ކ. މާލެ
|
28 އޯގަސްޓް 2017 | ހޯމަ 09:04
ނެރުމައްޗަށް އެރި ދޯނި އެއްގަމުތޮށި ކައިރިއަށް ގެނައުމަށް ވާ ޖަހައިގެން ބަޔަކު މަސައްކަތް ކުރަނީ
ނެރުމައްޗަށް އެރި ދޯނި އެއްގަމުތޮށި ކައިރިއަށް ގެނައުމަށް ވާ ޖަހައިގެން ބަޔަކު މަސައްކަތް ކުރަނީ
ޓްވިޓަރ
ދޯންޏެއް ނެރުމައްޗަށް އެރުން
ދެކުނު ފަރާތު ނެރުމައްޗަށް އަނެއްކާ ވެސް ދޯންޏެއް އަހަރައިފި، ދޯނި ފުންކުރުމުގެ އަންބާ އަކަށް "މުއިއްޒު، ދަމާ"!
ދޯނި ނެރުމައްޗަށް އަރާފައިވަނީ މިރޭ ވަގުތެއްގައި

މާލޭ ދެކުނު ފަރާތުން ކަނޑާފައިވާ އާ ނެރަށް  ދޯންޏެއް އަރައިފިއެވެ.

ނެރުމައްޗަށް އަރާފައި ވަނީ މަސްވެރިކަންކުރާ "މޯފާ 301" ނަމަކަށް ކިޔާ ދޯންޏެކެވެ. ދޯނި ނެރުމައްޗަށް އަރާފައިވަނީ  އާދިއްތަ ދުވަހުގެ ރޭ 9 ޖެހިއިރު އައި ބޮޑު ރާޅަކާއިއެކު އެވެ.

ދޯނީގެ ކައްޕި މުހައްމަދު މައުސޫމް ބުނީ މި ދޯންޏަކީ ކ. ތުލުސްދޫގައި މަސްވެރިކަން ކުރާ ދޯންޏެއް ކަމަށެވެ. ދޯނި ނެރުމައްޗަށް އެރި އިރު ދޯނީގައި ތިބީ ކައްޕި އާއި ބިދޭސީ މީހެކެވެ. 

މީގެ އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ. 

މައުސޫމް ވިދާޅުވީ ދޯނި ޓީ ޖެޓިގައި މަޑުކުރެވެން ނެތުމުން ދެކުނު ފަރާތު ނެރަށް 3 ފަހަރު މަތިން ވަންނަން  ދިޔަކަމަށެވެ. މި ހާދިސާގައި ދޯންޏަށް ބޮޑެތި ގެއްލުންތަކެއްވި އެވެ. 

ނެރަށް އެރި މި ދޯނި ފުންކުރީ ވާޖަހައި ގެންނެވެ. ދޯނި ފުންކުރަން އުޅުނު މީހުން އަންބާއެއްގެ ގޮތުގައި ކިޔަމުން ދިޔައީ "މުއިއްޒު، ދަމާ" މިހެންނެވެ. 

 

 ދެކުނު ފަރާތު ނެރުން ވަދެ ނުކުމެ އުޅުމުގެ ތެރޭގައި މިފަދަ ނުރައްކާތެރި ގިނަ ޙާދިސާތަކެއް ދަނީ ހިނގަމުންނެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
28 އޯގަސްޓް 2017 | ހޯމަ 13:56
ހމޒ
ނެރުން ވަންނަ އިރު ކައްޕިން މިހާރަށް ވުރެ ބޮޑަށް ސަމާލު ވާން ޖެހޭ!؟
28 އޯގަސްޓް 2017 | ހޯމަ 13:54
626
ހައްލަކީ ބަލައިގެން ނެރުން ވަދެ ނިކުތުން. ސަބަބަކީ ހުރިހާ މޮޅެއް ނުލިބޭނެ ހުރިހާ ފަސޭހައެއް ނުލިބޭނެ އެތަނެއްގެ ގޮތް އެގިގެން އެތަނުން ވަދެނުކުތުން!؟