ކ. މާލެ
|
29 އޯގަސްޓް 2017 | އަންގާރަ 14:45
ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ޝިފާ ވާހަކަފުޅު ދައްކަވަނީ
ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ޝިފާ ވާހަކަފުޅު ދައްކަވަނީ
ރާއްޖެއެމްވީ
މާލެ ސިޓީ ކައުންސިލް
ސިޓީ ކައުންސިލަށް ހައުސިންގ މިނިސްޓްރީގެ އެއްބާރުލުން ނުލިބޭ: ޝިފާ
ގޮންޖެހުންތަކެއް ހުރި ނަމަވެސް ކައުންސިލްގެ ފަރާތުން މަސައްކަތްކުރަމުންދަނީ ރައްޔިތުންގެ ލާބައާއި މަންފާއަށް
މާލޭ ދެކުނު ފަރާތުން ނެރު ކެނޑުމުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ހިނގާ
މަރުކޭޓު ސަރަހައްދަށް ދިމާވެފައިވާ ކަންތައްތަކަކީ ފުލުހުންނަށް ޙައްލުކުރެވޭނެ މައްސަލެއް

މާލޭގެ ކުރިއެރުމަށް މަސައްކަތް ކުރުމަށް ހައުސިންގ މިނިސްޓްރީގެ ފަރާތުން އެއްބާރުލުން ނުލިބޭކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

މާލޭގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި މަޝްވަރާތައްކޮށް މަސައްކަތް ކުރެއްވުމަށްޓަކައި ހައުސިންގ މިނިސްޓްރީއަށް އެތައް ސިޓީތަކެއް ފޮނުއްވާފައިވާ ކަމަށާއި އެ މިނިސްޓްރީން ސިޓީ ތަކައް ޖަވާބު ނުދެއްވައި، މާލެ ސިޓީ ކައުންސިލާ އެކު މަޝްވަރާތައް ކުރަން ބޭނުންނުވުމަކީ ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހެން ކަމަށް ޝިފާ ވިދާޅުވިއެވެ.   

ފާއިތުވި ތިން މަސް ތެރޭގައި ކައުންސިލްގެ ކައުންސިލްގެ ފަރާތުން ކޮށްފައިވާ ކަންތައްތަކާއި ބެހޭގޮތުން މައުލޫމާތު ދެއްވުމަށް ނޫސްވެރިންނަށް ބޭއްވި ބައްދަލުވުމެއްގައި ޝިފާ ވިދާޅުވީ ގޮންޖެހުންތަކެއް ހުރި ނަމަވެސް ކައުންސިލްގެ ފަރާތުން މަސައްކަތްކުރަމުންދަނީ ރައްޔިތުންގެ ލާބައާއި މަންފާއަށް ކަމަށެވެ.

ޝިފާ ވަނީ މި ވަގުތު ރައްޔިތުންނަށް ދިމާވެފައިވާ މައިގަނޑު ކަންތައްތަކެއް ފާހަގަކުރައްވާފައެވެ. އެއީ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ދަތިކަމާއި މާރުކޭޓް ސަރަހައްދުގައި ހުރި ދަތިތަކާއި މާލޭގެ ބިންތައް ސަރުކާރުން ހިއްކަމުންދާއިރު އެ ތަންތަން އެކި ޤައުމުތަކަށް ވިއްކަމުންދާ ދިޔުމާއި އިންޖީނިއަރިންގެ ކަންތައްތައް ނުބަލައި މާލޭ ދެކުނު ފަރާތުން ނެރު ކެނޑުމުގެ ސަބަބުން ނުރައްކާތެރި ހާދިސާތައް ހިނގާ އުޅަދުފަހަރުތަކަށް ދިމާވެފައިވާ ގެއްލުން  ފާހަގަކޮށްފައެވެ.

ޝިފާ ވިދާޅުވީ މަރުކޭޓު ސަރަހައްދަށް ދިމާވެފައިވާ ކަންތައްތަކަކީ ފުލުހުންނަށް ޙައްލުކުރެވޭނެ މައްސަލެއް ކަމަށާއި ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހި ކަމުގެ މައްސަލަ ސަރުކާރުން ޙައްލުކުރަން ޖެހޭނެ ކަމަށެވެ.

"ވަގުތީ ގޮތުން މާލޭ ދެކުނު ފަރާތުން އަލަށް ކެނޑި ނެރު ބަންދުކުރަން އެބަޖެހޭ. އުޅަދުފަހަރުތަކަށް ކައިރިކުރެވޭނެ އެހެން ޖާގައެއް ހޯދައިދޭން ސަރުކާރުން އެބަޖެހޭ. މިހާރުވެސް އެތަނގައި އެކި ނުރައްކާތެރި ހާދިސާތައް ހިނގަމުން ދަނީ. މިކަން ހައްލު ނުކުރެވިއްޖެ ނަމަ އެއީ ފޫ ނުބެއްދޭ ވަރުގެ ގެއްލުމެއް" ޝިފާ ވިދާޅުވިއެވެ.

މާލޭ ދެކުނު ފަރާތުގައި އިންޑަސްޓްރިއަލް ވިލެޖެއް ސަރުކާރުގެ ފަރާތުން ހެދުމުގެ މަސައްކަތްކުރައްވަމުން ދާއިރު އެތަނުގައި ތޮށި ހުރީ ރާޅު ނަގާ ދިމާލުގެ ބުޑުގައި ކަމަށްޝިފާ ވަނީ ފާހަގަކުރައްވާފައެވެ.

ލަންކާގައި ދިރިއުޅެމުންދާ ދިވެހި ކުދިން ވިހެއުމަށްފަހު އެތަނގާއި ހުންނަ ރާއްޖޭގެ އެމްބަސީ މެދުވެރިކޮށް މާލެ އަންނަން ނުޖެހި އެ ކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓް ހެދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ފޮރިން މިނިސްޓްރީއާ އެއްކޮށް މަޝްވަރާތަކެއް ކޮށްފައިވާ ކަމަށްވެސް ޝިފާ ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް