Advertisement
ކ. މާލެ
|
23 ނޮވެންބަރ 2025 | އާދީއްތަ 18:26
މުލީ ރީޖަނަލް ހޮސްޕިޓަލް
މުލީ ރީޖަނަލް ހޮސްޕިޓަލް
ސޯޝަލް މީޑިއާ
މުލި ރީޖަނަލް ހޮސްޕިޓަލް
މުލީ ރީޖަނަލް ހޮސްޕިޓަލުގައި ސިޒޭރިއަން ހަދަން މީހަކު ހޭނައްތާފައި އޮއްވާ ކަރަންޓު ކެނޑު މައްސަލައެއް، ނަމަވެސް ހޮސްޕިޓަލުން މިކަން ދޮގުކުރޭ
ބެކަޕް ޖެނެރޭޓަރަށް އެއްވެސް މައްސަލައެއް ދިމާ ނުވާ ކަމަށް ހޮސްޕިޓަލްގެ މެނޭޖަރު ވިދާޅުވެފައިވޭ
މި ފަހުން މުލިން ކަރަންޓުގެ ކެނޑޭ މައްސަލަ ވަނީ ބޮޑު ވެފައި

މ. މުލީ ރީޖަނަލް ހޮސްޕިޓަލަށް ސިޒޭރިއަން ހަދަން މީހަކު ހޭނައްތާފައި އޮއްވާ ކަރަންޓު ކެނޑު މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ރާއްޖެއެމްވީ އަށް މުލީ ރީޖަނަލް ހޮސްޕިޓަލުން ކަރަންޓު ކެނޑުނުކަން ވަނީ ކަށަވަރު ކޮށްދީފަ އެވެ. ނަމަވެސް ދިމާވި ކޮން މައްސަލައެއް ކަމެއް ހާމައެއް ނުކުރެ އެވެ.

އެރަށުން މައުލޫމާތު ދިން މީހަކު ބުނީ، މީހަކު ސިޒޭރިއަން ހެދުމަށް ވައްދާފައި އޮއްވާ ހޮސްޕިޓަލުން ކަރަންޓު ކެނޑުނު ކަމަށާއި، ގާތްގަނޑަކަށް 10 ވަރަކަށް މިނެޓްވި ކަމަށެވެ. އަދި ކަރަންޓު ދިޔައިރު އެ އަންހެން މީހާ އޮތީ ހޭނައްތާފައި ކަމަށް އެމީހާ ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހޮސްޕިޓަލުން ކަރަންޓު ކެނޑުނުއިރު، ހޮސްޕިޓަލްގެ ބެކަޕް ޖެނެރޭޓަރު މަސައްކަތެއް ނުކުރެ އެވެ.

ރާއްޖެއެމްވީ އަށް މުލީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު ހުސައިން ލަތީފް ވިދާޅުވީ، ކަރަންޓު ކެނޑުނުތާ ގާތްގަނޑަކަށް ތިން މިނެޓު ފަހުން ކަރަންޓުގެ ޚިދުމަތް ދީިފައިވާ ކަމަށާއި، ބެކަޕް ޖެނެރޭޓަރަށް އެއްވެސް މައްސަލައެއް ދިމާނުވާ ކަމަށެވެ. އަދި ކަރަންޓު ކެނޑުނީ އެމީހާ އޮޕަރޭޝަނަށް ވެއްދިތަނާ ކަމަށާއި، ހޭނައްތާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ފަހުން މުލިން ކަރަންޓުގެ ކެނޑޭ މައްސަލަ ވަނީ ބޮޑު ވެފަ އެވެ. އެރަށަށް ކަރަންޓުގެ ޚިދުމަތް ދެމުންދަނީ ފެނަކައިނެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން ފެނަކާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

- ކޮމެންޓް