ކ. މާލެ
|
10 ފެބްރުއަރީ 2025 | ހޯމަ 19:21
ލ،ގަން ރީޖަނަލް ހޮސްޕިޓަލުގެ ބޭރުން ނަގާފައިވާ ފޮޓޯއެއް. ފޮޓޯ: މިހާރު
ލ،ގަން ރީޖަނަލް ހޮސްޕިޓަލުގެ ބޭރުން ނަގާފައިވާ ފޮޓޯއެއް. ފޮޓޯ: މިހާރު
މިހާރު
އެންއެސް އައިވީ ހުސްވުން
ގަމު ރީޖަނަލް ހޮސްޕިޓަލުން އެންއެސް އައިވީ ފުލުއިޑް ހުސްވެެއްޖެ
ގަން ރީޖަނަލް ހޮސްޕިޓަލުން ހުސްވެފައިވަނީ ސަލައިން (އެންއެސް) އައިވީ ފްލުއިޑް
މި އައިވީ ފުލުއިޑް ވަނީ އެ ހޮސްޕިޓަލުގައި ހުންނަ އެސްޓީއޯ ފާމަސީން ވެސް ހުސްވެފައި

އާންމު ބަލިމީހުންނަށާއިި އިމަރޖެންސީ ހާލަތްތަކުގައި އެންމެ ގިނައިން ބޭނުންކުރާ ނޯމަލް ސަލައިން (އެންއެސް) އައިވީ ފްލުއިޑް ހައްދުންމަތީ ގަމު ރީޖަނަލް ހޮސްޕިޓަލުން ހުސްވެފައިވާކަން "ރާއްޖެ އެމްވީ" އަށް ކަށަވަރުވެއްޖެއެވެ.

ގަމު ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމަށް ދިއަ އެ އަތޮޅަށް ނިސްބަތްވާ އާންމު ފަަރާތަކުން ދިން މައުލޫމާތަކާއި ގުޅިގެން ރާއްޖެ އެމްވީގެ ނިއުސް ޓީމުން ބެލިބެލުމުން ކަށަވަރުވެފައިވަނީ އެ ހޮސްޕިޓަލުން ހުސްވެފައިވަނީ އިމަރޖެންސީ ހާލަތްތަކުގައި ދޭ އެންމެ އަސާސީ އެއް ފްލުއިޑް ކަމުގައިވާ އެންސީ އައިވީ ފުލުއިޑް އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭސް އިމްޕޯޓަރު، އެސްޓީއޯގެ ފާމަސީތަކުގެ ތެރެއިން ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ހުންނަ އެސްޓީއޯ ފާމަސީންވެސް ވަނީ އެންއެސް އައިވީ ފުލުއިޑް ހުސްވެފައިވާ ކަން މި ނޫހަށް ކަށަވަރުކޮށްދީފައެވެ.

މިކަމާއި ގުޅިގެން ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ގަމު ރީޖަނަލް ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އަބްދުލް ޙަންނާނު ވިދާޅުވީ އެ ހޮސްޕިޓަލުން އައިވީ ހުސްވެއްޖެ ކަމަށް ބުނެ ބައެއް މީޑިއާތަކުން ޚަބަރު ފަތުރާފައިވާ ކަމަށާއި ނަމަވެސް އެއީ ސައްޚަ ޚަބަރެއް ނޫންކަމަށެވެ. އަދި ކޮންމެ މީޑިއާއަކުން މިފަދަ ޚަބަރު ފެތުރި ނަމަވެސް އެއީ ކިހިނެއް ކޮން ގޮތަކުން ވެފައިވާ ކަމެއްތޯ، ހުސްވެގެން އުޅެނީ ކޮންކަހަލަ އައިވީ ފުލުއިޑްއެއްތޯ ވެސް ސާފުކުރަން ޖެހޭކަމަށެވެ.

ހަންނާން އިތުރަށް ވިދާޅުވީ ހޮސްޕިޓަލުގައި އައިވީ ހުސްވެފައިތޯ ބަލަން ބައެއް ފަރާތްތަކުން އެ ހޮސްޕިޓަލްގެ އޯޕީޑީ ކައުންޓަރަށްވެސް ގުޅަމުންގެންދާ ކަމަށާއި އެއީ އެކަން ކުރަން އޮތް އެންމެ ރަނގަޅުގޮތެއް ނޫންކަމަށެވެ.

ބައެއް މީޑިއާތަކުން ހޮސްޕިޓަލުގެ އޯޕީޑީ ކައުންތަރަށް ގުޅާފަ އެބަ އަހާ ހޮސްޕިޓަލުން އައިވީ ހުސްވެފަތޯ ހުރީ. އަދި އެތަނަށް ގުޅުމުގެ ބަދަލުގައި ކަމާއި ގުޅުންހުރި އެއްވެސް ފަރާތަކަށް ގުޅާފަ ވެގެން އުޅޭގޮތްވެސް ސާފުކޮށްލަން ރަނގަޅު ދެއްތޯ. ހުސްވެގެން އުޅެނީ ކޮންކަހަލަ އައީވީއެއްތޯ ބުނީމަ ތާ އެނގޭނީ ތިކަމުގަ އެއްޗެއް ބުންނަންވެސް. އައިވީ ހުރޭ ވަރަށް ގިނަ ވައްތަރުތައް
ލ.ގަން ރީޖަނަލް ހޮޕިޓަލްގެ ސީއީއޯ އަބްދުލް ޙަންނާން

މީގެ އިތުރުން އެ ހޮސްޕިޓަލުން ޑޮކްޓަރަށް ދައްކަން ދާ ގިނަ މީހުން ބޭސްނަގަންނަ އެސްޓީއޯ ފާމަސީއަށް ދިޔުމުން ބުނަނީ އެންއެސް އައިވީ ފުލުއިޑް މިވަގުތު ހުރީ ހުސްވެފައި ކަމަށާއި ނަމަވެސް ދެ ދުވަހެއްގެ ތެރޭގައި އެ އައިވީ ލިބޭނެ ކަމަށެވެ.

މިއީ ހޮސްޕިޓަލުތަކުގައި ބަލިމީހުންނަށް ފަރުވާ ދިނުމަށް ކޮންމެހެން ބޭނުންވާ ބޭހެއް ކަމަށް ޞިއްޙީ މާހިރުން ފާހަގަކުރައްވައެވެ. ޚާއްޞަކޮށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭ ބަލިމީހުންނަށާއި، އިމަރޖެންސީ ހާލަތްތަކުގައިއޮޕަރޭޝަން ކުރާ މީހުންނަށާއި، ޑީހައިޑްރޭޝަންގެ މައްސަލަ ދިމާވާ ބަލިމީހުންނަށް ފަރުވާ ދިނުމަށެވެ.

މިވަގުތު ބަލިމީހުނަށް ފަރުވާ ދިނުމުގައި ބޭނުން ކުރަނީ ހޮސްޕިޓަލުތަކުގައި ހުރި އެންމެ ފަހު ސްޓޮކުންނެވެ.  އަދި، މިސްޓޮކް ހުސްވާންވާއިރަށް ނުލިބި ލަސްވެއްޖެނަމަ، ބަލިމީހުންނަށް އެކަށީގެންވާ ފަރުވާ ދިނުމަށް ދަތިތަކާ ކުރިމަތިވާނެ ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.

މި ދުވަސްވަރަކީ ރާއްޖޭގައި އަސާސީ ބޭސްތައް ހުސްވުމުގެ މައްސަލަ ދިމާވަމުންދާ ދުވަސްވަރެކެވެ. އެގޮތުން ގިނަ ބަޔަކު ދަނީ މިފަދަ އަސާސީ ބޭސްތައް ހުސްވުމަކީ ވަރަށް ކަންބޮޑުވާންޖެހޭ ކަމެއްކަމަށް ބުނަމުންނެވެ.

- ކޮމެންޓް