ކ. މާލެ
|
1 ފެބްރުއަރީ 2025 | ހޮނިހިރު 00:07
ރައީސް މުއިއްޒުގެ ގެކޮޅު ކަމުގައިވާ ދިމްޔާތުގެ ކުރިމަތި
ރައީސް މުއިއްޒުގެ ގެކޮޅު ކަމުގައިވާ ދިމްޔާތުގެ ކުރިމަތި
ސަން އޮންލައިން
ދިމްޔާތުން މީހަކު ވެއްޓުން
ރައީސްގެ ގެކޮޅު، ދިމްޔާތުގެ 1 ވަނަ ފަންގިފިލައިން މީހަކު ވެއްޓިއްޖެ
ދިމްޔާތުގެ ދެވަނަ ފަންގިފިލައިން ވެއްޓުނީ ބިދޭސީ ފިރިހެނެއް
މި ހާދިސާ ހިނގީ ހުކުރު ދުވަހުގެ ހަވީރު 4:15 ކަންހާއިރު

ރައީސް ޑރ، މުހައްމަދު މުއިއްޒުގެ ގެކޮޅުކަމުގައިވާ ދިމްޔާތުގެ އެއްވަނަ ފަންގިފިލައިން މަގުމަށްޗަށް މީހަކު ވެއްޓިއްޖެއެވެ.

މި މަންޒަރު ދުތް މީހަކު "ރާއްޖެ އެމްވީ" އަށް ބުނީ މަގުމައްޗަށް ވެއްޓިފައި ވަނީ ބިދޭސީ ފިރިހެނެއް ކަމަށާއި އެމީހާއަށް އެކިވަރުގެ އަނިޔާލިބިފައިވާ ކަަމަށެވެ. އަދި ވަގުުތުން އެމީހާ ނަގައިގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ފަރުވާއަށް ގެންގޮސްފައިވާ ކަަމަށް ވެސް އޭނާ ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގީ ހުކުރު ދުވަހުގެ ހަވީރު 4:15 ކަންހާއިރު އެވެ.

އެމީހާ ވެއްޓުނީ ދިމްޔާތުގެ އެއްވަނަ ފަންގިފިލާގައި މަސައްކަތެއް ކުރަމުން ދަނިކޮށްކަމަށް މައުލޫމާތުލިބެއެވެ. ވެއްޓުނު އެމީހާ އަކީ އެތަނުގައި މަސައްކަތް ކުރާ މީހެއްކަމަށް ވެސް ވަނީ މަުއުލޫމާތު ލިބިފައެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް "ރާއްޖެ އެމްވީ" އަށް ވިދާޅުވީ މިއަދު ހަވީރު 5:00 ހައިކަންހާއިރު، ދިމްޔާތުގެ އެއްވަނަ ފަންގިފިލާ ބޭރުގައި ކުލަލުމުގެ މަސައްކަތުގައި އުޅުނު އިންޑިއާ ފިރިހެނަކު ވެއްޓި އަނިޔާވެގެން އައިޖީއެމްއެޗް ހޮސްޕިޓަލް ފަރުވާދިނުމަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި މި ހާދިސާއާއި ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުން އަންނަކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މިކަމާއި ގުޅޭ އިތުރު މައުލޫމާތު ހޯދަލުމަށް އައިޖީއެމްއެޗަށް ގުޅުމުން ވެސް ފޯނަށް ޖަވާބު ނުދޭތީ އެމީހާގެ އަނިޔާގެ އިތުރު ތަފްސީލެއް ވަނީ ލިބޭގޮތް ނުވެފައެވެ.

- ކޮމެންޓް