ކ. މާލެ
|
1 ފެބްރުއަރީ 2025 | ހޮނިހިރު 13:45
މިނިސްޓަރ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަަމަންޓްގެ މަގާމަށް ޠާރިޤު އައްުޔަން ކުރައްވަނީ
މިނިސްޓަރ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަަމަންޓްގެ މަގާމަށް ޠާރިޤު އައްުޔަން ކުރައްވަނީ
ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ޓުއަރިޒަމާއި އެންވަޔަރަމަންޓް އެއްކޮށްލައި، ވަޒީރަށް ޠާރިޤު
މީގެ ކުރިން ޠާރިޤު ހުންނެވީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖު، އެންވަޔަރަމަންޓު އެންޑް އެނާޖީގެ މިނިސްޓަރު ކަމުުގެ މަގާމުގައި

ޓުއަރިޒަމް މިނިސްޓްރީ އާއި އެންވަޔަރަމަންޓް މިނިސްޓްރީ އެއްކޮށްލައި، މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓް އުފައްދަވައި، މިނިސްޓަރުކަމުގެ މަޤާމަށް ޠާރިޤު އިބްރާހީމް އައްޔަން ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހޮނިހިރު ދުވަހުގެ މެންދުރު ކުރިއަށް ދިޔަ ރަސްމިއްޔާތުގައި މިނިސްޓަރުކަމުގެ މަގާމަށް ޠާރިޤު އައްޔަން ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އެވެ. އެ ރަސްމިއްޔާތުގައި ޠާރިޤަށް ވަޒީރު ކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މުއްޡަސިމް އަދުނާން އެވެ.

ދެ މިނިސްޓްރީ އެއްކޮށްލަން ރައީސް މުޢިއްޒު ނިންމެވިއިރު، މިދިޔަ ހަފުތާގެ ތެރޭގައި އެމަނިކުފާނު ވަނީ ޓުވަރިޒަމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އިބްރާހީމް ފައިސަލް މަގާމުން ވަކި ކުރައްވައިފަ އެވެ. އެއަށްފަހު އެ މިނިސްޓްރީ ހިންގުން ވަގުތީ ގޮތުން ހަވާލު ކުރީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދުއާ އެވެ.

މީގެ ކުރިން ޠާރިޤު ހުންނެވީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖު، އެންވަޔަރަމަންޓު އެންޑް އެނާރޖީގެ މިނިސްޓަރު ކަމުުގެ މަގާމުގަ އެވެ.

- ކޮމެންޓް