ކ. މާލެ
|
5 ފެބްރުއަރީ 2025 | ބުދަ 11:31
އެފްއޭއެމްގެ ވަގުތީ ޖެނަރަލް ސެކްރެޓަރީ އަކަށް ހަމަޖެއްސި މުޙައްމަދު ޝުޖާއު
އެފްއޭއެމްގެ ވަގުތީ ޖެނަރަލް ސެކްރެޓަރީ އަކަށް ހަމަޖެއްސި މުޙައްމަދު ޝުޖާއު
ޕީއެސްއެމް
އެފްއޭއެމް
އެފްއޭއެމްގެ ވަގުތީ ޖެނަރަލް ސެކްރެޓަރީ އަކަށް ޝުޖާއު
އޭނާ ވަނީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ޖެނަރަލް މެނޭޖަރުގެ މަގާމު އަދާކޮށްފަ އެވެ. އޭގެ އިތުރުން މޯލްޑިވްސް ގޭސްގެ ބޯޑު ޑައިރެކްޓަރުކަން ވެސް ޝުޖާއު ވަނީ އަދާކޮށްފަ އެވެ. މީގެ އިތުރުން ޝުޖާއު ވަނީ އައްޑޫ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމު ވެސް އަދާކޮށްފަ އެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ވަގުތީ ޖެރަނަލް ސެކްރެޓަރީގެ މަގާމަށް، މުޙައްމަދު ޝުޖާއު ހަމަޖައްސައިފި އެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީގެ މަގާމު ހުސްވީ އެންމެ ފަހުން އެ މަގާމުގައި ހުރި ނާހިލް މުޙައްމަދު ސިއްދީޤު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ މަގާމުން ނާހިލް އިސްތިއުފާ ދެއްވާފައި ވަނީ މިދިޔަ ހަފުތާާގެ ބުދަ ދުވަހުގެ ވަގުތެއްގަ އެވެ. އިސްތިއުފާ ދެއްވި ސަބަބާ ގުޅޭ ގޮތުން މިވަގުތު މާބޮޑު ވާހަކައެއް ދައްކަން ބޭނުން ނުވާ ކަމަށް ވެސް ނާހިލް ވަނީ އޭރު ވިދާޅުވެފަ އެވެ.

އެފްއޭއެމްގެ ނޯމަލައިޒިން ކޮމެޓީގެ ޗެއާމަން އަޙުމަދު ޒުހޫރު "ރާއްޖެ" އެމްވީ އަށް ވިދާޅުވީ، އެފްއޭއެމްގެ ވަގުތީ ޖެނަރަލް ސެކްރެޓަރީގެ މަގާމަށް ޝުޖާއު ހަމަޖައްސާފައިވާ ކަމަށެވެ. އެ މަގާމަށް ޝުޖާއު ހަމަޖެއްސިއިރު، އޭނާ އެފްއޭއެމްގައި މަސައްކަތް ކުރަމުން އަންނަތާ ތިން މަސް ދުވަސް ވެފައިވާ ކަމަށް ވެސް ޒުހޫރު ވަނީ ވިދާޅުވެފަ އެވެ. އެގޮތުން އޭނާ ހުރީ އެފްއޭއެމްގެ އައިޓީ، މާކެޓިން އެންޑް ޕީއާރުގެ ހެޑްގެ މަގާމުގަ އެވެ.

ޝުޖާއު އަކީ ގިނަ އަހަރުތަކެއް ވަންދެން ސަރުކާރުގެ ގިނަ ކުންފުނިތަކެއްގެ އިސް މަގާމުތަކެއް އަދާކޮށްފަ އެވެ. އޭނާ ވަނީސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ޖެނަރަލް މެނޭޖަރުގެ މަގާމު އަދާކޮށްފަ އެވެ. އޭގެ އިތުރުން މޯލްޑިވްސް ގޭސްގެ ބޯޑު ޑައިރެކްޓަރުކަން ވެސް ޝުޖާއު ވަނީ އަދާކޮށްފަ އެވެ. މީގެ އިތުރުން ޝުޖާއު ވަނީ އައްޑޫ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމު ވެސް އަދާކޮށްފަ އެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީގެ މަގާމަށް ނާހިލް ހަމަޖެއްސީ މިދިޔަ އަހަރުގެ ނޮވެމްބަރު މަަހުގެ 10 ވަނަ ދުވަަހު އެވެ. މަގާމުގައި ދެ މަހާ ދުވަސްކޮޅެއް ހޭދަ ކުރުމަށްފަހު، ނާހިލް އިސްތިއުފާ ދީފައިވާއިރު، އެފްއޭއެމްގެ ތެރޭގައި ގިނަ މައްސަލަތަކެއް އުޅޭ ކަމުގެ އަޑުތަކެއް ވެސް ވަނީ ފަތުރިފަ އެވެ. ނާހިލް އިސްތިއުފާ ދިނުމުގެ ކުރިން ގިނަ ކުލަބުތަކަކުން ވަނީ އޭނާގެ މަސައްކަތާ މެދު ހިތްހަމަ ޖެހޭކަން ފާހަގަކޮށް އެފްއޭއެމްގެ ނޯމަލައިޒިން ކޮމެޓީ އަށް ސިޓީއެއް ވެސް ފޮނުވައިފަ އެވެ.

އެފްއޭއެމްގެ ނޯމަލައިޒިން ކޮމެޓީގެ ޗެއާމަން އަށް އެޑްރެސްކޮށް ފޮނުވާފައި އެ ސިޓީގައި އެފްއޭއެމްގެ މެމްބަރު ދެ ކުލަބެއް ފިޔަވައި، ހުރިހާ ކުލަބަކުން ވަނީ ސޮއި ކޮށްފަ އެވެ. އޭގެ ތެރޭގައި ފުރަތަމަ ޑިވިޝަންގެ އަށް ކުލަބެއް ވެސް ހިމެނެ އެވެ.

- ކޮމެންޓް