ފަރާތުން ސައިބަރ-ބުލީކުރުމުގެ 1 މައްސަލަ އަދި ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ޖިންސީ ބޭނުން ހިފުމުގެ 1 މައްސަލަ ހިމެނޭކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެކި ބާވަތުގެ ކުށް ކުރާ ކުޑަކުދިންގެ 11 މައްސަލަ މިނިސްޓްރީއަށް މިދިޔަ މަހު ވަނީ ހުށަހަޅާފައެވެ. އަދި ކުޑަކުދިންގެ އަހްލާޤީ މައްސަލަތަކުގެ 18 މައްސަލައަކާއި ހައްޤުތަކުން ކުޑަކުދިން މަޙްރޫމް ކުރުމުގެ ޖުމްލަ 8 މައްސަލައެއް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް ނޫސް ބަޔާނުގައި ވަނީ ބުނެފައެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 37 މައްސަލައެއް ވެސް ޖުލައި މަހު މިނިސްޓްރީއަށް ހުށަހަޅާފައިވެއެވެ. އަދި މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އެކި ބާވަތުގެ ޖިސްމާނީ އަދި ނަފްސާނީ އަނިޔާކުރުމުގެ މައްސަލަތަކެއް ކަމަށް ޖެންޑަރ މިނިސްޓްރީން ވަނީ ބުނެފައެވެ.

މިފަދަ މައްސަލަތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހެޅިފައިވާ 11 މައްސަލައަކާ އަމިއްލަ ނަފްސަށް ގެއްލުންދިނުމާ ގުޅޭ ޖުމްލަ 9 މައްސަލައެއް މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑް ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
29 އޯގަސްޓް 2017 | އަންގާރަ 18:28
ކަމަނާ
ކަމަނާ ތިޔަވިދާޅުވާ އެއްޗެއް އެބައެނގިލައްވާތޯ؟ ކޮބައިތޯތިޔަރިޕޯޓްގެ މުރާދަކީ؟