ކ. މާލެ
|
1 ފެބްރުއަރީ 2025 | ހޮނިހިރު 19:52
އއ.އުކުޅަސް
އއ.އުކުޅަސް
ގޫގުލް
ފަތުރުވެރިޔަކު ނިޔާވުން
އއ. އުކުޅަހުގައި މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ނިޔާވެއްޖެ، ބެލެވެނީ ހާޓް އެޓޭކެއް ކަމަށް
އެ ހާދިސާ ހިނގާފައި ވަނީ ހޮނިހިރު ދުވަހު ހަވީރު 5:26 ހާއިރު
އެނގިފައިވާ ގޮތުން އޭނާ ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް ވަނީ ނިޔާވެފަ

އއ. އުކުޅަހުގައި މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ނިޔާވެއްޖެއެވެ.

އެ ރަށު ކައުންސިލުން ރާއްޖެ އެމްވީ އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި ނިޔާވި މީހާ އަކީ އުކުޅަހުގެ ރީފްސައިޑަށް މޫދަށް އެރި އުޅުނު މީހެކެވެ.

އޭނާ އަކީ އުޒްބަކިސްތާނަށް ނިސްބަތްވާ 74 އަހަރުގެ ފިރިހެނެއް ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

އަދި މިހާރު މަސައްކަތް ކުރަމުން ދަނީ މާލެ އަށް އޭނާ ފޮނުވާލުމަށް ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

މި ނޫހަށް އެނގިފައިވާ ގޮތުން އޭނާ ރާއްޖެ އައީ އަނބި މީހާ އާއި ދަރިފުޅާއި އެކު ޗުއްޓީ ހޭދަކުރުމަށެވެ.

އަދި ހަވީރު މޫދަށް އެރި އުޅުނީވެސް އާއިލާ އާއި އެކުގައެވެ. އަދި މޫދަށް އެރި އުޅެނިކޮށް އޭނާގެ ހަރަކާތް ހުއްޓޭހެން ހީވާތީ ބެލި އިރު ވަރަށް ބޮޑަށް ހަރަކާތް ހުއްޓިފައިވާ ކަމަށް ފާހަގަކުރެވިގެން އޭނާ މޫދުން އެއްގަމަށް ގެނެސް، އޭނާ އަށް ފަރުވާ ދިނުމަށް ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

އެނގިފައިވާ ގޮތުން އޭނާ ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް ވަނީ ނިޔާވެފައެވެ.

އެ ހާދިސާ ހިނގާފައި ވަނީ ހޮނިހިރު ދުވަހު ހަވީރު 5:26 ހާއިރެވެ.

- ކޮމެންޓް