ކ. މާލެ
|
28 އޯގަސްޓް 2017 | ހޯމަ 11:54
ސައީދާ އުމަރު - ބީއެމްއެލްގެ އައު ޗެއަޕާސަން
ސައީދާ އުމަރު - ބީއެމްއެލްގެ އައު ޗެއަޕާސަން
ބީއެމްއެލް
ބީއެމްއެލްގެ ޗެއަޕާސަން
ބީއެމްއެލްގެ ޗެއަޕާސަނަކަށް ސައީދާ އުމަރު ހަމަޖައްސައިފި
ކުރިން އެމަޤާމުގައި ހުންނެވީ ފަރީހާ
ސާފު ފައިދާގެ ގޮތުގައި 1.02 ބިލިޔަން ރުފިޔާ ބޭންކަށް ލިބިފައިވޭ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އައު ޗެއަރޕާސަނަކަށް ސައީދާ އުމަރު ހަމަޖައްސައިފި އެވެ.

 

ބީއެމްއެލްއިން ބުނި ގޮތުގައި އެ މަގާމަށް ސައީދާ އުމަރު ހަމަޖައްސާފައިވަނީ އެ ބޭންކްގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމެއްގައި އެވެ.

 

ސައީދާ އަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓްގެ ޕޮލިސީ ކޮންސަލްޓެންޓް އަދި ޗައިނާ މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމަންޓް ވަރކިންގ ގްރޫޕްގެ ކޯ ޗެއަރ އެވެ.

 

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ އިކޮނޮމިކް އެމްޕަވަރމެންޓް އޮފް ވިމެން ކައުންސިލްގެ މެމްބަރެއްގެ ގޮތުގައިވެސް ސައީދާ މަސައްކަތްކުރައްވައެވެ.

 

އެ މަޤާމުގައި ކުރިން ހުންނެވި ފަރީހާ ޝަރީފް ވަނީ ދެ އަހަރު ދުވަހު މަގާމު އަދާކުރެއްވުމަށްފަހު އިތުރު ދައުރަކަށް ބޯޑަށް ކުރިމަތި ނުލެއްވުމަށް ނިންމަވަފައެވެ.

 

މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 1.02 ބިލިޔަން ރުފިޔާ ބޭންކަށް ލިބިފައިވެއެވެ. މިދިޔަ އަހަރަކީ މިހާތަނަށް ބީއެމްއެލްއަށް އެންމެ ބޮޑު ފައިދާއެއް ލިބުނު އަހަރެވެ. ބީއެމްއެލްއިން ނިންމާފައިވަނީ ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި 107،638،400 ރުފިޔާ ބެހުމަށެވެ. އެއީ ހިއްސާއަކަށް 20 ރުފިޔާގެ ޑިވިޑެންޑެކެވެ.

 

ބީއެމްއެލްގެ ބޯޑުގައި ސަރުކާރުން އައްޔަނުކުރާ އަށް ޑިރެކްޓަރަކާއި، އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް އައްޔަނުކުރާ ތިން ޑިރެކްޓަރުންނާއި އެކު ޖުމްލަ 11 މެންބަރުން ތިއްބަވައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
- ކޮމެންޓް