ކ. މާލެ
|
1 ފެބްރުއަރީ 2025 | ހޮނިހިރު 13:42
ރާއްޖެޓީވީގެ ކޮންޓްރޯމް ރޫމް - ކަރަންޓު ކެނޑިފައި
ރާއްޖެޓީވީގެ ކޮންޓްރޯމް ރޫމް - ކަރަންޓު ކެނޑިފައި
ރާއްޖެއެމްވީ
މާލެއިން ކަރަންޓު ކެނޑުން
މުޅިމާލެއިން ކަރަންޓު ކެނޑިގެންދިޔައީ އިންޖީނުގެ ނިވިގެން: ސްޓެލްކޯ
ކަރަންޓުގެ ޚިދުމަތް އެއްކޮށް ދެވިފައިވަނީ 12:58 ހާއިރު

މުޅިމާލެއިން ކަރަންޓުގެ ޚިދުމަތް ކެނޑިގެންދިޔައީ އިންޖީނުގެ ނިވިގެން ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު ގާތްގަނޑަކަށް 11:40 ހާއިރު ކަރަންޓު ކެނޑިގެންދިޔައެވެ.

މިމައްސަލައާ ގުޅިގެން ސްޓެލްކޯއިން ބުނީ މާލޭގެ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވަނީ އިންޖީނުގެއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލޭގެ އިންޖީނުގެ ނިވިގެން ކަމަށެވެ. މާލޭގެ އެކި ސަރަހައްދުތަކަށް ކަރަންޓުގެ ޚިދުމަތް ދެމުންދެމުން ގޮސް ކަރަންޓުގެ ޚިދުމަތް އެއްކޮށް ދެވިފައިވަނީ 12:58 ހާއިރު ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިން ވަނީ ދިމާވި ދަތިތަކަށް މައާފަށް އެދިފައެވެ.

- ކޮމެންޓް