ކ. މާލެ
|
22 އޯގަސްޓް 2017 | އަންގާރަ 12:55
މާކިއޯ މޯލްޑިވްސް ކޫއްޑޫ ރިސޯޓް
މާކިއޯ މޯލްޑިވްސް ކޫއްޑޫ ރިސޯޓް
ގޫގުލް
މާކިއޯ މޯލްޑިވްސް ކޫއްޑޫ
މާކިއޯ މޯލްޑިވްސް ކޫއްޑޫ ރިސޯޓް ހުޅުވައިފި
މާކިއޯއަކީ މިވަގުތު އެއަރޕޯޓަކުން ސީދާ ރިސޯޓަށް ދެވޭ ހަމައެކަނި ރިސޯޓު

އެއާޕޯޓުން ސީދާ ރިސޯޓަށް ދެވޭ ގޮތަށް ތަރައްޤީކޮށްފައިވާ ރާއްޖޭގެ ފުރަތަމަ ރިސޯޓް، މާކިއޯ މޯލްޑިވްސް ކޫއްޑޫ ރިސޯޓް ހުޅުވައިފި އެވެ.

 

އޮގަސްޓް މަހުގެ ވިހި ވަނަ ދުވަހު މިރިސޯޓް ހުޅުވާފައިވާއިރު މިއީ ހަތަރު ތަރީގެ ރިސޯޓެކެވެ.

 

ގއ. އަތޮޅު ކޫއްޑޫގައި ތަރައްޤީކޮށްފައިވާ މިރިސޯޓްގައި 43 ވޯޓަރ ވިލާސްއާއި 25 ބީޗް ވިލާސް ހިމެނޭއިރު އޭގެ ތެރޭގައި ޕްރައިވެޓް ސްވިމިން ޕޫލް އައި ޕްރައިވެޓް ވިލާސްތައް ހިމެނެއެވެ.

 

މާކިއޯ ބްރޭންޑުން ޔަޤީންކޮށްދޭ ގޮތުގައި މިއީ ހިތްގައިމު ކަމާއި އެކީ ރާއްޖޭގެ މާހައުލާއި ގުޅޭގޮތަށް ފަރުމާކޮށްފައިވާ ހިތް ފަސޭހަ ރިސޯޓެކެވެ.

އެގޮތުން އެރިސޯޓުގައި ޗުއްޓީ ހޭދަ ކުރާ ފަތުރުވެރިންނަށް ހާއްސަ އެއް ކަމަކީ ތަފާތު ގިނަ ރަހަތަކުގެ ކާއެއްޗެސް ލިބުމުގެ ފުރުސަތު އެރިސޯޓުން ހުޅުވާލާފައިވުން ކަމަށާއި އެގޮތުން އެލިޓާ ރެސްޓޯރަންޓުން ތަފާތު ގިނަ ވަތްތަރުގެ ބުފެޓް ލިބެން ހުރި އިރު، އޯވާރ ވޯޓަރ ރެސްޓޯރަންޓަކާއި، ތަފާތު ގިނަ ބުއިންތައް ލިބޭ ހާއްސަ ލައުންޖެއްގެ އިތުރުން އެލިޓަރ ޕޫލް ބާރއަކީވެސް ހާއްސަ ތަނެއް ކަމަށް އެރިސޯޓުން މައުލޫމާތުދެއެވެ.

 

ރިސޯޓުންދޭ ހިދުމަތްތަކުގެ ތެރޭގައި ފައިވް ސްޓަރ ފެންވަރުގެ ޑައިވިން ހިދުމަތުގެ ގޮތުން ސްވާދިވާ ޑައިވާސްއާއި ހާއްސަ ވޯޓަރ ސްޕޯޓްސް ސެންޓަރެއްވެސް ވަނީ ޤާއިމްކޮށްފައެވެ.

 

މާކިއޯ ރިސޯޓަކީ ރާއްޖޭގައި މިވަގުތު އެއަރޕޯޓަކުން ސީދާ ރިސޯޓަށް ދެވޭ ހަމައެކަނި ރިސޯޓެވެ. އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ކޫއްޑޫ އެއަރޕޯޓަށް 55 މިނިޓުން ދަތުރުކުރެވެ އެވެ.

 

މާކިއޯ ރިސޯޓް ތަރައްޤީކޮށްފައިވަނީ ކޫއްޑޫ އެއަރޕޯޓާއި ޖެހިގެން އެރަށުގެ އެއް ފަޅީގައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި، އެރިސޯޓުގެ ވީއައިޕީ ލައުންޖެއް ވަނީ ޤާއިމްކޮށްފައެވެ.

 

މާކިއޯއަކީ ފްރާންސްގެ މަލްޓިނޭޝަނަލް ގުރޫޕުގެ ބްރޭންޑެކެވެ. މި ކުންފުނީގެ ދަށުން އިތުރު ރިސޯޓެއް ގއ. ގައި ތަރައްޤީ ކުރުމަށް މިހާރުވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް