ކ. މާލެ
|
28 އޯގަސްޓް 2017 | ހޯމަ 12:10
ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު
ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު
ރައީސް އޮފީސް
ސުޕްރީމް ކޯޓުގެ ހުކުމް
މެމްބަރުން ހައްޤަށް ސުޕްރީމް ކޯޓުން ފަރުވާއެއް ނުދިނިމަކީ ހިޔާނާތެއް: ދިޔާނާ
ސުޕްރީމް ކޯޓުގެ މި ހުކުމާއި ގުޅުގެން އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ ހަތަރު މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަަމަށް
ޕީޕީއެމް އިން ބުނެފައިވަނީ މެންބަރުންގެ ގޮނޑި ގެއްލިއްޖެކަން ކަށަވަރުވެއްޖެކަމަށް
ގޮޮނޑި ގެއްލުނު ކަމަށް ބުނާ މައްސަލައިގައި އިތުރު ސުވާލުތަކެއް އުފެދޭ ގޮތަށް ސުޕްރީމް ކޯޓުންވަނީ ހުކުމް ނެރެފައި

 މެމްބަރުން ހައްޤަށް ސުޕްރީމް ކޯޓުން ފަރުވާއެއް ނުދިނިމަކީ ހިޔާނާތެއް ކަމަށް ކުރީގެ ބަންޑާރަ ނައިބް އަލްއުސްތާޒާ ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަތަރު މެމްބަރުންނާއި އެ ދާއިރާގެ ރައްޔިތުންގެ ހައްގު ސަރުކާރުން ފޭރުނު މައްސަލާގައި، ކަޅާއި ހުދުގެ ސާފު ފަރުވާއެއް ސުޕްރީމް ކޯޓުން ނުދެވުމަކީ ހިޔާނާތެއް ކަމަށް ދެކޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް ބުނާ މައްސަލައިގައި އިތުރު ސުވާލުތަކެއް އުފެދޭ ގޮތަށް ސުޕްރީމް ކޯޓުންވަނީ އާދިއްތަ ދުވަހު ހުކުމް ނެރެފައެވެ.

ސުޕްރީމް ކޯޓުގެ މި ހުކުމާއި ގުޅުގެން އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ ހަތަރު މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށެވެ. އެހެންނަމަވެސް މިކަމާއި ގުޅިގެން ޕީޕީއެމް އިން ބުނެފައިވަނީ މެންބަރުންގެ ގޮނޑި ގެއްލިއްޖެކަން ކަށަވަރުވެއްޖެކަމަށާއި، އިދިކޮޅު ފަރާތްތައް ދަނީ ރައްޔިތުންނަށް އޮޅުވާލަމުންކަމަށެވެ.

މި ހަތަރު މެންބަރުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ އެ މެންބަރުންނަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައި ދެއްވުމަށެވެ. މީގެ އިތުރުން، މި މައްސަލަތަކުގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭނެ ފުރުސަތު ފަހިކޮށްދިނުމަށާއި، ބާއްވަން ނިންމާފައިވާ ބައި-އިލެކްޝަންތައް ހުއްޓުވައި ދިނުމުގެ ވަގުތީ އަމުރަކަށް މެންބަރުން އެދުނެވެ.

ސުޕްރީމް ކޯޓުން މީގެ ކުރިން ޝަރީއަތުގެ މަޖިލިސް ބާއްވައިގެން ހުކުމް ކުރި ނަމަވެސް، މި ހުކުމް ކޮށްފައިވަނީ ޝަރީއަތުގެ މަޖިލީހެއްގައެއް ނޫނެވެ. މެންބަރުންގެ ވަކީލުންތައް ކޯޓަށް ހާޒިރުކޮށްގެން ހުކުމް ހަވާލުކުރީ އިރުއޮއްސި 6:00 ހާއިރު އެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް